ސިވިލް ކޯޓު
ހަބަރު
30 Oct 2022 | 18:32
އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމަށް ހުރަހެއް ނެތް: ސިވިލް ކޯޓު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ހާޓު އެޓޭކެއް ޖެހިގެން ނިޔާވި ގދ.ހޯޑެއްދޫ، ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހެދުން ހުއްޓުވުމަށް ކޯޓު އަމުރެއް ނެރެދޭންޖެހޭ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އަންގާރަ ދުވަހު ގދ. ހޯނޑެއްދޫ ގައި ހިންގި އޮޕަރޭޝަނެއްގެ ދަށުން ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނިކޮށް އޭނާ ނިޔާވީ މެޔަށް ތަދެއް އަރައިގެން، އެ ވޭނުގައި ފަރުވާ ނުދެވި އެވެ. އެ މައްސަލާގައި ސިއްހީ ފަރުވާ އަށް އެދި ރަޝީދު އާދޭސް ކުރި އިރުވެސް ފުލުހުން ބުނެފައިވަނީ އޭނާ އެކްޓް ޖައްސަނީ ކަމަށް، އާއިލާއިން މައުލޫމާތު ދެއެވެ. 

އަދި އެފަދަ ގޮތަކަށް އުޅެއުޅެ އޮއްވާ އޭނާ ނިޔާވެފައިވާއިރު، ފުލުހުން ވަނީ އޭނާގެ އާއިލާގެ ނުރުހުމުގައި އޭނާގެ އެޓޮޕްސީ ހަދަން މާލެ ގެނެސް ގަލޮޅު މޮޗަރީއަށް ހަށިގަނޑު ލާފައެވެ. ވުމާއެކު އޭނާގެ އާއިލާގެ ފަރާތުން، ވަނީ ރަޝީދުގެ އެޓޮޕްސީ ހެދުމަށް ނިންމާފައިވާ ނިންމުން ބާތިލް ކޮށް، އޭނާގެ ހަށިގަނޑު ޢާއިލާ އާއި ހަވާލުކުރުމަށް އެދި ކޯޓު އަމުރެއް ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. 

އެ މައްސަލައިގައި ކުރިއަށް ގެންދިޔަ އަޑުއުހުމުގައި ފުލުހުން ބުނީ ފުލުހުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވުމާއި ގުޅިގެން އަދި ފުލުހުން ބަދުނާމުވާ ގޮތަށް ގިނަ ވާހަކަތަކެއް ފެތުރުމާއި ގުޅިގެން ތަހުގީގުގެ ބޭނުމަށް ޕޯސްޓްމޯޓަމް ހަދަން ޖެހޭކަމަށެވެ. އަދި އެއީ ގާނޫނުން ފުލުހުންގެ މައްޗަށް ލިބިދޭ ބާރެއްކަމަށް ދައުލަތުން ވަނީ ބުނެފައެވެ. 

އެހެން ނަމަވެސް އާއިލާއިން ބުނީ އެ މަރަކީ އާދަޔާ ޚިލާފު މަރެއް ނޫން ކަމަށާއި ޕޯސްޓްމޯޓަމް ހަދައިގެން ނިކުންނާނެ އިތުރު ނަތީޖާއެއް ނޯންނާނެކަމަށެވެ. އެހެންކަމުން ހަށިގަނޑަށް އިތުރު އަނިޔާ ނުދީ އާއިލާއިން އެދެނީ ރަޝީދުގެ ޖަނާޒާ ވީހާވެސް އަވަހަކަށް ބޭއްވުމަށެވެ. 

އެ މައްސަލާގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ގާޟީ ހަސަން ފަހީމް އިބްރާހީމް ވިދާޅުވީ، މި މައްސަލާގައި ރަޝީދުގެ ޢާއިލާއިން އެދީފައިވާ ގޮތުގެ މަތިން ކޯޓު އަމުރު ނެރެދެންޖެހޭ ތަނެއް ނެތް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.