މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ލަމްހާ
ހަބަރު
31 Oct 2022 | 16:56
މޭރީގެ މަރު: ޕޭޝަންޓް ޗާޓު ނުލިބޭތީ ނަރުހުންގެ ހެކިބަސް ނެގުން ފަހަށް

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް، މޭރީ ގްރޭސް ދަން ޖެހުނީ ކަމަށްބުނެ ހޮސްޕިޓަލަށް ގެންދިޔަ ހިސާބުން ފެށިގެން ދެވުނު ފަރުވާ އާއި ބޭސްތަކުގެ މެޑިކަލް ޗާޓުތައް ނުލިބޭތީ އެ ހޮސްޕިޓަލުގެ ނަރުހުންގެ ހެކިބަސް ނެގުން ފަސްކޮށްފިއެވެ. 


މޭރީގެ މަރުގެ މައްސަލައިގައި މާވިން އެސްވައި ވާގަސްގެ މައްޗަށް ދައުވާ ކުރަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އަދި މާވިންގެ ލޯބިވެރިއެއް ކަމަށްވާ، އައިޖީއެމްއެޗްގެ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ހަލީމަތު ލަމްހާއަށް ކުރާ ދައުވާތަކަކީ، އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމާއި އަދި، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. އެގޮތުން ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ލަމްހާގެ ފަރާތުން ވަނީ އައިޖީއެމްއެޗްގައި ކޮންމެ ޕޭޝަންޓަކަށް ތައްޔާރު ކުރާ މެޑިކަލް ޗާޓުތަކެއް އޮންނައިރު، މޭރީ ގްރޭސްގެ އެ ޗާޓު ހޯދުމަށް އެދިފައިވާތީ، އެ ނުލިބެނީސް ހެކިބަސް ނެގުމަށް އިއުތިރާޒުކޮށްފައެވެ.


މެޑިކަލް ޗާޓުތައް ހޯދުމަށް ލަމްހާގެ ފަރާތުން އެދިފައި ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގަ އެވެ. އެތަކެތި ލަމްހާއަށް ފޯރު ކޮށްދިނުމަށް ގާޒީ ވަނީ ނިންމަވާފަ އެވެ. އެހެންކަމުން ލަމްހާގެ ފަރާތުން އެދިފައި ވަނީ އެ ޗާޓުތައް ނުލިބޭހާ ހިނދަކުން ނަރުހުންގެ ހެކިބަސް ނުނެގުމަށެވެ. ދައުލަތުން ބުނެފައި ވަނީ ހޮސްޕިޓަލަށް ގުޅައިގެން އެކަން ކަށަވަރު ކުރާނެ ކަމަށެވެ.

އަދި މިހާރު ފޯރުކޮށްދީފައި އެވަނީ ހޮސްޕިޓަލުން ދައުލަތަށްވެސް ދިން ލިޔުންތައް ކަމަށާ މެޑިކަލް ޗާޓުތައް ހޯދުމަށް އަމުރެއް އޮތުމުން އެކަން ސާފުނުކޮށް ހެކިބަސް ނެގުން ކުރިޔަށް ނުގެންދެވޭނެ ކަމަށް ޝަރީއަތުން ވަނީ ނިންމާފައެވެ. 

ނަރުހުންގެ ހެކިބަސް ނެގުމަށް މާދަމައަށް އަޑުއެހުމެއް އޮތީ ތާވަލުކޮށްފައެވެ.

މި މައްސަލައިގައި މިއަދު އެންމެ ފުރަތަމަ ހެކިބަސް ދިނީ މާވިން އަދި މޭރީ ދިރިއުޅޭ ގޭގެ އެހެން އެޕާޓްމެންޓެއްގައި އުޅުނު މީހެކެވެ. އޭނާ ބުނެފައި ވަނީ މޭރީ މަރުވި އޮކްޓޯބަރު 19، 2021 ދުވަހު އެގޭ ސިޑިމަތިން ވަކި މީހަކު ފެނުނުކަން ހަނދާން ނެތް ކަމަށެވެ. އެކަމަކު އެކި ދުވަސް މަތިން މާވިންއާ ދިމާވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

މިއަދު ކޯޓުގައި ހަތަރު މީހެއްގެ ހެކިބަސް ނަގަން ތާވަލުކުރި ނަމަވެސް، ހާޒިރުވީ އެންމެ މީހެކެވެ. އެކަކު ކޯޓަށް އަންނަނިކޮށް އެކްސިޑެންޓެއް ވީކަމަށް ޝަރީއަތުން ބުނެފައިވެ އެވެ. އަނެއް ދެ މީހުން ހާޒިރު ނުވި ސަބަބު ސާފެއް ނުވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.