ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު-- ފޮޓޯ: މަޖިލިސް
ހަބަރު
31 Oct 2022 | 17:31
އިންޑިއާ އާއި ވާހަކަ ދައްކައިގެން މަލިކު ހޯދަން އުޅުން މާ މުހިންމު ދޯ؟: ނިހާދު

ތާރީޚީ ގޮތުން ބަލާއިރު މަލިކާއި ދިވެހިރާއްޖެއާއި އޮތް ގުޅުން މާ ބޮޑު ކަމަށާ، ވުމާއެކު އިންޑިއާ އާއި ވާހަކަ ދައްކައިގެން މަލިކު ހޯދަން އުޅުން މާ މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެެއެވެ. 

ފޯޅަވަހީގެ މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި ނިހާދު މިއަދުގެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެ އާއި ތާރީޚީ ގޮތުން ބޮޑު ގުޅުމެއް އޮތް ތަނެއް ކަމުގައިވާ މަލިކުގައި ތިބީ ދިވެހި ބަހުން ވާހަކަދައްކާ މީހުން ކަމަށެވެ. އަދި މަލިކު ޢާއިލާ ތަކާއި ގުޅުން ހުރި އާއިލާތައްވެސް ދިވެހިރާއްޖޭގައި ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. 

ވުމާއެކު އިންޑިއާ އާއި ވާހަކަ ދައްކައިގެން މަލިކު ހޯދަން ދާންވީ ނޫންތޯ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ. 

"އެ ކަނޑަކީ ދިވެހި މަސްވެރިންނަށް މުހިންމު ކަނޑެއް. ކުރީގެ ރާއްޖޭގެ ރަށެއް. އަސްލު މާ މުހިންމު ދޯ؟" ނިހާދު ވިދާޅުވިއެވެ. 

ޗާގޯސް އާއި ރާއްޖޭގެ އިން ވަކިކުރުމުގެ މައްސަލައިގައި 2019 ވަނަ އަހަރު މި ސަރުކާރުން ވޯޓް ދިނީ މޮރިޝަސްއާ ދެކޮޅަށް އިނގިރޭސިވިލާތާއި އެއްކޮޅަށެވެ. އެހެން ނަމަވެސް، ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސްއަށް އޮތް ކަމަށް އެއްބަސްވެ މިދިޔަ އޮގަސްޓު މަހު ރައީސް ސޯލިހް މޮރިޝަސްގެ ރައީސްއަށް ސިޓީއެއް ވަނީ ފޮނުވާފައެވެ. އަދި ސަރުކާރުން އެކަން ހާމަކުރީ އިން ވަކިކުރުމުގެ މައްސަލައިގެ ޝަރީއަތުގައި މީގެ ދެހަފްތާއެއްހާ ކުރިންނެވެ.

ސަރުކާރުގެ މި ކުއްލި ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އެގޮތުން އިދިކޮޅުން އެކަމާއި ކަންބޮޑުވުން ފާޅުކޮށް ސުލްހަވެރި އިހްތިޖާޖެއް ވެސް ރޭ ވަނީ ކުރިއަށް ގެންގޮސްފައެވެ. 

ކޮމެންޓް
ސައްލާ
ތިވެސް ކުރަން ޖެހޭ ކަމެއް. ޗާގޯސް ވެސް އެއީ ހޯދަންޖެހޭ ތަނެއް މިހިރަ މޮޔަ މީހާ.
31 Oct 2022
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ