މިނިސްޓަރ ޢިމްރާން ޢަބްދުالله - ފޮޓޯ: ރައީސް އޮފީސް
ހަބަރު
31 Oct 2022 | 19:46
ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމުގެ ހެކި ގެންނެވުމުން އެންމެން އެވާހަކަ ދައްކަންވީ: ޢިމްރާން

ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމުގެ ހެކި ދެއްކުމުން އެެންމެން އެ ވާހަކަ ދައްކަންވީ ކަަމަށް ވިދާޅުވެ ޗާގޯސް މައްސަލާގައި، ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އިދިކޮޅު ކޯލިޝަނަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފިއެވެ. 

ޗާގޯސް މައްސަލައާ ގުޅޭގޮތުން އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ރާއްޖޭގެ ބައެއް ކަމުގައި ދެކޭނަމަ އެ ވާހަކަ ދުނިޔެއަށް އަޑު އިވޭ ވަރަށް ދައްކަން އެންމެ އެކަށޭނަ ފުރުސަތު ލިބުނީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް، 2016 އަދި 2017 ވަނަ އަހަރު ކަމަށެވެ. 

އަދި މިއަދުވެސް އެ ވާހަކަ ދައްކަވާ ބޭފުޅުން ފުރިހަމަ ހެކި ގެންނެވުމުން އެންމެވެސް އެ ވާހަކަ ދައްކަންވީ ކަމަށް އިމްރާން ވިދާޅުވިއެވެ.

ރާއްޖެ އާއި ޗާގޯސް އައިލެންޑްސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި މިހާރު އުފެދިފައިވާ މައްސަލައާ ގުޅޭ ކަންބޮޑުވުން ސިޔާސީ ޕާޓީތަކާއި ގާނޫނީ ވަކީލުން ގެންދަވަނީ ފާޅު ކުރައްވަމުންނެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފޯޅަވަހީގެ ސިޔާދަތީ ބާރުތައް ހައްގުވަނީ ދިވެހިރާއްޖެއަށް ކަމަށް ވިދާޅުވެފައެވެ. 

"ފޯއްޅަވަހި: ރާއްޖޭގެ ފަޅުރަށެއް" ނަމުގައި އެމަނިކުފާނު އާންމު ކުރި ލިޔުމެއްގައި ވިދާޅުވީ ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ރަށެއްކަން ތާރީހީ އެކި އެކި ލިޔުންތަކުން ފެންނަން އޮތްކަމަށެވެ. އެގޮތުން 1700 ގެ އަހަރުތަކުގައި އެތަނަށް އަޅުން ގެންދެވުނުއިރު، ރާއްޖެއަށް ވެސް އެ ދުވަސްވަރު އަޅުން ގެނެވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. 

ނަޝީދުގެ ބަޔާނުގައި ވާގޮތުން ފޯޅަވައްސަށް އަޅުން ގެންދަން ފެށީ 1793 ވަނަ އަހަރުން ފެށިގެންނެވެ. އެދުވަސްވަރު ރާއްޖެއަށްވެސް ވަރަށް ގިނައިން އަޅުން ގެނެސް އުޅުނުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ފޯޅަވެއްސާއި މާލެއަށް އަޅުން ގެންނަނީ އެއްތަނަކުން ކަމަށްވާއިރު، އެއް އާއިލާއަކުން ގެނެސްފައިހުރުމަކީ ވަރަށް ގާތްކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި މޮރިޝަސްއަށް ގެންދިޔައީ ފޯޅަވަހީގެ މީހުން ނޫންކަން ފާހަގަކުރައްވައި ރައީސް ނަޝީދުގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ފޯޅަވަހީގައި ބަޑަހަޖަހައިގެން މަސްވެރިކަމު އުޅުނީ ދިވެހީންކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ