ޖުވެނައިލް ކޯޓު
ހަބަރު
01 Nov 2022 | 12:44
އުދައްޔު މަރާލި ކުޑަކުއްޖާ 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

މިދިޔަ އަހަރު ތެރޭގައި ގއ މާމެންދޫގައި ހިންގި ގުރޫޕް މާރާމާރީއެއްގައި އަހުމަދު އުދެއްޔު މަރާލުމުގައި ބައިވެރިވި ކުޑަ ކުއްޖާ 25 އަހަރު ދުވަހަށް ޖަލަށް ލުމަށް ޖުވެނައިލް ކޯޓުން ހުކުމްކޮށްފިއެވެ. 

25 އަހަރުގެ ޖަލު ހުކުމުގެ އިތުރުން އުދެއްޔުގެ މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުިފޔާ ދިނުމަށްވެސް ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. 

އުދެއްޔު މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ 17 އަހަރުގެ ކުއްޖެއްގެ މައްޗަށް ދައުވާ އުފުލާފައެވެ. އޭނާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލާފައިވެއެވެ. 

ޖުވެނައިލް ކޯޓުން އެ މައްސަލާގައި އިއްޔެ ހުކުމްކުރީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގައި 18 އަހަރާއި 9 މަހަށް ޖަލަށްލުމަށާއި އެއް މިލިއަން ރުފިޔާގެ މަރުގެ ދިޔައެއް އެއް އަހަރުގެ ތެރޭގައި ދެއްކުމަށެވެ. އަދި ކައްފާރާގެ ގޮތުން ދެ މަސް ދުވަހު ރޯދަ ހިފަން ހުކުމްކުރި އެވެ.

ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި ހުކުމްކުރީ ހަ އަހަރާއި އަށް މަހަށް ޖަލަށްލުމަށެވެ. އޭނާއަށް މިހާރު 18 އަހަރު ފުރިފައި ވިޔަސް، އޭނާ ބަންދުކުރަން ޖެހެނީ ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގަ އެވެ.

އުދައްޔުގެ މަރާ ގުޅިގެން އިތުރު ތިން މީހަކަށް ކްރިމިނަލް ކޯޓުގައި ދައުވާކުރެ އެވެ. 

އެ ދައުވާތައް މިހާރުވެސް ކޯޓުގައި ހިނގަމުންދާކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.