ލަމްހާ އާއި މާވިން އެކުގައި ނަގާފައިވާ ފޮޓޯއެއް
ހަބަރު
01 Nov 2022 | 13:04
މޭރީގެ މެޑިކަލް ޗާޓު ނެތްކަމަށް ބުނި ވާހަކަ ލަމްހާ ދޮގުކޮށްފި

ލޯބީގެ މައްސަލައެއްގައި މަރާލި މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި އޭނާގެ މެޑިކަލް ޗާޓު ނެތްކަމަށް ދައުލަތުން ބުނި ބުނުން އެ މައްސަލައިގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ ދޮގުކޮށްފިއެވެ. 

މޭރީ މަރާލިކަމުގެ ތުހުމަތުގައި ލަމްހާގެ އިތުރުން މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. އެދެމީހުންގެ މައްޗަށް ދައުލަތުން ކުރަނީ ދެ މީހުން ބައިވެރިވެގެން މޭރީ މަރާލިކަމުގެ ކުށުގެ ދައުވާއެވެ. 

އެ މައްސަލާގައި ކޯޓުން އޮތީ މޭރީއަށް ފަރުވާ ދިން މެޑިކަލް ޗާޓުތައް ފޮނުވަން ދައުލަތުގެ މައްޗަށް އަމުރެއް ނެރެފަ އެވެ.

އެކަމާއި ގުޅޭގޮތުން ދައުލަތުން ކްރިމިނަލް ކޯޓުގައި ބުނީ މަރުވެގެން ހޮސްޕިޓަލަށް ގެންނަ މީހުންގެ މެޑިކަލް ޗާޓެއް ނަހަދާނެ ކަމަށް އައިޖީއެމްއެޗުން ބުނެފައިވާކަމަށާއި، އެކަން އިތުރަށް ބަލަމުންދާކަމަށެވެ. 

ލަމްހާ ވަނީ އެކަން ދޮގުކޮށްފައެވެ. އޭނާ އަކީ އައިޖީއެމްއެހުގައި މަސައްކަތް ކުރަމުންދިޔަ ނަރުހެކެވެ. 

އޭނާ ބުނީ އެ ހުރިހާ ލިޔުންތަކެއް ހުންނާނެ ކަމަށާއި އަދި ދައުލަތުން ހަދަނީ "ކަނޑައެޅިގެން ބޮޑު ދޮގެއް" ކަމަށެވެ. ލަމްހާގެ އެ ވާހަކަތަކަށް އެ މައްސަލައިގައި ދައުވާ ލިބޭ މާވިންވެސް ވަނީ އެއްބަސްވެފައެވެ. 

އެ އާއެކު އެ މައްސަލަ ބައްލަވާ ގާޒީ  ހުސައިން ފާއިޒް ރަޝާދު ވަނީ ދައުލަތުން އެފަދަ މައްސަލަތައް ފަރުވާތެރިކަމާއެކު ބެލުމަށް އަންގާފައެވެ. 

އެ މައްސަލައާއި ގުޅިގެން މިހާރު ކުރިއަށް ދަނީ ހެކިން ހެކިބަސް ނެގުމުގެ މަރުހަލާއެވެ. އެގޮތުން މިއަދު ކޯޓުގައި ހަތަރު މީހުންގެ ހެކިބަސް ވަނީ ނަގާފައެވެ. 

އެގޮތުން މޭރީއާއި މާވިން އުޅެމުންދިޔަ ގޭގެ އެހެން ފްލޯއެއްގައި އުޅުނު ބައެއްގެ ހެކިބަސް ވަނީ ނަގާފައެވެ. އެ މީހުންގެ ހެކިބަސް ނެގީ އެ ހާދިސާ ހިނގި ދުވަހު އެގޭ ސިޑިން މަތިން މީހަކު ނުފެންނަ ކަން ސާބިތު ކުރުމަށެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.