ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ
ހަބަރު
03 Nov 2022 | 10:34
ޝިމާޒަށް ފިޔަވަޅު އެޅުމުގެ ކުރިން ތުހުމަތުތައް ރަނގަޅަށް ތަހުގީގުކުރުމަށް އެމްއާރުއެމުން އެދިއްޖެ!

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޝިމާޛް ޢަލީއަށް ފިޔަވަޅު އެޅުމުގެ ކުރިން ކުރެވޭ ތުހުމަތުތައް ރަނގަޅަށް ތަހުގީގު ކުރުމަށް އޭނާ ނިސްބަތްވާ ޕާޓީ، އެމްއާރްއެމް އިން ގޮވާލައިފިއެވެ. 

ޝިމާޛް ޢަލީ އަށް ކުރެވޭ ތުހުމަތު ތަކާއި ގުޅޭ ގޮތުން އެމްއާރްއެމް އިން ނެރުނު ނޫސް ބަޔާނެއް ބުނީ އޭނާއަށް ކުރެވޭ ތުހުމަތު ތަކަކީ އެޕާޓީއިން ކަންބޮޑުވާ ބާވަތުގެ ކަންތައް ކަމަށެވެ.

އަދި އެމް.އާރް.އެމް އަކީ ކޮރަޕްޝަންއާ ދެކޮޅަށް ވަކާލާތުކޮށް ކޮރަޕްޝަން ހުއްޓުވުމަށް އަބަދުވެސް މަސައްކަތް ކުރަމުން ގެންދާ ޕާޓީއެއް ކަން ފާހަގަކޮށް އެޕާޓީން ބުނީ، އެފަދަ މައްސަލަތައް ތަހުގީގުކޮށް ބެލުމަށް ހެދިފައިވާ މުއައްސަސާތަކުން ފުރިހަމަ ތަހުޤީޤެއް ހިންގުމަށްފަހު މެނުވީ އެކަމުގައި ގޮތެއް ނިންމުމަކީ ރަގަޅު ގޮތެއް ނޫން ކަމުގައި ޕާޓީ އިން ދެކޭ ކަމަށެވެ.

މިއާއެކު އެބަޔާނުގައި ވަނީ، ތުހުމަތު ކުރެވިފައިވާ ފަދަ ބޮޑެތި ކަންތައްތައް މިސަރުކާރުގެ ވުޒާރާއެއްގައި ހިނގަމުންދާކަމަށް ތުހުމަތު ކުރެވުމަކީ މިޕާޓީއިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާ މިފަދަ ކަންކަން ކުރަމުންދާ ކަމަށްވާނަމަ، އެކަންކަން ކުރަމުން އައިސްފައިވަނީ ކިހާ ދުވަހަކަށް އަދި ކިހާ ބައެއްގެ ބައިވެރިވުމާ އެކުގައިކަންވެސް ހާމަވާނީ ކަމާބެހޭ ފަރާތަތްތަކުން ކުރެވޭ ފުރިހަމަ ތަހުޤީޤަކަށްފަހުކަމަށް އެ ޕާޓީން ގަބޫލު ކުރާކަމަށެވެ.

މީގެއިތުރުން، ޝިމާޛް ޢަލީ އަކީ އެމްއާރުއެމްގެ ސްލޮޓެއްގައި މަޤާމުގައި ހުންނެވި ފަރާތަކަށްވާތީ އެމް.އާރް.އެމްގެ އެތެރޭގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މި ތުހުމަތު ތަކާ ގުޅޭގޮތުތުން އިތުރު މަޢުލޫމާތު ސާފުކޮށް ޝިމާޛް އަށް ޖަވާބުދާރީ ވުމުގެ ފުރުޞަތު ދިނުމަށްފަހު ޕާޓީން ގޮތެއް ނިންމާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް
މުހައްމަދު
ތިއީ ސިވިލް ސާވިސް މުވައްޒަފެއްތަ ނުވަތަ ސިޔާސީ މީހެއްތަ؟!
03 Nov 2022
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.