ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު
ހަބަރު
03 Nov 2022 | 15:14
"ނަސްރުގެ ދުވަސް ފާހަގަކުރުމަށް ކައުންސިލްތަކަށް ނާންގާ ހަމައެކަނި ސަރުކާރަކީ މީ"

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖޭގައި ފާހަގަކުރާ ނަސްރުގެ ދުވަސް، ފާހަގަކުރުމަށް ރަށްރަށުގެ ކައުންސިލް ތަކަށް ނާންގާ ހަމައެކަނި ސަރުކާރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރު ކަމަށް ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު ވިދާޅުވެއްޖެއެވެ. 

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިންނަށް ޣައްދާރުވި ބާގީންނާއި ތަމަޅަ ޓައިގަރުން ރާއްޖެ އަރައި 19 ދިވެހިން ޝަހީދުކޮށްލި އެދުވަހު ދިވެހި ސިފައިންނާއި ދިވެހިން ދެއްކެވި ހިތްވަރުގެ ހަނދާން އައު ކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ނޮވެމްބަރު 3 ވަނަ ދުވަހު ސަރުކާރުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެއެވެ. 

އެހެންނަމަވެސް، މިސަރުކާރު އައި ފަހުން، ނަސްރުގެ ދުވަހު ދިދަދަމައި ޒީނަތްތެރި ކުރުން ފަދަ ކަންކަން ކުރާ ތަނެއް ނުފެނެއެވެ. 

އެކަމާއި ގުޅިގެން ގުރައިދޫ ކައުންސިލްގެ ރައީސް، ޔާމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކައުންސިލްގައި ވޭތުވެ މިދާ 10 އަހަރުތެރޭވެސް ނަސްރުގެދުވަސް ރަށްރަށުގެ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން ކަމެއްކުރުމަށް ސަރުކާރުން ނާންގާ ހަމައެކަނި ވެރިކަމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ވެރިކަަން ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ވެރިކަން އައި ފަހުން، ނަސްރުގެ ދުވަހާއި ގުޅިގެން ސަރުކާރުން ކޮންމެ އަހަރަކު ބާއްވާ ޚާއްސަ ރަސްމީ ޖަލްސާވެސް ނުބާއްވައެވެ. އަދި މީގެ އިތުރުން މާލެއާއި ރަށްރަށުގެވެސް މަގުތަކުގައި ދިދަ ޖަހައި ޒީނަތްތެރިކުރާ ތަނެއްވެސް މިސަރުކާރުގައި ނުފެނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.