ފަންޑް ލޯންޗް ކުރުމަށް ބޭއްވި ގާލާ ނައިޓްގެ ތެރެއިން--ފޮޓޯ/ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ
ހަބަރު
03 Nov 2022 | 15:57
ދަރިމައިވުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް އެހީވުމަށް އައިވީއެފް ފަންޑެއް

ދަރިމައިވުމުގެ މައްސަލަ ކުރިމަތިވެފައިވާ ފަރާތްތަކުގެ ތެރެއިން މާލީގޮތުން ދަތިކަން ހުރި ފަރާތްތަކަށް ހާއްސަކޮށްގެން އައިވީއެފް ފަންޑެއް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން ލޯންޗްކޮށްފިއެވެ.

މި ފަންޑް ލޯންޗްކޮށްފައިވަނީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ "ވޯރލްޑް ފާރޓިލިޓީ ޑޭ" ގެ މުނާސަބަތުގައި މި ޖަމިއްޔާއިން ބޭއްވި ހާއްސަ ފަންޑްރެއިޒިން ގާލާ ޑިނާގައެވެ. 

"އަ ނައިޓް އޮފް ހޯޕް"ގެ ނަމުގައި ނޮވެމްބަރު މަހުގެ 2 ދުވަހުގެ ރޭ ކުރިއަށްދިޔަ ގާލާގައި މި ފަންޑް ލޯންޗްކޮށްދެއްވީ ޖަމިއްޔާ    އުފެދުނީއްސުރެ މިއަދާ ހަމައަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުން އަންނަ ފަރާތެއްކަމުގައިވާ މަރިޔަމް ޝެނިން އެވެ.  

އައިވީއެފް ފަންޑަކީ، މާލީ ދަތިތަކާއި ހެދި އިންވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ގެ ޓްރީޓްމަންޓް ހެދުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް ހާއްސަކޮށްގެން މާލީ އެހީ ފޯރުކޮށްދިނުމަށްޓަކައި ޖަމިއްޔާއިން ހުޅުވާލާ ފަންޑެކެވެ. މި ފަންޑްގެ އެހީގައި ކޮންމެ އަހަރަކުވެސް ދެމަފިރިއަކަށް އައިވީއެފް ހެދުމުގެ ފުރުސަތު އިން ލިބިގެންދާނެ އެވެ. 

ހަމައެއާއެކު, ހަފްލާގައި ވަނީ އިންޑިއާގެ ޔާމީ ފާޓިލިޓީ ކްލިނިކާއި އެކު އިތުރު ދެ ފަރާތަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ލިބިގެންގޮސްފައެވެ. މިގޮތުން އެކަމަށް ހާއްސަ މެމޮރޮންޑަމް އޮފް އަންޑަސްޓޭސްޑިންއެއްގައިވަނީ ޔާމީ ފާޓިލިޓީ ކްލިނިކާއި އެކު ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން ސޮއެ ކޮށްފައެވެ. މިގޮތުން, ޖަމިއްޔާގެ ފަރާތުން ސޮއެ ކުރެއްވީ ޖަމިއްޔާގެ ފައުންދާ އަދި ރައީސް އާޝާ ހުސެއިން އެވެ. އަދި ޔާމީ ފާޓިލިޓީ ކްލިނިކްގެ ފަރާތުން ސޮއެ ކުރެއްވީ އެ ކްލިނިކްގެ ފައުންޑާ އަދި ޑިރެކްޓާ ޑރ.ސަންކަލްޕް ސިންގް އެވެ. 

އައިވީއެފް ފަންޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅާވެލިފައިވަނީ އުމުރުން 25 އަހަރު ފުރިފައިވާ އަދި މަދުވެގެން ދެ އަހަރުވަންދެން ކައިވެނިކޮށްގެން އުޅޭ ދިވެހި ދެމަފިރިންނަށެވެ. އަދި 25 އަހަރު ނުފުރޭނަމަ ހާއްސަ ހާލަތްތަކެއްގެ ދަށުން ސިއްޚީ ކަންކަމަށް ބަލައި އެ ފުރުސަތު އޮންނާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ. އެޕްލިކޭޝަން ފީގެ ގޮތުގައި 200 ރުފިޔާ ނަގާއިރު, ގުރުއަތުން ހޮވޭ ފަރާތަކަށް ފަންޑް އެވޯޑްކުރުމުގެ ކުރިން ރެކޯޑު ސާފުކުރެވިގެންދާނެ ކަމަށްވެސް ޖަމިއްޔާއިން ބުނެއެވެ. 

މިރޭގެ ހަފްލާގައި ޖަމިއްޔާގެ ބައެއް މެންބަރުންގެ އިންފާޓިލިޓީ ޖޯރނީވެސް ވަނީ ހިއްސާކޮށްފައެވެ. އަދި ދަރިމައިވުމުގެ ދަތިތައް ތަހައްމަލު ކުރާ އަންހެނެއްގެ އިހުސާސްތައް ދައްކުވައިދޭނެ ފަދަ މުނިފޫހިފިލުވުމުގެ އައިޓަމެއް ޑައޮނީސިއެކް އިންވަނީ ހުށަހަޅައިދީފައެވެ. މި ހަފްލާގެ އޮފިށަލް ޕާރޓްނަރުންގެ ގޮތުގައި ވޯލްކް, ޗާންދަލިއާ, ސަން މީޑިއާ, އަދި މަދޮޝިޕް ހިމެނެއެވެ. އަދި ހަފްލާ ބާއްވައިފާ ވަނީ މީރުމާ ހޯލްގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ