އަދާލަތުޕާޓީގެ ރައީސް އިމްރާން އަބްދުﷲ-- ފޮޓޯ/އަދާލަތުޕާޓީ
ހަބަރު
04 Nov 2022 | 11:39
އިމްރާން ޚާނަށް ދިނީ ފިނޑި ހަމަލާއެއް؛ އަނިޔާވެރިކަން ބަލައެއް ނުގަނެވޭނެ: ޢަދާލަތު ޕާޓީ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ދިނީ ފިނޑި ހަމަލާއެއް ކަމަށާ، އެއްވެސް ހާލެއްގައި އަނިޔާވެރިކަމެއް ބަލައެއް ނުގަނެވޭނެ ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ބުނެފިއެވެ. 

އިމްރާން ޚާނު އަވަހާރަކޮށްލަން އިއްޔެ ދެވުނު ހަމަލާ ކުށްވެރިކޮށް އަދާލަތު ޕާޓީން ކުރި ޓްވީޓެއްގައި ވަނީ އެ ހަމަލާއަކީ ފިނޑި ހަމަލާއެއްގެ ގޮތުގައި ސިފަ ކޮށްފައެވެ. އަދި މުޖުތަމައުގައި ހިނގާ އެއްވެސް ކަހަލަ އަނިޔާވެރިކަމެއް ބަލައި ނުގަނެވޭނެ ކަމަށާ، އެފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ. މީގެ އިތުރުން ޢިމްރާން އަށާއި އެ ހަމަލާގައި އަނިޔާވި އެންމެނަށް އަވަސް ޝިފާއަކަށް ވެސް ވަނީ އެދިފައެވެ. 

އިމްރާންގެ ގަޔަށް ބަޑިން ހަމަލާދީފައިވަނީ އަވަސް އިންތިހާބަކަށް ގޮވާލާ މުޅި ޕާކިސްތާނުގައި ކުރިއަށް ގެންދާ އެއްވުމުގެ ތެރެއިން ގުޖުރާންވާލާގައި ބޭއްވި އެއްވުމެއްގެ ތެރެއިންނެވެ. އަދި އެ ޕާޓީގެ އޮފިޝަލް އަޒްހަރު މަޝްވާނީ އާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބަޑިން ދިން ހަމަލާ އަމާޒުވީ އިމްރާންގެ ފަޔަށެވެ. ނަމަވެސް އިމްރާންގެ ހާލު ރަނގަޅު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އެ އެއްވުމުގެ ތެރެއިން އިމްރާންގެ އިތުރުން އޭނާގެ ސަޕޯޓަރެއްގެ ގަޔަށް ބަޑި ޖެހުމުގެ ސަބަބުން މަރުވެސް ވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އިމްރާން ނިސްބަތްވާ ޕާޓީ ކަމަށްވާ ޕާކިސްތާން ތަހްރީކް އިންސާފް ޕާޓީގެ އެހެން ބައެއް މެންބަރުންނަށްވެސް އަނިޔާވެފައިވެއެެވެ.

އިމްރާން ޚާނަށް ބަޑިން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާ މިހާރު ހައްޔަރު ކޮށްފައިވާއިރު އޭނާގެ ވީޑިއޯއެއް ފުލުހުން ވަނީ އާއްމު ކޮށްފައެވެ. އަދި އެ ވީޑިއޯގައި އޭނާ ވަނީ އިމްރާން ޚާން ގަޔަށް ބަޑިޖެހު ސަބަބުވެސް ވަނީ ހާމަކޮށްފައެވެ. 

"އޭނާ (އިމްރާން ޚާން) އުޅެނީ އެހެން މީހުން މަގުފުރައްދަން. އަހަރެންނަށް އެކަން ހަޖަމެއް ނުވޭ." އިމްރާން ޚާން ގަޔަށް ބަޑިޖެހި މީހާ ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.