ޑރ މުނައްވަރު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން
ހަބަރު
04 Nov 2022 | 13:27
ބުއްދިވެރީ ސިޓީފުޅު މިހާރު ދެއްކެވުން، ފަހުން ފެންނަ އިރު އެހާ ރީއްޗެއް ނުވާނެ: ޑރ މުނައްވަރު

އެންމެ ބުއްދިވެރި ގޮތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީފުޅު މިހާރު ދެއްކެވުންކަމަށާއި، ފަހުން އެ ސިޓީފުޅު ފެންނައިރު ކަންކަން މާ ގޯސް ވާނެކަމަށް ކުރީގެ ބަންޑާރަނައިބު ޑރ މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. 

ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޑރ މުވައްވަރު ވިދާޅުވީ ސަރަހައްދާއި ގުޅުންހުރި މައްސަލަތަކަކީ ސިއްރު ކުރެވިގެންވާނެ ކަމެއް ނޫންކަމަށެވެ. އަދި އެއީ އެއްވެސް ހާލަތެއްގައި ސިޔާސީ ކުލަ ޖައްސައިގެންވާނެ ކަމެއް ނޫންކަމަށް ޑރ މުނައްވަރު ވިދާޅުވިއެވެ. 

ސަރުކާރުން އެ ސިޓީފުޅު ސިއްރުކުރަން ޖެހިވަޑައިގަންނަވާ ސަބަބާއި ދޭތެރޭގައި ގިނަ ސުވާލުތަކެއް ހުރިކަން ޑރ މުނައްވަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެއާއެކު ވިދާޅުވީ މިހާރު ސަރުކާރުން އެ ސިޓީ ސިއްރު ކުރިނަމަވެސް، އެ ސިޓީ އަދި ރައްޔިތުންނަށް ހާމަވާނެ ދުވަހެއް އަންނާނެކަމަށެވެ. އެ ހިސާބުން ކަންތައްތައް މާ ގޯސްވާނެކަމަށް ޑރ މުނައްވަރު ވަނީ ވިދާޅުވެފައެވެ. 

"ތިޔަ މޮރިޝަސް ބޮޑު ވަޒީރަށް ދެއްވައިގެން އުޅުއްވާ ސިޓީއެއް، ދެއްކެވީމަ އެނގޭނެ ދެއްތޯ ކީއްވެގެންކަން ކޮންމެސް ވަރަކަށް. މީގެ ދެ ދުވަސްކުރިން މޮރިޝަސްގެ ޚާރިޖީ ވަޒީރަށް ނިސްބަތްކޮށް ނޫސްތަކުގައި ލިޔުނު ވާހަކައެއް، އެއީ ރާއްޖެ އެކަން ކުރީ ގޮތް ހުސްވެގެންނޭ، ވަރަށް ގިނަ ސުވާލު އުފެދޭ، ގޮތް ހުސްވުމަކީ ކޮބައިތޯ؟ ބައެއްގެ ދަށުވީތޯ؟ ބަޔަކު ބުނާގޮތަށް އެކަންތައް ކުރަން މަޖުބޫރުވީތޯ؟ އަޅުގަނޑުމެންނަށް މަޖުބޫރު ކުރުވީތޯ؟ ގޮތް ހުސްވާނީ ކިހެނެއް ވީމަ ތޯ؟ އެހެންވީމަ އެ ސިޓީއެއް މިހާރު ދެއްވުން ބުއްދިވެރި. އެ ސިޓީ ނުދެއްވައިފިއްޔާ ފަހުން ފެންނަ އިރު އެހާ ރީއްޗެއް ނުވާނެ"

ކުރީގެ ބަންޑާރަނައިބު ޑރ މުނައްވަރު 

ޑރ މުނައްވަރު ވިދާޅުވީ ގައުމީ މަސްލަހަތާއި ގުޅުންހުރި ވާހަކަތައް ދެއްކެވުމުން، އެފަދަ މީހުންނަށް ފުރައްސާރަކުރުމުން އަދި ކަންކަން އިސްލާހު ނުވާނެކަމަށެވެ. 

ސީރިއެސްކޮށް ގައުމާއި ދޭތެރޭގައި ވިސްނަން ޖެހޭ ކަންތައްތަކެއް ހުރިކަން ޑރ މުނައްވަރު ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖެއަކީ ކުޑަ ކުޑަ ގައުމެއްކަމަށާއި، މި ގައުމުގައި ސިއްރުން ކަންތައްތަކެއް ހިންގުމަކީވެސް އުނދަގޫކަމެއްކަން ހަނދުމަކޮށްދެއްވާކަމަށް ޑރ މުނައްވަރު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ދިވެހި މުސްކުޅިން
ވަރަށް ކުރިން އެއްޒަމާނެއްގައި ފޯޅަވަހީގާ އުޅުނު ހުވަދޫ މީހުންގެ ފަރާތުން އައިސްފައިވާ އަންބާ އެއްގެ ބައެއް. ފޯޅަވަހީގައި ތިބީމޭ ، ،ރުއްކޮޅު ތިބެ ނިދީމޭ، އިލާ ފަހައި އަނީމޭ
04 Nov 2022
ގުޅޭ ލިޔުންތައް
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ