އުމަރު ނަސީރު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވަގުތު
ހަބަރު
04 Nov 2022 | 14:46
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ މިނިވަންކަމަށް އޮތް ނުރައްކަލެއް: އުމަރު

އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިބުމަކީ މިނިވަންކަމަށް އޮތް ނުރައްކަލެއްކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. 

އެމަރު މިފަދައިން ވިދާޅުވެފައިވަނީ ނަސްރުގެ ދުވަހާ ގުޅުވައި، "ކުރި ޖިހާދު- ކުރަން އޮތް ޖިހާދު" ގެ ނަމުގައި ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. 

އެ ޖަލްސާގައި ވާހަކަދައްކަވަމުން އުމަރު ވަނީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށް ކުރަންޖެހޭ މުހިންމު ކަންކަމަށް އަލިއަޅުވާލައްވާފައެވެ. 

އެގޮތުން އުމަރު ވިދާޅުވީ މިނިވަންކަން ދިފާއުކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުަގއި އެކި ނަންނަމުގައި އައިސްތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލަން ޖެހޭކަމަށެވެ. އެމީހުން ރާއްޖޭގައި ތިބި ތިބުމަކީ ރާއްޖޭގެ މިނިވަންކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްކަމަށް އުމަރު ވިދާޅުވިއެވެ. 

"މިމީހުން މި ދަނީ ބިސް އަޅަމުން، އެމީހުން އެދަނީ ވިޔަފާރިތަކާއި ސަލާމަތީ ކަންކަމާއި، ޚާރިޖީ ކަންކަމުގެ ތެރެއަށް ވަންނަމުން، މިވަރުގެ ބާރުގަދަ ގައުމެއްގެ ލަޝްކަރެއް، ދިވެހިރާއްޖޭގައި ގާއިމުވެ ތިބުމަކީ އަޅުގަނޑުމެންނަށް ނުރައްކަލެއް، މިކަމާ އަޅުގަނޑުމެން ހޭލަން ޖެހޭ، އެކި ގައުމުތައް އަޅުވެތިކުރަން ފެށި ގޮތް އަޅުގަނޑުމެން ޖެހޭ ތާރީހީ ފަތްފުށްތަކުން ބަލަން"

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު 

ތާރީހުގައި ގައުމުތައް އަޅުވެތިކޮށްފައިވާ ބައެއް ގޮތްތަކަށްވެސް އުމަރު ވަނީ އަލުއަޅުވާލައްވާފައެވެ. 

އެގޮތުން އޭނާ ވިދާޅުވީ އިނގިރޭސިން އިންޑިއާ އަޅުވެތި ކުރީ ވިޔަފާރީގެ ނަމުގައިކަމަށެވެ. އިނގިރޭސިން އިންޑިއާ އަޅުވެތި ކުރީ ވިޔަފާރި ކުރުމުގެ ނަމުގައި އީސްޓް އިންޑީސް ކިޔާ ކުންފުންޏެއް ހަދާ މަޑުމަޑުން އެ ކުންފުނި ހަނގުރާމަވެރި ބަޔަކަށް ބަދަލުކޮށްގެންކަމަށް އުމަރު ވިދާޅުވިއެވެ. އަދި އިންޑިއާއަށް އެރި އިނގިރޭސި ސިފައިން އެގައުމުން ބޭލުނީ 200 އަހަރު ފަހުންކަމަށްވެސް އުމަރު ވިދާޅުވިއެވެ. 

ގައުމުތައް އަޅުވެތި ކުރަނީ ވަރަށް ހީލަތްތެރި ރޭވުންތަކުގެ ތެރެއިންކަމަށާއި މިހާރު މި ގައުމުގައި ހިނގަމުންދާ ކަންކަމާއި ދޭތެރޭވެސް ރައްޔިތުން ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭކަމަށް އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.