އިނގުރައިދޫ މެޗުގެ ތެރެއިން--
ކުޅިވަރު
04 Nov 2022 | 22:36
ރ. އަތޮލު ފުޓްސަލް ޗެލެންޖް: ހުޅުދުއްފާރު، އިނގުރައިދޫ އަދި ދުވާފަރަށް މޮޅެއް

ރ. އަތޮޅު ކައުންސިލުން މުޅި އެ އަތޮޅަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތުގައި ހުކުރު ދުވަހުގެ މެޗުތައް ހުޅުދުއްފާރާއި އިނގުރައިދޫ އަދި ދުވާފަރު ކާމިޔާބުކޮށްފި އެވެ. 

ބުރާސްފަތި ދުވަހު ފެށި މުބާރާތް ކުރިޔަށްދަނީ ޖުމްލަ 10 ޓީމު ދެ ގްރޫޕަކަށް ބަހާލުމަށްފަހު އެވެ. ކޮންމެ ދުވަހެއްގެ ހަވީރު ދެ މެޗު ކުޅޭއިރު ބައެއް މެޗުތައް ރޭގަނޑު ވެސް ކުޅޭނެއެވެ. 

މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނޭ ޓީމުތަކަކީ ރަސްމާދޫ، އިންނަމާދޫ، މަޑުއްވަރީ، ވާދޫ އަދި އިނގުރައިދޫ އެވެ. ގުރޫޕް ބީ ގައި ހިމެނޭ ޓީމުތަކަކީ އަލިފުށި، މާކުރަތު، ހުޅުދުއްފާރު، މީދޫ، އަދި ދުވާފަރެވެ.

ހުކުރު ދުވަހު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް ބީ ގެ ހުޅުދުއްފާރާއި މާކުރަތެވެ. މި މެޗު 3-1 އިން ކާމިޔާބުކޮށްފައި ވަނީ ހުޅުދުއްފާރެވެ. ހަވީރު ކުޅުނު އިނގުރައިދޫ އާއި ވާދޫ އެވެ. މި މެޗު 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން އިނގުރައިދޫ މެޗު ކާމިޔާބުކުރި އިރު، ހުކުރު ދުވަހުގެ ރޭގަނޑު ކުޅުނު މެޗު 2-0 އިން ކާމިޔާބުކުރީ ދުވާފަރެވެ. މިއީ މުބާރާތުގައި ދުވާފަރުގެ ދެވަނަ މޮޅެވެ.

އުނގޫފާރުގައި ކުރިޔަށްދާ މި މުބާރާތުގެ ފުރަތަމަ ދުވަހު ވެސް ވަނީ ފޯރިގަދަ ތިން މެޗު ކުޅެފައެވެ. މުބާރާތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ކުޅުނު މެޗުގައި ބައްދަލުކުރީ ވާދޫ އާއި ރަސްމާދޫއެވެ. މި މެޗް ރަސްމާދޫން ކާމިޔާބުކުރީ 2-1 އިންނެވެ. ދެވަނަ މެޗްގައި ބައްދަލުކުރީ ދުވާފަރާއި އަލިފުއްޓެވެ. މި މެޗް ފަސޭހަކަމާއިއެކު 4-0 އިން ކާމިޔާބުކުރީ ދުވާފަރުންނެވެ. އަދި އެ ރޭ އިންނަމާދޫ އާއި މަޑުއްވަރި ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މުބާރާތުގައި ހޮނިހިރު ދުވަހުވެސް ފޯރިގަދަ ތިން މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި އެ ދުވަހުގެ ހަވީރު 16:00 ގައި ބައްދަލުކުރާނީ މަޑުއްވަރި އަދި ރަސްމާދޫ އެވެ. ދެވަނަ މެޗުގައި 17:00 ގައި ބައްދަލުކުރާނީ ހުޅުދުއްފާރާއި އަލިފުއްޓެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.