ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުސްތަފާ
ހަބަރު
05 Nov 2022 | 10:50
500 މިލިއަން ޑޮލަރަށް ފޯޅަވަހި ވިއްކާލާފަ ތާރީހު އޮޅުވާލަން ސަރުކާރުން އެދުނު: މުސްތަފާ

500 މިލިއަން ޑޮލަރަށް ފޯޅަވަހި ވިއްކާލި މައްސަލަ ފަޅާއެރުމުން ތާރީޚު ބަދަލުކުރުމަށް ސަރުކާރުން މަަސައްކަތް ކޮށްފައިވާކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ. 

މުސްތަފާ މިފަދައިން ވިދާޅުވެފައިވަނީ ފޯޅަވަހި މައްސަލައާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. 

އެ ޓްވީޓުގައި މުސްތަފާ ވިދާޅުވީ 500 މިލިއަން ޑޮލަރަށް ފޯޅަވަހި ވިއްކާލިކަން ފަޅާއެރުމުން އެތަނަކީ ދިވެހިރާއްޖެއާއި އެއްވެސް ގުޅުމެއް އޮތް ތަނެއް ނޫންކަމަށް ހަދާ ތާރީހު އޮޅުވާލުމަށް ތާރީހު ދިރާސާ ކުރާ ފަރާތްތަކަށް ސަރުކާރުން އާދޭސްކޮށްފައިވާކަމަށެވެ. އަދި ފޯޅަވައްސާއި ގުޅުންހުރި ތާރީހުތައް ބަދަލުކުރުމަށް ސަރުކާރުން މަސައްކަތް ކޮށްފައިވާކަމަށެވެ. 

"ފޯޅަވަހި ވިއްކާލި 500 މިލިއަން ޑޮލަރުގެ ގައުމަށް ގައްދާރުވި މައްސަލަ ފަޅާއެރުމުން ފޯޅަ ވައްސަކީ ދިވެހިންނާ އެއްވެސް ގުޅުމެއް ނެތްތަނެއްކަމަށް ދޭހަވާ ގޮތަށް ލިޔެ އޮޅުވާލުމަށް ތާރީ ދިރާސާ ކުރާ ކުރާ ފަރާތްތަކަށް ސަރުކާރުން ގުޅާ އާދޭސްކުރި"

ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުސްތަފާ 

ފޯޅަވަހި މައްސަލަ މިފަހުން ފެންމަތިވެފައިވަނީ ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ފޯޅަވަހީގެ ސިޔާދަތު އޮންނަންވާނީ މޮރިޝަސްއަތުގައި ކަމަށް ގަބޫލުކުރާކަން ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑު ވަޒީރަށް ސިޓީފުޅެއް ފޮނުވާ އެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުކުރުމާއި ގުޅިގެންނެވެ. 

ސަރުކާރުން ސްޓޭންޑް ބަދަލުކުރީ ސީދާ ކޮން ސަބަބަކާއި ހުރެކަމަެއް މިހާތަނަށް ސާފުކޮށްދީފައެއް ނުވެއެވެ. 

އެހެން ނަމަވެސް އެފަދަ ނިންމުމަކާއި ހަމަޔަށް ދިޔައިރު ރައްޔިތުންގެ މަޖިލީހާއި ނުވަތަ ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އެއްވެސް ވަރަކަށް މަޝްވަރާ ކޮށްފައި ނުވާކަން ފާހަގަކޮށް ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެގެން ގޮސްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ