އައްޑޫ މަގު ހެދުމުގެ މަޝްރޫއު ފަށަން ހިންދޫ ދީނުގެ އަޅުކަން ކުރާނީ
ހަބަރު
06 Nov 2022 | 16:23
ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް އިންޑިއާ ނޫހަކުން ގޮވާލައިފި

ރާއްޖޭގައި ތަފާތު ދީންތަކުގެ އަޅުކަންކުރުމުގެ މިނިވަންކަން ދިނުމުގެ ވަގުތު ޖެހިއްޖެ ކަމަށް ބުނެ އިންޑިއާގެ ނޫހެއް ކަމުގައިވާ މަންގަލޯރިއަނުން ގޮވާލައިފިއެވެ.

ދާދި ފަހުން އެފްކޮންސް ކުންފުނިން އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫޢު ފެށުމަށް ހިންދޫ ދީނުގެ އަޅުކަމެއް ކުރި މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހަށް ހުށަހަޅާފައިވާ ކަަމަށް"ޓައިމްސް އޮފް އައްޑޫ" އިން ރިޕޯޓް ކޮށްފައިވާ ކަން ފާހަގަކޮށް، އިންޑިއާގެ އެ ނޫހުގައި ބުނީ، މިނިސްޓްރީން އެ މައްސަލަ ހުށަހަޅާފައިވަނީ، އެއީ ދިވެހިރާއްޖޭގެ ގާނޫނާއި، އިސްލާމްދީނާއި ފުށުއަރާ ޢަމަލެއް ކަމަށް ބުނެފައި ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީން އެފަދަ ފިޔަވަޅެއް އަޅާފައިވަނީ، ރާއްޖޭގައި ދީނާއި ޚިލާފް އެއްވެސް ކަމެއް ކުރާ ނަމަ، އެކަމާއި ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވި ފަހުންކަންވެސް އެ ނޫހުން ފާހަގަކޮށްފައިވެއެވެ.  

" އިންޑިއާ އަކީ ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ބޮޑެތި އެހީތަކެއް ވަމުން އަންނަ ގައުމެއް" ތިލަމާލެ ބްރިޖު އެޅުމަށް ރާއްޖެ އާއި އިންޑިއާ އާއި އެކު ވެވުނު އެއްބަސްވުމަށް އިޝާރާތް ކޮށް އެ ނޫހުގައި އިތުރަށް ބުނެފައިވެއެވެ.

މިއާއެކު އެ ނޫހުން ބުނީ، ދިވެހިރާއްޖެއަކީ ދީނުގެ ކަންކަން ތަންފީޒުކުރުމުގައި އަބަދުވެސް ގަލްފް ޤައުމުތަކަށް ތަބާވާ ގައުމަކަށް ވާއިރު ގަލްފްުގެ ބައެއް ޤައުމުތަކުގައިވެސް އެހެން ދީންތަކަށް މިނިވަންކަން ދޭން ފަށާފައިވާ ކަމަށެވެ. އެގޮތުން އެކުވެރި ޢަރަބި އިމާރާތުން އެ ޤައުމުގެ ހަފުތާ ބަންދުތައް ހުކުރު ހޮނިހިރުގެ ބަދަލުގައި ހޮނިހިރު އާދީއްތައަށް ބަދަލުކޮށްފައިވާކަމަށާއި، ބަހުރެއިނާއި އޮމާން އަދި އެމިރޭޓްސްގެ ބައިނަލްއަޤުވާމީ އިޤުތިޞާދާ ފައިހަމަކުރުމުގެ ގޮތުން ދީނުގެ އަސަރު ކުޑަކުރަމުން އަންނަ ކަމަށް އެ ނޫހުގެ ލިޔުމުގައި ފާހަގަކުރިއެވެ.

އެހެންނަމަވެސް އެފަދަ އެއްވެސް ބަދަލެއްގެ އަސަރެއް ރާއްޖެއިން ނުފެންނަކަން ފާހަގަކޮށް އެ ނޫހުން ބުނީ ރާއްޖެ ދަނީ ހަރުކަށިކަމާއި ހައްދުފަހަނައެޅުމާ ދިމާލަށް ކަމަށެވެ. އެގޮތުން ބިލެއްދޫގައި ހިންދޫ ދީނުގެ އަޅުކެއް ކުރި އިންޑިއާ ބަޔަކާމެދު ތަހުގީގެއް ހިންގާފައިވާކަމަށްވެސް އެ ނޫހުގައި ފާހަގަކޮށްފައިވެއެވެ.

އަދި މީގެ އިތުރުން، 2018 ވަނަ އަހަރު، ގާނޫނާއި ޚިލާފަށް ސިއްރު ފެންފުށީގެ ފަޮުތެރޭގައި ބަހައްޓާފައި ހުރި ބުދުތައް، ރައީސް ޔާމީންގެ ސަރުކާރުގައި އެމްއެންޑީއެފުން ގޮސް ހަލާކުކޮށްލި ކަންވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. 

ކޮމެންޓް
ޢަލީދާއޫދު
ތިޔަނޫހެއްގެ ލިންކް ހިމަނާލިނަމަ ތެދު ދޮގު ޔަގީން ކުރަން ފަށޭހަ ވާނެ.
06 Nov 2022
ޢަލީ
ދިސް އިސް އޯލް ޑާރޓީ ޕޮލިޓިކްސް....
06 Nov 2022
މިއަދު
އިންޑިޔާގެ ވެރިޔަކީ މުސްލިމެއްކަމަށް ކަޑައަޅަން އަޅުގަނޑުގޮވާލަން
06 Nov 2022
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.