މޭރީގެ މައްސަލައިގައި ތުހުމަތުކުރެވޭ މޭރީގެ ފިރިމީހާ އާއި އޭނާގެ ލޯބިވެރިޔާ
ހަބަރު
07 Nov 2022 | 09:34
މޭރީގެ މަރު: ޕޭޝަންޓު ޗާޓު ހޯދުމަށް ދައުލަތަށް ފަހު ފުރުސަތު

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހު މަރާލާފައިވާ، އައިޖީއެމްއެޗުގެ ނަރުސް، މޭރީ ގްރޭސްގެ މައްސަލައިގައި ހެކިންގެ ހެކިބަސް ނަގައި ނިންމައިފިއެވެ. 

އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ހެކިބަސް ދިން ދެމީހަކު ވަނީ މޭރީ ގްރޭސް ދިރިއުޅެމުންދިޔަ މއ.އުދުހޭކޮކާގޭގެ ސިޑިކައިރިން އޭނާ މަރުވި ދުވަހު އަޑެއް އިވިފައިވާ ކަމަށް ބުނެފައެވެ. 

ހެކިބަސްދިން އަނެއް މީހާ ބުނެފައިވަނީ އެގެއަކީ ކޮންމެ މީހަކަށް ވަދެނިކުމެވޭހެން ހުންނަ ގެއް ނޫންކަމަށެވެ. ގެއަށް ވަދެވެނީ ވަންނަން ބޭނުންކުރާ ޓެގް ބޭނުން ކޮށްގެންކަމަށެވެ. އޭނާ ސިޑިން ތިރިއަށް ފޭބިއިރު އެއްވެސް މީހަކާއި ދިމާނުވާކަމަށް ހެކިވެރިޔާ ވަނީ ބުނެފައެވެ. އޭނާ ފޭބި ގަޑިއަކީ މެންދުރު ސްކޫލު ނިންމާފައި މަންމައާއި ކޮއްކޮ ގޭކައިރީގައި ތިބި ވަގުތުކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ފުލުހުން އެ މަރުގެ ތަހުގީގު ފަށާފައިވަނީ އެޙާދިސާއާ ގުޅިގެން އާދަޔާ ޚިލާފު ކަންތައްތަކެއް ފާހަގަކުރެވިގެންނެވެ. އޭނާ މަރުވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޭނާގެ ފިރިމީހާއެވެ. އޭރު އޭނާ ބުނީ މޭރީ ދަންޖެހިގެން އަމިއްލައަށް މަރުވީކަމަށެވެ. މޭރީގެ މަރުގެ މައްސަލާގައި ހެދި ޕޯސްޓްމޯޓަމް ރިޕޯޓްގައިވާ ގޮތުން މޭރީ މަރާލާފައިވަނީ ނޭވާ ހާސްކޮށްލައިގެންނެވެ.

މިއަދުގެ ޝަރީއަތުގައި މިމައްސަލަ ބައްލަބާ ޤާޟީ ވަނީ މޭރީ ގްރޭސް އައިޖީއެޗަށް ގެންގޮސް، ދިން ފަރުވާގެ ޕޭޝަންޓު ޗާޓުތަކުގެ މައުލޫމާތު ސާފުކުރުމަށް ދައުލަތަށް ފުރުސަތު ދިނުމަށްފަހު އެފުރުސަތުގައި އެކަން ސާފުނުކޮށް ދެވިއްޖެނަމަ އައިޖީއެމްއެޗްގެ ވެރިން ހާޒިރުކޮށްގެން މައުލޫމާތު ސާފުކުރާނެކަމަށް ވިދާޅުވެފައެވެ.

ޕޭޝަންޓުގެ ޗާޓު ނެތިގެން ދައުލަތުގެ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ޑޮކްޓަރުންނާއި ނަރުހުންގެ ހެކިބަސް ނެގުމަށް ލަމްހާގެ ވަކީލުން އިއުތިރާޒު ކުރުމުން ޝަރީއަތުން ވަނީ އެއިއުތިރާޒު ބަލައިގަނެފައެވެ.

މިމައްސަލަ ބައްލަވާ ޤާޟީ ހުސެއިން ފާޒިރު ރަޝާދު ވިދާޅުވީ މާދަމާގެ ނިޔަލަށް ޕޭޝަންޓު ޗާޓުގެ މައުލޫމާތު ހިއްސާ ކުރެވެން ވާނެކަމަށެވެ. އެކަން މާދަމާގެ ނިޔަލަށް ނުވެއްޖެނަމަ އައިޖީއެމްއެޗްގެ ވެރިން ހާޒިރުކޮށް މައުލޫމާތު ސާފު ކުރާނެކަމަށް ޤާޟީ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.