މިނިސްޓަރު ސާބިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން-- ފޮޓޯ: ފޮރިން މިނިސްޓްރީ
ހަބަރު
07 Nov 2022 | 12:03
ވިސާ ނެތި ސާބިއާއަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސަން މަޝްވަރާކޮށްފި

ރާއްޖެއާއި ސަރބިއާއާ ދެމެދު އޮން-އެރެއިވަލް ވިސާ ހަމަޖެއްސުމާމެދު މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް ޝާހިދު، ސާބިއާގެ ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް އޮފް ދަ ރިޕަބްލިކް އޮފް ސަރބިއާ، އިވިއްސާ ޑޭސިކްއާ މަޝްވަރާ ކުރައްވައިފިއެވެ. 

މިނިސްޓަރު ޝާހިދު ސާބިއާއަށް ކުރެއްވި ދަތުރުގައި ސާބިއާގެ ފޮރިން މިނިސްޓަރަކާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މިގޮތުން ރާއްޖެއާއި ސަރބިއާއި އާއި ދެމެދު ވިސާ ނެގުމެއް ނެތި ދަތުރުކުރެވޭނެ ގޮތެއް ހޯދުމަކީ މުހިއްމުކަމެއްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ދެޤައުމުގެ ރައްޔިތުންގެ ދެމެދުގައި ގުޅުން ބަދަހިވެ، ފަތުރުވެރިކަމުގެ ދާއިރާއިން ދެޤައުމުގެ ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިވެގެންދާނޭކަމަށްވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ ޝާހިދުގެ ވާހަކައާއި ގުޅިގެން، ރާއްޖެއާއި ސަރބިއާއި އާއި ދެމެދު އޮންއެރައިވަލް ވީސާ ހަމަޖެއްސުމާއި ގުޅޭގޮތުން ސަރބިއާ ސަރުކާރުން މަޝްވަރާކުރާނެކަމަށް އެ ޤައުމުގެ ހާރިޖީ ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، މިނިސްޓަރު ޝާހިދު ސާބިއާއަށް ކުރެއްވި ދަތުރުގައި ތަޢުލީމީ ދާއިރާއާއި ޒުވާނުން ބާރުވެރިކުރުވުމާއި ސިއްޙީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއިން ދެ ގައުމު ދެމެދު ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އެގޮތުން ސަރބިއާއިން ރާއްޖެއަށް ފޯރުކޮށްދޭ ސްކޯލަރޝިޕްގެ ފުރުސަތުތައް އިތުރުކުރުމަށާ، ކުޅިވަރުގެ ދާއިރާއިން 20 އާއި 25 އާއި ދެމެދުގެ ޢަދަދަކަށް ކުޅުންތެރިކަން ތަމްރީންކުރުމުގެ ފުރުސަތު ދިނުމަށް ތައްޔާރަށް އޮތްކަންވެސް އެގައުމުންވަނީ ހާމަކޮށްފައެވެ. 

ފޮރިންގ މިނިސްޓަރ ސަރބިއާއަށް ވަޑައިގަތީ އެޤައުމުގެ ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް އޮފް ދަ ރިޕަބްލިކް އޮފް ސަރބިއާ އިވިއްސާ ޑޭސިކްގެ ދަޢުވަތަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.