ޗާގޯސް މައްސަލާގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--
ހަބަރު
09 Nov 2022 | 10:31
ރައީސް ޞާލިހު މޮރިޝަސް އަށް ފޮނުއްވި ސިޓީގެ ތަފްސީލް ދެއްވައިފި!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީފުޅުގެ ތަފްސީލް ފޮރިން މިނިސްޓަރ ޝާހިދު ދެއްވައިފިއެވެ.

ރާއްޖެއާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، ރައީސް ޞާލިހް މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޖުގާނަތްއަށް ފޮނުއްވާފައިވާ ސިޓީފުޅު ސަރުކާރުން އެފަދަ ލިއެކިއުންތައް ހާމަކުރުމަށް އޮންނަ އުސޫލުގެ ތެރެއިން ހާމަކުރައްވާނެ ކަމަށެވެ.

އެގޮތުން، އެ ސިޓީފުޅުގެ ތަފްސީލް ދެއްވުމުގެ ކުރިން ޝާހިދު ވަނީ، 2017 ވަނަ އަހަރު މޮރިޝަސް އިން އދ. އަށް ހުށަހެޅުއްވި ގަރާރަށް އަލިއަޅުވާލެއްވާފައެވެ. އެގޮތުން، ޗާގޯސްއަކީ މޮރީޝަސްގެ ބާރު ހިނގާ ތަނެއްކަމަށާއި، އެތަނުގައި ތިބި މީހުން ގަދަބާރުން ބާލުވާފައިވާކަމަށާ، ވުމާއެކު އެތަނުގެ އަސްލު ވަޒަންވެރިން އެތަނަށް ގެނެސް ޗާގޯސް މޮރީޝަސްއާއި ހަވާލުކުރުމަށް އެ ގަރާރުގައި އެދިފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެފަހަރު ރާއްޖެއިން އެ ގަރާރާއި ދެކޮޅަށް ވޯޓު ދެއްވި ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

މިއާއެކު ޝާހިދު ވިދާޅުވީ، ރައީސް ޞާލިހުގެ އެ ސިޓީގައި އެމަނިކުފާނު ލިޔުއްވާފައިވާ ގޮތުގައި، ޗާގޯސް މައްސަލާގައި އަލުން މިފަދަ ގަރާރެެއް އދ.މަޖިލީހަށް އައިސްފިނަމަ ދެކޮޅު ނުހަދާނެކަމަށް ވިދާޅުވެފައިވާނެކަމަށެވެ. އަދި އެއީ އިސްތިއުމާރީ ބާރަށް ރާއްޖެއިން އަބަދުވެސް ތާއީދުނުކުރާތީކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް އިޓްލޮސްގެ ވޯޓެއް ލައިފިނަމަ އެކަމާއި އެއްވެސް ގުޅުމެއް ނޯންނާނެކަމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ބައިނަލްއަޤްވާމީ ޤާނޫނުން ރާއްޖެއަށް ލިބިދޭ އެންމެ ބޮޑު ސަރަހައްދެއް ހޯދުމަށް ސަރުކާރުން މަސައްކަތްކުރުމުގައި ދެމިއޮންނާނެކަމަށެވެ. އަދި މި ސަރުކާރުން ވެސް ޗާގޯސް މައްސަލާގައި އަމަލުކުރަމުން ދަނީ މީގެ ކުރީގެ ސަރުކާރުތަކުން އަމަލުކުރިފަދައިން ކަމަށާއި، ނަމަަވެސް އެ މައްސަލަ ހޫނުވެފައި ވަނީ އެކަމުގެ ހަގީގަތް އެނގޭ ފަރާތްތަކުންވެސް ކަން އޮތްގޮތާ ދެކޮޅަށް ވާހަކަ ދައްކަވަމުން ގެންދާތީ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ކޮމެންޓް
އދ
ކޮބާ ކޮރަޕްޝަނުގެ އެބައި ނުލާ ތި ހާމަ ކުރީ
09 Nov 2022
ހުސައިން އިބްރާހީމް
މަޖިސްއިންބުނަނީ މަޖިލިސްއަށް ނާންގާކަމަށް މިހެންވެ މަކިލިސްެއަށްފޮނުވިސިޓީހާމަކުރުންފެނޭ
10 Nov 2022
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.