ގަރާޖުގައި ރޯވި އަލިފާން ނިއްވަނީ
ހަބަރު
10 Nov 2022 | 02:33
ގަރާޖުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
10 Nov - 06:53

އަލިފާނުގެ ހާދިސާގައި ޖުމްލަ 5 މީހުން ނިޔާވެފައިވާަކަމަށާއި, އެކަކު އައިޖިއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދީފިއެވެ.

ހޮސްޕިޓަލުގައި ފަރުވާ ދެމުންދާމީހާގެ ހާލު ކްރިޓިކަލް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

10 Nov - 06:40

އަލިފާނުގެ ހާދިސާ ހިނގި އިމާރާތުން ބޮޑީބޭގެއް ނެރެނީ -- ސަން ފޮޓޯ

10 Nov - 06:37

އަލިފާނު ރޯވި މ. ސެންރޯސްގެ

10 Nov - 06:37

އަލިފާނުގެ ހާދިސާގައި މަރުވެފައިވާ މީހުންގެ ހަށިގަނޑު މިވަގުތު ގަލޮޅު ސަހަރާއަަށްވަނީ ގެނެވިފައެވެ. މިހާތަނަށް 4 މީހުން ގަލޮޅު މޯޗަރީއަށް ގެނެވިފައިވެއެވެ. 

ގަލޮޅު ސަހަރާ---ފޮޓޯ: ވޮއިސް

އައިޖީއެމްއެޗްގައި އެކަކަށް ފަރުވާދެމުން ދާއިރު, މިހާދިސާގައި މަރުވިމީހުންގެ ސީދާ އަދަދެއް ކަމާ ބެހޭ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއްނުވެއެވެ.

10 Nov - 05:46

ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ ފަތިހު 04:34 ހާއިރު

10 Nov - 03:56

އިސްކަންދަރު މަގުގައި ހުންނަ މ.ނިރުފެހި ކިޔާ ގޭގައި ރޯވި އަލިފާނުގެ 90 ޕަސެންޓް ވަނީ ކޮންޓްރޯލް ކުރެވިފައި.

އެމްއެންޑީއެފް

އިސްކަންދަރު މަގުގައި ހުންނަ މ. ސެންޑްރޯސް ގޭގައި ރޯވި އަލިފާން ގަނޑު ނިއްވާލައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މާވެޔޮ މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހަދިސާއެއް ހިނގައިގެން ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 00:30 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

އެ ސަރަހައްދުން "ވޮއިސް" ގެ ރިޕޯޓަރާއި ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ މި އިމާރާތުގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދާކަމަށާއި, އިމާރާތުގެ ތިރީގައި ގަރާޖަކާއި, އެސީ މަރާމާތުުކުރާތަނެއް ހުންނަކަމަށެވެ.

މިހާރު އަލިފާން ގަނޑު ކޮންޓްރޯލް ކުރެވިފައިވާއިރު, އެ އިމާރާތުގައި ދިރިއުޅޭ ފަރާތްތައް ވަނީ އެކުވެނި ދަނޑަށް ޖަމާކުރެވިފައެވެ. 

އަލިފާނާއި ގުޅިގެން ދުމުގެ އަސަރު އެ ހިސާބުގެ ގެތަކަށް ކޮށްފައިވާއިރު, ސިނަމާލެގެ ބްރިޖާއި ހަމަޔަށް ދުމުގެ އަސަރުކޮށްފައިވެއެވެ.

މިރޭގެ އަލިފާން ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައިނުވާއިރު, ލިބުނު ގެއްލުންތައް ވެސް އަދި ސާފެއް ނުވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.
09 Aug 2026
ދިހަ ދުވަސްތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ 8 މީހަކު މަރު، ގިނައީ ސްޓްރޯކް
ބަންގްލަދޭޝްގެ ވިއުސް ނޫހުން ރިޕޯޓްކުރި ގޮތުގައި ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިންވަނަ ދުވަހަށް ރާއްޖޭގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވެފައިވެ އެވެ.
09 Aug 2026
އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ފީފާއިން ބުނެފި
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ
09 Aug 2026
ނޫރު ބިލްޑިންގެ ތަފްސީލީ ކުރެހުން އަންނަ މަހުގައި ނިމޭނެ
މި ބިލްޑިންގަކީ ގުރްއާނަށް ހާއްސަ ވަގްފެއް ގޮތުގައި 15 ބުރިއަށް މާލެގައި ބިނާކުރެވޭ ބިލްޑިންގެކެވެ. މިތާނގެ 3 ފްލޯ ހާއްސަ ކުރެވިފައި ހުންނާނީ އިސްލާމީ މިނިސްޓްރީގެ އިދާރާއަށެވެ.
09 Aug 2026
ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "ވިޔަނަ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި
ކޭމްޕްގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ޢިލްމީވޯކްޝޮޕާއި، ދީނީ ދަރުސްތައް، ތަރުބަވީ ސެޝަންތައް، ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕް ތަކާއި ސްކިލް ޑިވެލޮމްޕެންޓް ޕްރޮގްރާމްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޙަރަކާތްތައް ހިމެނެއެވެ
09 Aug 2026
ބޭނުންވަނީ މުޒާހަރާ މާލެތެރޭގައި ރައްޔިތުންނަށް އަޑު އިވޭގޮތަށް ކުރިއަށްްގެންދަން: އެމްޑީޕީ
މުޒާހަރާ ކުރިއަށްގެންދަން މަޖީދީމަގު ނޫން އެހެންމަގެއް ހިޔާރުކުރެވެން ނެތްކަމަށް އެޕާޓީން ވަނީ ބުނެފައެވެ
09 Aug 2026
ހަމަސްނުވާ ތުއްތު ކުދިން ކަރުހިއްކުން ފިލުވުމަށް ފެން ނުދީ: އެޗްޕީއޭ
އެޗްޕީއޭއިން ބުނީ މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެންކަމުގައިވާތީ، ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުންދޭ ކިރު ފުދޭނޭކަމަށް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ހާރިޖިއްޔާގެ އޮފީހުން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ