އަލިފާނުގެ ހާދިސާ ހިނގި އިމާރާތުން ބޮޑީބޭގެއް ނެރެނީ -- ވޮއިސް
ހަބަރު
10 Nov 2022 | 07:00
މިހާތަނަށް 9 މީހުން މަރުވެ، އެކަކު ހާލު ކްރިޓިކަލް
10 Nov - 08:54

އިސްކަންދަރުމަގުގައި ހުންނަ މ. ނިރުފެހީގެ ތިރީ ގަރާޖުގައި އަލިފާން ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 10 އަށް އަރާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. 

މިހާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން އެންމެ ފަހުން ދިން މައުލޫމާތުގައި ބުނީ، އަލިފާނުގެ ހާދިސާ ހިނގި ތަނުން އިތުރު މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާ، ވުމާއެކު މި ހާދިސާ ގައި މަރުވި މީހުންގެ އަދަދު މިހާރު 10 އަށް އަރާފައިވާ ކަމަށެވެ. 

ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންނާއި ސިފައިން އަދިވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. 

މާލެގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހިގެން މިހާތަނަށް 9 މީހުން ނިޔާވެފައިވަކަމަށް އެމްއެންޑީއެފްއިން ކަށަވަރު ކޮށްދީފި އެވެ.

އިސްކަންދަރުމަގުގައި ހުންނަ މ. ނިރުފެހީގެ ތިރީ ގަރާޖުގައި އަލިފާން ރޯވީ 12:30 އެހާކަންހާއިރު އެވެ.

އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ފަތިހު 4:34 ގައިކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދިންގޮތުގައި މި ހާދިސާގައި ޖުމްލަ 9 މީހުން ނިޔާވެފައިވާއިރު, އެކަކަށް އައިޖިއެމް ހޮސްޕިޓަލުން ފަރުވާދެމުންދާކަމަށެވެ. އަދި އޭނާގެ ހާލުވެސް ކްރިޓިކަލް ކަމަށް މައުލޫމާތު ދެއެވެ.

"ރޯވެފައިވާ ގޭ ތެރެއިން މަރުވެފައިވާ 4 މީހެއްގެ ހަށިގަނޑު މޯޗަރީއަށް ގެންދެވިފައިވޭ" 

ފުލުހުން މީޑީއާއަށް ދިން މެސެޖުގައިވެއެވެ.

މި ހާދިސާގައި 14 މީހުން ސަލާމަތްކޮށްފައިވާަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މިހާދިސާގައި ނިޔާވެފައިވަނީ ބިދޭސީންނެވެ. އޭގެ ތެރޭގައި ގިނައީ އިންޑިއާ ރައްޔިތުންނެވެ. 

މިއީ ރާއްޖޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ހިތާމަވެރި ހަދިސައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.
09 Aug 2026
ދިހަ ދުވަސްތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ 8 މީހަކު މަރު، ގިނައީ ސްޓްރޯކް
ބަންގްލަދޭޝްގެ ވިއުސް ނޫހުން ރިޕޯޓްކުރި ގޮތުގައި ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިންވަނަ ދުވަހަށް ރާއްޖޭގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވެފައިވެ އެވެ.
09 Aug 2026
އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ފީފާއިން ބުނެފި
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ
09 Aug 2026
ނޫރު ބިލްޑިންގެ ތަފްސީލީ ކުރެހުން އަންނަ މަހުގައި ނިމޭނެ
މި ބިލްޑިންގަކީ ގުރްއާނަށް ހާއްސަ ވަގްފެއް ގޮތުގައި 15 ބުރިއަށް މާލެގައި ބިނާކުރެވޭ ބިލްޑިންގެކެވެ. މިތާނގެ 3 ފްލޯ ހާއްސަ ކުރެވިފައި ހުންނާނީ އިސްލާމީ މިނިސްޓްރީގެ އިދާރާއަށެވެ.
09 Aug 2026
ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "ވިޔަނަ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި
ކޭމްޕްގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ޢިލްމީވޯކްޝޮޕާއި، ދީނީ ދަރުސްތައް، ތަރުބަވީ ސެޝަންތައް، ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕް ތަކާއި ސްކިލް ޑިވެލޮމްޕެންޓް ޕްރޮގްރާމްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޙަރަކާތްތައް ހިމެނެއެވެ
09 Aug 2026
ބޭނުންވަނީ މުޒާހަރާ މާލެތެރޭގައި ރައްޔިތުންނަށް އަޑު އިވޭގޮތަށް ކުރިއަށްްގެންދަން: އެމްޑީޕީ
މުޒާހަރާ ކުރިއަށްގެންދަން މަޖީދީމަގު ނޫން އެހެންމަގެއް ހިޔާރުކުރެވެން ނެތްކަމަށް އެޕާޓީން ވަނީ ބުނެފައެވެ
09 Aug 2026
ހަމަސްނުވާ ތުއްތު ކުދިން ކަރުހިއްކުން ފިލުވުމަށް ފެން ނުދީ: އެޗްޕީއޭ
އެޗްޕީއޭއިން ބުނީ މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެންކަމުގައިވާތީ، ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުންދޭ ކިރު ފުދޭނޭކަމަށް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ހާރިޖިއްޔާގެ އޮފީހުން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ