ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ހަބަރު
10 Nov 2022 | 12:07
އަލިފާނުގެ ހާދިސާ ހިނގި ގޮތް މިހާރު ދަނީ ބަލަމުން: ރައީސް ޞާލިހު

ރޭ ދަންވަރު މ. ނިރުފެހިގައި އަލިފާން ރޯވެ ހިނގި އަލިފާނުގެ ހާދިސާ ހިނގިގޮތް މިހާރު ބަލަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

މ. ނިރުފެހީގެ ތިރީ ގަރާޖުގައި ރޭ 12:30 އެހާކަންހާއިރު ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ފަތިހު 4:34 ގައިކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ.

މިހާދިސާ އާއި ގުޅިގެން މިހާތަނަށް 10 މީހުން ނިޔާވެފައި ވާއިރު، 50 އަށްވުރެ ގިނަ މީހުންވަނީ އެންޑީއެމްއޭގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެކަމާއި ގުޅިގެން ހިތާމަފާޅުކޮށް ރައީސް ޞާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ‏ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެއްކަމަށެވެ. 

އަދި އެ ހާދިސާގައި އެތައް ބައެއްގެ ފުރާނަ ގެއްލި ގިނަ ޢަދަދެއްގެ ބަޔަކަށް ގެއްލުންތަކެއް ލިބިފައިވާ ކަން ފާހަގަކުރައްވައި ވިދާޅުވީ، މިހާދިސާ ހިނގައި ދިޔަގޮތް މިހާރު ބަލަމުންދާ ކަމަށެވެ. 

މީގެ އިތުރުން ރައީސްގެ މެސެޖުގައި ވަނީ ހާދިސާގައި ނިޔާވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާފޮނުއްވާފައެވެ. 

އަދި މި ނުރައްކާތެރި ހާދިސާގައި އަލިފާން ރޯވެފައި ވަނީ ގަރާޖަކާއި އިންވެގެން ހުންނަ ގެއެއްގައި ކަމަށްވާއިރު ހާދިސާ ހިނގި ސަބަބެއް ނޭނގުނުނަމަވެސް އެ ގޭގައި ގިނަ އަދަދެއްގެ ގޭސްފުޅިތަކެއް ހުރިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މިހާދިސާގައި ނިޔާވެފައިވަނީ ބިދޭސީންނެވެ. އޭގެ ތެރޭގައި ގިނައީ އިންޑިއާ ރައްޔިތުންނެވެ. 

މިއީ ރާއްޖޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ހިތާމަވެރި ހަދިސައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Jul 2026
ސައުދީއަށް އަމާޒުކޮށް ދިން މިސައިލް ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
ދިވެހި ހާރިޖިއްޔާ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސައުދީއަށް ދޭންފެށި މިސައިލް ހަމަލާތަކަކީ އެޤައުމުގެ އިސްތިގުލާލާއި ސަރަހައްދީ ނިންމެވުންތަކަށް އަރައިގަތުމުގެ ގޮތުން ހިންގާފައިވާ އަމަލުތަކެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަމަށެވެ.
14 Jul 2026
އަމްރިތާ ހޮސްޕިޓަލާއެކު އެއްބަސްވުން އާ ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
އާސަންދައިން ބުނީ، އަލުން ބަލިމީހުން ފޮނުވޭނެ ސީދާ ތާރީހެއް އަދި ކަނޑަނޭޅުނު ނަމަވެސް އެގްރީމެންޓް އާކުރުމުގެ މުއާމަލާތްތައް ކުރިއަށްދާކަމަށެވެ.
14 Jul 2026
އެލްޖީއޭގެ ބޯޑު މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާއްމުކުރި އިއުލާނެއްގައި ބުނީ، އެލްޖީއޭ ބޮޑުގެ ތިން މެމްބަރެއްގެ ދައުރު ހަމަވާތީވެ، އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.
14 Jul 2026
ދިރާގު ސްޓޯލުން ހާއްސަ އިނާމުތައް
މޯލްޑިވްސް ފުޑް ކާނިވަލް 2026ގެ ދިރާގު ސްޓޯލުން ހިލޭ ގޭމިންގ ހަރަކާތާއި ޑޭޓާ އަދި ކޭޝްބެކް ފަދަ އިނާމުތައް ލިބޭ ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވެއެވެ.
14 Jul 2026
ޖަލުތަކުގެ ކަންކަން ވަރުގަދަކުރަން 22 ދުވަހުގެ އޮޕަރޭޝަނެއް، ބުނީ ކާމިޔާބު ކަމަށް
މިދިޔަ ޖޫން މަހުގެ 22 އިން ފެށިގެން މި ޖުލައި މަހުގެ 13 އާ ހަމައަށް ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަން ހިންގާފައިވަނީ މާލެ، ހުޅުމާލެ، ކ. މާފުށި އަދި ކ. ހިންމަފުށީގަ އެވެ.
14 Jul 2026
ކަންނެލި ފެކްޓްރީގެ މަސައްކަތް 18 މަސްދުވަހުން ނިމޭނެ
ޝިޔާމް ވިދާޅުވީ، ހުޅުމާލޭގައި 100 މެޓްރިކް ޓަނުގެ ކަންނެލި ބަންދު ކުރެވޭ ފެކްޓްރީއެއް ގާއިމް ކުރުމަށް މިދިޔަ ހަފްތާގައި ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
14 Jul 2026
މީޑިއާ ވިލޭޖުގެ މަސައްކަތް ނިމުމަކާ ގާތަށް
މެންހެޓަން ގްރޭންޑް ހޮޓެލްގެ ގްރައުންޑް ފްލޯގައި ތަރައްޤީކުރާ މީޑިއާ ވިލޭޖުގެ ފިނިޝިންގެ މަސައްކަތް ކުރިއަށްދާއިރު، މިމަހުގެ ނިޔަލަށް މަޝްރޫޢު ނިންމާލެވޭނެ ކަމަށް ބެލެވެއެވެ.
14 Jul 2026
ހާލަންޑްގެ ރެކޫނު ސޯޝަލް މީޑިއާގައި
ވޯލްޑް ކަޕުން ގައުމަށް ދިޔަ ނޯވޭގެ ފޯވަޑް އާލިން ހާލަންޑް 750 ޑޮލަރުގެ ޓެކްސިޑަރމީ ރެކޫނެއް ހިފައިގެން އައުމުން އެކަން ސޯޝަލް މީޑިއާގައި ބޮޑު ވާހަކައަކަށްވެއްޖެއެވެ.