ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.-ފޮޓޯ:މިހާރު
10 Nov 2022 | 13:01
އަލިފާނުގެ ހާދިސާތައް ހިނގަނީ ގާނޫނާއި އެއްގޮތަށް އަމަލުކުރެވިފައި ނެތީމަ: ރައީސް ޞާލިހު

މީގެ ކުރީގައި ހިގައި ދިޔަ އަލިފާނުގެ ހާދިސާތައްވެސް ހިގީ ގާނޫނާއި އެއްގޮތަށް އަމަލުކުރެވިފައިނެތީމައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރޭ ދަންވަރު މ. ނިރުފެހިގައި އަލިފާން ރޯވެ ހިނގި އަލިފާނުގެ ހާދިސާއައި ގުޅިގެން، އެތަނުގެ ހާލަތު ބެއްލެވުމަށްޓަކައި ވަޑައިގެން މީޑިއާތަކާއި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މި އަލިފާނުގެ ހާދިސާ މާލޭގައި ފަހުގެ ތާރީހެއްގައި ހިގައިދިޔަ އެންމެ ނުރައްކާތެރި ހާދިސާ ކަމަށެވެ.

އެގޮތުން، މި ހާދިސާގައި 10 މީހެއްގެ ފުރާނަގެއްލިފައިވާއިރު، އެމީހުންނަކީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއްކަން އަދި ކަށަވަރުވެފައި ނުވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. އެހެންނަމަވެސް، އޭގެ ތެރޭގައި ލަންކާއާއި، ބަންގްލަދޭޝްގެ އިތުރުން އިންޑިއާ މީހުން ހިމެނޭނެ ކަމަށް މިހާތަނަށް ލިބުނު މައުލޫމާތުން ކަށަވަރުވާކަމަށް ރައީސް ވިދާޅުވި އެވެ. 

މިއާއެކު،މިފަދަ އަލިފާނުގެ ހާދިސާތައް ހިގިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަށް ހުރިކަން ފާހަގަކުރައްވައި ރައީސް ޞާލިހު ވަނީ އަލިފާން ފެތުރުން ހުއްޓުވުމަށްޓަކައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ކުރެއްވި މަސައްކަތްތަކަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން އެމްއެންޑީއެފް އިން އަވަސް ފިޔަވަޅުތަކެއް އަޅައިގެން އަލިފާން ފެތުރުން ނުހުއްޓުވުނު ނަމަ، މިއީ ވަރަށް ބޮޑު އަލިފާނުގެ ޙާދިސާއަކަށްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

"މި ހާދިސާ ހިގިކަމުގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައި މިވަނީ ރޭގަ 12:30 ހާއިރު، 3 މިނެޓުގެ ތެރޭގައި މިތަނަށް ފަޔާ އެންޑް ރެސްކިއު ހާޒިރުވެ އައިސް ކަމާއިބެހޭ މަސައްކަތްތައް ފަށާފައި. ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެއްވީ އަލިފާން އިތުރަށް ފެތުރުނަ ނުދީ ހިފެހެއްޓިފައި މިއޮތީ އަވަހަށް އެތަނަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ހާޒިރުވެ ކުރެވުނު މަސައްކަތުން." ރައީސް ޞާލިހު ވިދާޅުވިއެވެ. 

މީގެ އިތުރުން ރައީސް ވިދާޅުވީ މިފަަދަ ހާދިސާތައް މަދުކުރުމަށް ހައްލެއް ގެނެވޭނީ މާލޭގައި އޮތް ތޮއްޖެހުން ހުއްޓުވިގެންކަމަށާ، އެއީ މާލެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަމަށެވެ. 

އަދި މިފަދަ ހާދިސާތައް ހުއްޓުވުމަށް އެޅެން ހުރި އިތުރު ފިޔަވަޅުތައް ހޯދާނެކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މީގެ ކުރިންވެސް ކެމިކަލް ގުދަނެއް ގޮވައި ދިވެއްސަކު ނިޔާވި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ގާނޫނާއި ޚިލާފަށް ކަންކަން ބެހެއްޓުމުގެ ސަބަބުން ކަމަށެވެ. އެެގޮތުން، އެފަދަ ކެމިކަލް ގުދަން ތަކަކީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރުން ހުއްދަ ނޫން އެއްޗެހި ނަމަވެސް އޭރު ހުރި ކަމަށާ އެހެންނަމަވެސް މިހާރު އެކަން ހައްލު ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

މީގެ އިތުރުން، މާލޭގައި ހުރި އެފަދަ ގަރާޖުތަކާއި ވޯކްޝޮޕްތަކުގެ މައްސަލަ އަކީވެސް ހައްލު ކުރަންޖެހިފައިވާ ކަންކަން ކަމަށާއި، އެކަންކަން ވެސް ބަލާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.