ގައުމީ ދުވަހުގެ ޚާއްސަ އެވޯޑު ދެއްވަނީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
12 Nov 2022 | 10:26
ރައީސްގެ ހާއްސަ އިނާމާއި މެޑެލް 65 ފަރާތަކަށް

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމާއި މެޑެލް ޖުމުލަ 65 ފަރާތަކަށް ދެއްވައިފި އެވެ.

އެ ފަރާތްތަކަށް އެވޯޑު ދީފައިވަނީ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައެވެ. 

މެޑަލާއި އިނާމު ލިބުނު ފަރާތްތައް

1. ލެވެލް 10 ކޯސް ހާސިލުކޮށްގެން އިނާމު ލިބުނު 9 މީހުން،

2. ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ: 26 މީހުން،

3. ލެވެލް 7 ގެ ސަނަދެއް ހާސިލުކުރި: 15 މީހުން،

4. ގުރުއާން ހިތުދަސްކުރި: 13

ހުނަރުވެރި ފަންނުވެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކޮށްގެން ރައީސްގެ އިނާމު ހާސިލުކުރީ އދ. ދަނގެތީ، އޯޝަންވިލާ، މުހައްމަދު އަކްރަމެވެ. އޭނާ ވަޒީފާ އަދާކުރަނީ އެމްޕީއެލްގަ އެވެ.

އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ރޮނގުން ރައީސްގެ އިނާމު ހޯއްދެވީ ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑަށެވެ. 

ޖުމްހޫރީ ދުވަހުގެ ޚާއްސަ ހަފްލާގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް 

އިނާމާއި އެވޯޑު ލިބުނު ހާފިޒުން

1. ފާތިމަތު ފައުޒިއްޔާ، އާވެލި، ސ. ހިތަދޫ

2. ޝިފާ ބިންތު އަބްދުﷲ ހަމީދު، މަތިމަރަދޫ. މާލަމް، ލ. ގަން

3. ހޫދު މުހައްމަދު އަލީ، ދިގުވާނޑު. އަނޯވާ، ޏ. ފުވައްމުލައް

4. މުހައްމަދު އަނީސް ހަސައިން، މިސްކިތްމަގު. މާވޭދެ، ޏ. ފުވައްމުލައް

5. ޞަފިއްޔާ ޢަލީދީދީ، މާލެގަން. މާވިނަ، ޏ. ފުވައްމުލައް

6. މުހައްމަދު ފަލާޙް ސޯލިހު، އިތާމުތްގެ، ސ. ހިތަދޫ

7. އަބްދުﷲ ބިން އިމްޖާދު، ގ. ރައިހާނުގެ

8. ފާތިމަތު ހަސަން، ރޯޒްބޯލް، ސ. ހިތަދޫ

9. މުހައްމަދު އައިދިން ނަޖުމީ، ކަށިމާގެ، ސ. މަރަދޫ

10. އަބްދުލްބާސިޠް ސަލީމް، ދިލްކަޝްވިލާ، ގދ. ހޯނޑެއްދޫ

11. އައްމާރު ބިން އިބްރާހީމް، ދަފްތަރު ނަންބަރު 011، ނ. ވެލިދޫ

12. މަރްޔަމް ނައިސަމް ސަޢީދު، ކުރިބޯށި، ސ. ފޭދޫ

13. އަމަން އަހުމަދު އާތިފް، ޑޭޒީމާގެ، ބ. ހިތާދޫ

ގައުމީ އެވޯޑު ހޯދު އެންމެ ހަގު ހާފިޒް / ފޮޓޯ: ރައީސް އޮފީސް 

މިއަހަރުގެ ގައުމީ ދުވަހުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ލިބިފައިވަނީ ގުރުއާން ހިތުދަސްކޮށްގެން އެއްވަނަ ދަރަޖައިގައި ފާސްވި 13 ހާފިޒުންނާއި، މަތީ ތައުލީމު ހާސިލުކުރި ކޯހުން އެންމެ މަތީ ވަނަ ހޯއްދެވި ފަރާތްތަކާއި ފަންނުވެރި މަސައްކަތްތެރި ޒުވާނަކަށެވެ.

އޭގެ އޮތުރުން އިންސާނީ ވަސީލަތްތައް ތަރައްގީކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ރޮނގުން ކެޕިޓަލް މޯޑިވްސް އަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އެވޯޑު ދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.