ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބު ޝިމާޒު އަލީ
ހަބަރު
13 Nov 2022 | 10:13
ޝިމާޒުގެ ސައިކަލަށް ގެއްލުންދީ އާއިލާއަށް އިންޒާރު ދީފި!

ޓްރާންސްޕޯޓު މިނިސްޓަރު ޢާއިޝަތު ނަހުލާއާ ބޮޑެތި މައްސަލަތަކެއް ޖެހިފައިވާ ދަނޑިވަޅެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީގެ ސައިކަލަށް ބަޔަކު ގެއްލުންދީފިއެވެ. 

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ތަކެއް ޝިމާޒުއަށް ކޮށް އޭނާ މަގާމުން ވަކިކުރުމަށް ނަހުލާ އެދުމާއި ގުޅިގެން އެ ދެބޭފުޅުންގެ ދެމެދުގައި މައްސަލަ ތަކެއް ޖެހިފައި ވަނިކޮށް، ޝިމާޒު ގެ ސައިކަލަށް ބަޔަކު ގެއްލުން ދީފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. 

އެކަން އަންގައި އޭނާ ކޮށްފައިވާ ޓުވީޓެއްގައި ވަނީ، ދޮގު ތުހުމަތު އަޅުވާފައި، ސައިކަލު ހަލާކުކޮށް، އިންޒާރުގެ މެސެޖުކޮށްފައި އެވަރުން ނުވެގެން އާއިލާއަށް ގުޅާފައި އިންޒާރުދޭން ފެށީ ކޮން ކަމެއް ނުވެގެންތޯ ސުވާލު ކުރައްވާފައެވެ. 

އެ ޓުވީޓާއެކު ޝިމާޒު ވަނީ އޭނާގެ ސައިކަލުގެ ފޮޓޯއާއި ބޭރުގެ ނަންބަރެއް ބޭނުންކޮށްގެން ވަޓްސްއަޕް މެދުވެރިކޮށް އޭނާއަށް ފޮނުވާފައިވާ އިންޒާރުގެ މެސެޖެއްވެސް ހިއްސާކުރައްވާފައިވެއެވެ. އެ ފޮޓޯގައި އޭނާގެ ސައިކަލުގެ މަޑި ވަރަށް ބޮޑަށް ކަފާލާފައިވާ މަންޒަރު ފެނެއެވެ. 

ޝިމާޒާއި މިނިސްޓަރު ނަހުލާގެ ގުޅުން ގޯސްވެ ޝިމާޒު މަޤާމުން ވަކިކޮށްދިނުން އެދިވަޑައިގެން ނަހުލާވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހަށް ފޮނުއްވި ސިޓީގައި ޝިމާޒު މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރައްވައިގެން ކޮރަޕްޝަނުގެ ގިނަ އަމަލުތަކެއް ހިންގަވާފައިވާ ކަމުގެ ހެކި ލިބިފައިވާކަމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ.

އެގޮތުން، ޤަވާއިދާ ޚިލާފަށް އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދީގެން އަމިއްލައަށް ބޮޑެތި މަންފާތަކެއް ޝިމާޒު ހޯއްދަވަމުން ގެންދާކަމަށް ތުހުމަތުކުރައްވާފައިވާއިރު, ޤަވާއިދާ ޚިލާފަށް ދޫކޮށްފައިވާ ރަޖިސްޓަރީތަކުގައި ސޮއިކުރެއްވީ ޝިމާޒު ކަމަށްވެސް ނަހުލާ ވިދާޅުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.