މީޑިއާ ކައުންސިލުގެ ރައީސް ޝަފާއު، ރޭގެ ހަފުލާގައި ވާހަކަ ދައްކަވަނީ --- ފޮޓޯ: މިހާރު
ހަބަރު
13 Nov 2022 | 15:24
ނޫސްވެރިންނަށް އޮތް ނުރައްކާތައް އަބަދުވެސް އެކި ސިފަސިފައިގައި އޮވޭ: ޝަފާއު

ދިވެހި ނޫސްވެރިންނަށް އޮތް ބިރާއި ގޮންޖެހުންތަކާ ނުރައްކާތައް އަބަދުވެސް އެކި މިންވަރަށް އެކި ސިފަސިފައިގައި އޮންނަ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް މުހައްމަދު ޝަފާއު ހަސަން ވިދާޅުވެއްޖެ އެވެ.

ރޭ އެމްއެމްސީއިން ބޭއްވި 2021 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަފާއު ވަނީ، މީޑިއާ ކައުންސިލްގެ މި ދައުރުގައި ކުރެވިފައިވާ މުހިންމު ކަންކަމަށް އަލި އަޅުވާލައްވާފައެވެ. އެގޮތުން އެގޮތުން 11 އަހަރު ފަހުން ނޫސްވެރިންގެ އަހްލާގީ މިންގަނޑު މުރާޖައާކޮށް މީޑިއާގެ އެންޑޯސްމެންޓާ އެކު އަމަލުކުރަން ފަށާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އަދި މީގެ އިތުރުން، ގައުމުން ފޮނުވައިގެންނާއި، ދާއިރާގެ އެންމެ ތަޖުރިބާ ހުރި މީހުންގެ އެހީގައި ގިނަ އަދަދެއްގެ ޒުވާނުން ނޫސްވެރިކަމަށް ނެރެދެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހަމައެހެންމެ، ރަޖިސްޓަރީކޮށް ހިންގާ ނޫސް މަޖައްލާތަކުގެ ދަފުތަރު އެކުލަވައިލުމުގެ އާ އުސޫލް މިދައުރުގެ ތެރޭގައި ތަރުތީބުކޮށްފައިވާ ކަމަށާ، ކުރިއަށް ހިނގާ ދުވަސްކޮޅުގެ ތެރޭގައި މީޑިއާ ދަފްތަރު އެކުލަވާލައި ނިމޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މިއާއެކު ޝަފާއު ވިދާޅުވީ، ދިވެހި ނޫސްވެރިންނަށް އޮތް ބިރާއި ގޮންޖެހުންތަކާ ނުރައްކާތައް އަބަދުވެސް އެކި މިންވަރަށް އެކި ސިފަސިފައިގައި އޮންނަ ކަމަށެވެ. އެގޮތުން މި ވަގުތު ވެސް މަސްދަރު ހާމަ ކުރަން މަޖުބޫރުކޮށް ޖަލަށްލެވޭ ގޮތަށް ހަދާފައިވާ ގާނޫނެއް އެބަ އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ނޫސްވެރިންނާއި ނޫސްވެރިކަމަށް ވަރަށް ބޮޑު ހުރަހަކާ ނުރައްކަލެއް ކުރިމަތި ވާނެ އިސްލާހެއް ގާނޫނުލްއުގޫބާތަށް ހުށަހަޅާފައި އެބަ އޮތް ކަމަށްވެސް ވިދާޅުވި އެވެ.

އެކަން އެހެން އޮއްވާ ވެސް ނޫސްވެރިކަމުގެ މާހައުލުގައި އޮތް ބިރުވެރިކަން ކުޑަ ކުރަން މަޖިލީހަށް ފޮނުވާފައިވާކަން ވެސް އޭނާ ފާހަަގަކުރެއްވި އެވެ.

"އެކަން އެހެން އޮއްވާ ވެސް މި ކައުންސިލުން ވާނީ ނޫސްވެރި ކަމުގެ މާހައުލުގައި އޮތް ބިރުވެރިކަން ކުޑަ ކުރަން، އަދި ޒަމާނާ ފައި ހަމަ ކުރަން 12 އަހަރު ފަހުން ކައުންސިލުގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް މަޖިލީހަށް ފޮނުވާފަ. އެކަން ވެސް އަޅުގަނޑުމެނަށް ވާނެ. އަދި ނޫސްވެރިކަން ވަށައި ބައްދާލަން ނަގާ ވިލާގަނޑު ވެސް އެއްލާލެވޭނެ." ޝަފާއު ވިދާޅުވި އެވެ. 

ޝަފާއު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިކަން "ވަޑިފަތިވެފައި" އޮތްގޮތް އަދި ރާއްޖޭގެ މީޑިއާގެ މާލީ މިނިވަންކަމުގެ ސިފަ އޮތް ހާލަތު އެންމެނަށް އެނގޭ ކަމަށާއި އެކަން ވަޒަންކޮށް ފަރުވާ ހޯދުން މުހިންމު ކަމަށެވެ.

އެގޮތުން، މީޑިއާ ކައުންސިލުން ފުރަތަމަ ފަހަރަށް ރާއްޖޭގެ މީޑިއާތަކާއި ގުޅޭ ބޭސްލައިން ސްޓަޑީއެއް ފުރިހަމަ ކުރަމުންދާ ކަމަށާ، އަދި މީޑިއާ އަށް ހިތްވަރު ދިނުމަށް މީޑި ގްރާންޓް ސްކީމެއް މިހާރު ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.