ސަޕޯޓަރުން އުނގޫފާރު ހޮސްޕިޓަލުގެ ބޭރުގައި---ފޮޓޯ: ވޮއިސް
ހަބަރު
13 Nov 2022 | 20:21
ސަޕޯޓަރުން ތަޅާފޮޅުމަކަށް، އަނިޔާތަކާއެކު 12 މީހުން އެޑްމިޓްކޮށް ފަރުވާ ދެނީ!

ރ އަތޮޅު ފުޓްސެލް ފިއެސްޓާ ފައިނަލް މެޗު ހޫނުވެ އެ މެޗުގައި ވާދަކުރި ދުވާފަރާއި އިނގުރައިދޫގެ ސަޕޯޓަރުންގެ މެދުގައި ހަމަނުހެޖުން ބޮޑުވެ ތަޅައިގެންފިއެވެ. 

އެ ހަމަނުޖެހުމާއި ގުޅިގެން ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން އަނިޔާލިބުނު 12 މީހުންނަށް އުނގޫފާރު ހޮސްޕިޓަލުގައި ވަނީ ފަރުވާދޭން ފަށާފައެވެ. 

ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ބޮޑުވާން މެދުވެރިވި ސަބަބާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އިނގުރައިދޫ ކައުންސިލްގެ ނައިބުރައީސް ފާތުމަތު އިޝްމާ ވިދާޅުވީ މަޝްރަހު ގޯސްވީ ދުވާފަރު ސަޕޯޓަރަކު އެއްލި ފުޅިއަކުން އިނގުރައިދޫ ސަޕޯޓަރެއްގެ(އަންހެނެއް) ބޮލުގައި ޖެހި އޭނާގެ ބޯ ފަޅައިގެން ދިޔަ ހިސާބުންކަމަށެވެ. 

"ހޫނުވީ ދުވާފަރަށް ލަނޑެއް ޖެހުމުން، އެއައި ފޯރީގައި ވެލި އަޅާފައި އޮތް ފުޅިއެއް އެއްލީ. އެ ފުޅި ޖެހުނީ އިނގުރައިދޫ ޓީމުގެ އަންހެން ސަޕޯޓަރެއްގެ ބޮލުގައި، ޖެހި ބޯ ފަޅައިގެން ދިޔައީ"

އިނގުރައިދޫ ކައުންސިލްގެ ނައިބުރައީސް ފާތުމަތު އިޝްމާ

އެފަހުން، ސަޕޯޓަރުން ގަލާއި ލަކުޑި ބުރިއާއި، ދަނގަޑާއި އުކަމުން ދިޔަކަމާއި، އެގޮތަށް އަމަލުކުރަމުން ދިޔައީ އެތަނުގައި ތިބި ކުޑަކުދިންނަށްވެސް ބެލުމެއް ނެތިކަމަށް އޭނާ ވިދާޅުވިއެވެ. 

އެޑްމިޓްކޮށްފައިވާ ކުޑަ ކުއްޖެއް

އިޝްމާ ވިދާޅުވީ މަޝްރަހު ހޫނުވެދާނެތީ، އެ ސަރަހައްދުގެ ސެކިއުރީ ކަންކަން ބެލެހެއްޓުމަށް ދުރާލާ ފުލުހުންނަށް އަންގާފައިވާކަމަށެވެ. އެހެން ނަމަވެސް އެ މެޗުގެ ސެކިއުރީ ބެލެހެއްޓުމަށް އެކަށީގެންވާ ވަރަށް އެ އިންތިޒާމުތައް ހަމަޖައްސާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. 

އެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ އިނގުރައިދޫ ސަޕޯޓަރުންނަށް ކަމަށާއި، އެގޮތުން ކުޑަ ކުދިންނާއި އަންހެނުން ހިމެނޭހެން 12 މީހުން މިވަގުތު ފަރުވާދެމުން ދާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. 

ސަޕޯޓަރުންގެ ފަރާތުން ލިބުނު ގެއްލުމަށް ފަރުވާ ހޯދުމަށް 3 ކުޑަ ކުދިން ވަނީ އެޑްމިޓްކޮށްފަ. އޭގެ އިތުރުން މާބަނޑު އަންހެނަކަށްވެސް ވަނީ ފަރުވާ ދޭން ފަށާފަ

އިނގުރައިދޫ ކައުންސިލްގެ ނައިބުރައީސް ފާތުމަތު އިޝްމާ

އިޝްމާ ވިދާޅުވީ މިއަދު ފެނިގެން ދިޔައީ ވަރަށް ނާތަހުޒީބު އަމަލުތަކެއްކަމަށެވެ. އަތޮޅު ކައުންސިލުން އެކަށިގެންވާ ގޮތަށް ސެކިއުރިޓީގެ ކަންކަން އިންތިޒާމު ކޮށްފައި ނުވާއިރު، އިނގުރައިދޫގެ ރައްޔިތުންނަށް ލިބިގެން ދިޔައީ ވަރަށް ބޮޑު ގެއްލުމެއްކަމަށް އޭނާ ވިދާޅުވިއެވެ. 

މިއަދު ފެނިގެން ދިޔަ މަންޒަރުތަކަކީ ކުޅިވަރުގެ ރޫހާއިވެސް ޚިލާފު އަމަލުތަކެއްކަމަށާއި، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް މިޔަށްވުރެ ފުރިހަމައަށް އިންތިޒާމުތައް ހަމަޖައްސަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ާާާާއާމިނަތު
އެއީ ހުސް ދޮގު އެންމެ ފުރަތަމަ ފުޅި އުކީ އިގުރާދޫ މީހުންތައް ދުވާފަރު މީހުން ގޯލް ޖެހީމާ އެކަމާ ހަޖަމް ނުވެގެން
14 Nov 2022
ދޮގު ބުހުތާނު
ދުވާފަރުން ގޯލެއް ޖެހިތަނާ އިނގުރައިދޫ މީހުން ފާޑެއްގެ ކުލަބޮމެއް ގޮއްވާލީމަ އެތާ ކައިރީ ތިބި ދުވާފަރު ސަޕޯޓަރުން ނޭވާ ހާސްވެގެން އެކަމާ ރުޅި އައިސް ހިނގި ކަމެއް ވިއްޔާ ހިނގީ
30 Jan 2025
ގުޅޭ ލިޔުންތައް
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.