ސަޕޯޓަރުން އުނގޫފާރު ހޮސްޕިޓަލުގެ ބޭރުގައި---ފޮޓޯ: ވޮއިސް
ހަބަރު
14 Nov 2022 | 10:25
ރ. ފުޓްސަލްގެ ހަމަނުޖެހުން؛ ޖުމުލަ 16 މީހުންނަށް ފަރުވާ ދިފައިވޭ: ފުލުހުން

އިއްޔެ ހަވީރު ރ. އިނގުރައިދޫގައި ކުޅުނު ރ އަތޮޅު ފުޓްސެލް ފިއެސްޓާ ފައިނަލް މެޗު ހޫނުވެ އެ މެޗުގައި ވާދަކުރި ދުވާފަރާއި އިނގުރައިދޫގެ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޖުމުލަ 16 މީހަކަށް ފަރުވާދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. 

ފުލުހުން މިއަދު ބުނީ، އިއްޔެގެ ހަމަނުޖެހުުމުގައި ޖިސްމާނީ އަނިޔާތައް ވެގެން 14 އަހަރުގެ ފިރިހެން ކުއްޖަކާއި 39 އަހަރުގެ އަންހެނަކަށް ފަރުވާ ދީފައިވާ ކަމަށެވެ. 

އަދި 18 އަރުން ދަށާއި އެއަށްވުރެ ދޮށީ މީހުން ހިމެނޭ ގޮތަށް އިތުރު 14 މީހަށް ފަރުވާން ދޭން ޖެހުނު ކަމަށާ، އެމީހުންނަށް ފަރުވާ ދޭންޖެހުނީ ހަމަނުޖެހުމުގެ ސަބަބުން ވަރަށް ބޮޑަށް ބިރުގަނެ ބޮލަށް އެނބުރުން އެރުން ފަދަ ކަންކަން ދިމާވެގެން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. 

މީގެ އިތުރުން، އިއްޔެގެ އެ ހަމަނުޖެހުންތަކާ ގުޅޭ މައްސަލަ ބަލައި ތަހުގީގު ކުރަމުން ދިޔަ ނަމަވެސް މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުސް އިދާރާއިން ބުންޏެވެ.

ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ބޮޑުވާން މެދުވެރިވި ސަބަބާއި ގުޅޭގޮތުން "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން އިނގުރައިދޫ ކައުންސިލްގެ ނައިބުރައީސް ފާތުމަތު އިޝްމާ ވިދާޅުވީ މަޝްރަހު ގޯސްވީ ދުވާފަރު ސަޕޯޓަރަކު އެއްލި ފުޅިއަކުން އިނގުރައިދޫ ސަޕޯޓަރެއްގެ(އަންހެނެއް) ބޮލުގައި ޖެހި އޭނާގެ ބޯ ފަޅައިގެން ދިޔަ ހިސާބުންކަމަށެވެ. 

"ހޫނުވީ ދުވާފަރަށް ލަނޑެއް ޖެހުމުން، އެއައި ފޯރީގައި ވެލި އަޅާފައި އޮތް ފުޅިއެއް އެއްލީ. އެ ފުޅި ޖެހުނީ އިނގުރައިދޫ ޓީމުގެ އަންހެން ސަޕޯޓަރެއްގެ ބޮލުގައި، ޖެހި ބޯ ފަޅައިގެން ދިޔައީ" އިނގުރައިދޫ ކައުންސިލްގެ ނައިބުރައީސް ފާތުމަތު އިޝްމާ ވިދާޅުވިއެވެ. 

އެފަހުން، ސަޕޯޓަރުން ގަލާއި ލަކުޑި ބުރިއާއި، ދަނގަޑާއި އުކަމުން ދިޔަކަމާއި، އެގޮތަށް އަމަލުކުރަމުން ދިޔައީ އެތަނުގައި ތިބި ކުޑަކުދިންނަށްވެސް ބެލުމެއް ނެތިކަމަށް އޭނާ ވިދާޅުވިއެވެ. 

އިޝްމާ ވިދާޅުވީ މަޝްރަހު ހޫނުވެދާނެތީ، އެ ސަރަހައްދުގެ ސެކިއުރީ ކަންކަން ބެލެހެއްޓުމަށް ދުރާލާ ފުލުހުންނަށް އަންގާފައިވާކަމަށެވެ. އެހެން ނަމަވެސް އެ މެޗުގެ ސެކިއުރީ ބެލެހެއްޓުމަށް އެކަށީގެންވާ ވަރަށް އެ އިންތިޒާމުތައް ހަމަޖައްސާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ޢަލީ
މަޝްރަހު ގޯސްވާނެކަމަށް ފެންނަންޏާ ދުރާލާ މެޗް ދެންފަހަރަކުން ކެންސަލް ކުރާނީ. ފުލުހުން ގެނެސްގެން ކުރަންޖެހޭ ކަމެއް ނޫން މިކުޑަ ގައުމުގެ އެތެރޭގެ ފުޓް ބޯޅައަކީ.
14 Nov 2022
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.