ރޮޒައިނާގެ އާދަމް އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
ހަބަރު
15 Nov 2022 | 10:55
ރޮޒެއިނާ އަށް އަނިޔާ ކުރަން ގޮވާލާ މައްސަލަ ކުށްވެރިކޮށް އެމްޑީޕީގެ ބަޔާނެއް

އަންހެނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރުއަށް އިންޒާރުދީ އޭނާއަށް އަނިޔާދިނުމަށް ބައެއްފަރާތްތަކުން ގޮވާލަމުންދާ ކަމަށް ބުނެ، އެ މައްސަލަ ކުށްވެރިކޮށް އެމްޑީޕީން ބަޔާނެއް ނެރެފިއެވެ. 

އެމްޑީޕީން ރޭ ނެރުނު ބަޔާނުގައި ބުނީ، ރޮޒައިނާ އަށް އިންޒާރުދީ އޭނާއަށް އަނިޔާދިނުމަށް ބައެއްފަރާތްތަކުން ގޮވާލަމުންދާތީ އެކަމާ އެ ޕާޓީން ނިހާޔަތަށް ކަންބޮޑުވާ ކަމަށެވެ.

އަދި ސިޔާސީ ވާދަވެރިކަމުގެތެރެއިން އުފެދޭ ހިޔާލުތަފާތުވުންތަކުގައި އެކަކު އަނެކަނާ އިޚްތިރާމާއެކު މުޢާމަލާތްކުރުމަށާއި، އެވާދަވެރިކަމުގެތެރެއިން އަނެކާ ނުރައްކަލަށް ކުރިމަތިވާގޮތަށް އެއްވެސް ފަރާތަކުން މުޢާމަލާތްނުކުރުމަށް އިލްތިމާސް ކޮށް އެ ބަޔާނުގައި ވަނީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެހެންމީހަކަށް އަނިޔާވެރިވުމަށް ގޮވާލާ މިންވަރަށް ފުޅާކޮށް އޮތް މިނިވަންކަމެއް ނޫންކަމަށް ހަނދާން ކޮށްދީފައެވެ. 

"މިޕާޓީއަކީ އެއްވެސް މީހަކަށް އަނިޔާވެރިވުމަށް ގޮވާލައި، ޖިނާއި ކުށަކަށް އަރައިގަތުމަށް ހިތްވަރުދޭ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއްނޫނެވެ. އަދި، ޤާނޫނުއަސާސީއިން ލިބިފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށް ޤާނޫނީ އިމުގެ ތެރެއިންކަން މިޕާޓީން އަބަދުވެސް ޤަބޫލުކުރާނެއެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

މި އާއެކު އެ ބަޔާނުގައި ބުނީ، އަންހެނުން ސިޔާސީ ހަރަކާތަށް ނެރި، ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުޞަތު ފަހިކޮށްދިނުމަކީ އެޕާޓީގެ މައިގަނޑު އަސާސްތަކުގެތެރޭގައި ހިމެނޭކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހަތަރު އަންހެން މެންބަރުންގެ ތެރެއިން އެއް މެންބަރަކަށް ފާޅުގައި އަނިޔާވެރިވުމަށް ގޮވާލުމަކީ އެޕާޓީއިން ހަރުހައަޑުން ކުށްވެރިކުރާކަމެއް ކަމަށާ، އަދި މިއީ އަންހެނުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް ހުރަސްއެޅިގެން ދާނެކަމެއްކަމަށްވެސް އެ ޕާޓީން ދެކޭ ކަމަށް ބުނެފައިވެއެވެ. 

މީގެ އިތުރުން އެ ބަޔާނުގައ ވަނީ ރޮޒައިނާއަށް އިންޒާރުދީ އޭނާއަށް އަނިޔާދިނުމަށް ބައެއްފަރާތްތަކުން ގޮވާލަމުންދާ މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ތަޙްޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ