މިއަދުގެ މީޑިއާ ބްރީފިންގައި ސީޕީ ހަމީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު
ހަބަރު
16 Nov 2022 | 13:54
ބިދޭސީއެއްގެ ނަމުގައި އެވަރެޖްކޮށް 5،000 ސިމް ނަގާފައި އެބަހުރި!

ބިދޭސީއެއްގެ ނަމުގައި އެވަރެޖްކޮށް ރާއްޖޭގައި 5،000 ސިމް ކާޑު ނަގާފައި އެބަހުރި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީއާއި ފުލުހުން އަދި ކަރެކްޝަނަލް ސާރވިސް ގުޅިގެން، ހޯމް ސެކްޓަރގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ، ސްކޭމް ކޯލުތަކާއި ފްރޯޑާއި ގުޅޭ ގިނަ ކުށްތައް ކުރަމުންދަނީ ފޯނު މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ކަމަށެވެ. އަދި އެފަދަ ކުށްތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވި ގިނަ މައުލޫމާތު ތަކެއް ހޯދިފައިވާ ކަމަށްވެސް އޭނޭ ވިދާޅުވިއެވެ. 

އެގޮތުން، ތަހުގީގު ކުރުމުގެ ތެރެއިން އެނގުނު ގޮތުގައި ރާއްޖޭގައި ގަނެފައިވާ ސިމްކާޑުތަކުގެ ތެރެއިން އެންމެ ގިނަ ކާޑު ގަނެފައިވަނީ ބިދޭސީންގެ ނަމުގައި ކަމަށެވެ. އަދި ކޮންމެ ބިދޭސީއަކަށް އެވަރެޖްކޮށް5،000 ސިމް ނަގާފައިވާ ކަމަށާއި އެއީ ކުރިން ރާއްޖޭގައި އުޅެފައިވާ ބިދޭސީން ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

"ދިވެހިރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ސިމްކާޑު ބަަލައިގެންފައި ނުވަތަ ގަނެފައި ތިބި ފަރާތްތަކަށް ބަލާއިރުގައި އެންމެ ޓޮޕް 5 ގައި ތިބީ ބިދޭސީން. ދިވެހިރާއްޖޭގައި ނޫޅޭ ބިދޭސީން. ކޮންމެ މީހަކަށް އެވްރެޖްކޮށް 5،000 ސިމް ކާޑު،"

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

މިއާއެކު ސީޕީ ހަމީދު ވަނީ، އެފަދަ ސްކޭމް ކޯލިތައް ހުއްޓުވުމަށް ކުރެވުނު މަސައްކަތް ތަކުން ފިޔަވަޅު އެޅިފައިވާ ފަރާތްތަކާއި އެނޫންވެސް އެކަމާއި ގުޅޭ ތަފާސްހިސާބުތައް ހިއްސާ ކުރައްވާފައެވެ.

އެގޮތުން މިދިޔަ ހަތަރު އަހަރު ކުރެވުނު މަސައްކަތުގެ ތެރެއިން ސްކޭމް ކޯލްތައް ހުއްޓުވަން 3،130 ފިޔަވަޅު އަޅާފައިވާއިރު، 2،796 ސިމް ކާޑުތައް ފުލުހުން މެދުވެރިވެގެން ހިދުމަތް ކަނޑާލި ކަމަށާ، 817 މޮބައިލް ފޯނެއް ރާއްޖޭގެ އެއްވެސް ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑާއެއްގެ ތެރޭގައި ބޭނުން ނުކުރެވޭ ގޮތަށް ބްލޮކް ކުރުމުގެ އިތުރުން އަށް އައިޕީ އެޑްރެސް ބްލޮކް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގޭ ވަރަކުން މިދަނީ މި ކަންކަމަށް ފިޔަވަޅު އަޅަމުން. ޖަލުތެރެއަށް ވައްދައިގެން ބޭނުންކުރާ ފޯނުތައް މި ގެންދަނީ ބްލޮކް ކުރަން މަސައްކަތް ކުރަމުން. އެކަމާ ގުޅިގެން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އާއި އަދި ޓެލެކޮމިއުނިކޭޝަން ސާވިސަސް ޕްރޮވައިޑަރުންނާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން. އަދިވެސް އޭގައި އެ ބަހުރި ގޮންޖެހުންތަކެއް،" 

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު 

ހަމީދު އިތުރަށް ވިދާޅުވީ، ދިވެހިންގެ ޒާތީ މައުލޫމާތުތައް ރައްކާތެރި ނުކުރެވުމަކީ އަވަހަށް މައްސަލަ ހައްލު ކުރަން އޮތް ހުރަހެއް ކަމަށާ،  އެހެންވެ، މުވާސަލާތީ ހިދުމަތް ދޭ މީހުންނާއެކު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.