ވޯލްޑްކަޕް ކުޅޭ ސްޓޭޑިއަމްތަކުގެ ސަރަހައްދުގައި ރާ ވިއްކުން މަނާކޮށްފި

އަންނަ އާދިއްތަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް ކުޅޭ އަށް ސްޓޭޑިއަމްގައި ބަނގުރާ ވިއްކުން މަނާކޮށްފިއެވެ. 

މީގެ ކުރިން އުސޫލުތަކެއްގެ ތެރެއިން ގަތަރު ވޯލްޑް ކަޕް ސްޓޭޑިއަމްތަކުގައި ވެސް ބަނގުރާ (ބިޔަރު) ވިއްކަން އޮތީ ހުއްދަ ދޭ ގޮތަށެވެ. އެކަމަކު، ވޯލްޑް ކަޕް ފެށެން 48 ގަޑިއިރަށްވެފައި އޮއްވައި، ސްޓޭޑިއަމް ހިމެނޭ ސަރަހައްދުގައި ބަނގުރާ ވިއްކުން މަނާކޮށް ފީފާއިން ނެރެފައިވާ ބަޔާނެއްގައި ބުނީ، މިކަމުގައި ނިންމުމަކަށް އާދެވިފައިމިވަނީ މުބާރާތް ހޯސްޓްކުރާ ގައުމުކަމުގައިވާ ގަތަރާއެކު ކުރެވުނު މަޝްވަރާތަކަށްފަހުގައި ކަމަށެވެ.

ސްޓޭޑިއަމް ކައިރީގައި ޓެންޓް ޖަހައިގެން ސަޕޯޓަރުންނަށް ބަނގުރާ ގަނެވޭނެ އުސޫލުތަކެއްގެ ތެެރެއިން އަމަލުކުރަން ތައްޔާރުވަމުން އަންނަނިކޮށް، ފީފާ އާއި ގަތަރުގެ މި ނިންމުމާ އެކު އެ ޓެންޓްތައް ބޭނުންކުރާނީ އެހެން ކަންކަމުގަ އެވެ.

Advertisement

ސްޓޭޑިއަމްތައް ހިމެނޭ ސަރަހައްދުތަކުގައި ރާ ވިއްކުން މަނާކަމުގައި ކަނޑައެޅިނަމަވެސް ދަނޑުގައި ހުންނަ ވީއައިޕީ ބޮކްސްތަކުން ރާ ލިބޭނެ ކަމަށް ފީފާއިން ބުނެއެވެ. އަދި ރާ ނުހިމެނޭ ބިޔަރު ސްޓޭޑިއަމް ސަރަހައްދުގައި ވިއްކުމުގައި މައްސަލައެއްނެތްކަމުގައިވެސް ފީފާގެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

ކޮމެންޓް