ތަމްރީންގައި ބައިވެރިވާ އޮފިސަރުން--ފޮޓޯ: ކަސްޓަމްސް
ހަބަރު
19 Nov 2022 | 11:58
ކަސްޓަމްސްގެ 30 އޮފިސަރަކު ތަމްރީނު ހޯދަން އިންޑިއާއަށް

"ޑުރަގް ލޯ އެންފޯސްމެންޓް" އާއި ބެހޭ ގޮތުން އިންޑިއާގައި ހިންގާ ފަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއްގައި ރާއްޖޭގެ ކަސްޓަމްސްގެ 30 އޮފިސަރަކު ބައިވެރިވުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި މިދިއަ ބުރާސްފަތި ދުވަހު އޮތް ރަސްމިއްޔާތަށް ފަހު ނޮވެމްބަރު 21 އިން 25 އަށް އިންޑއާގެ ނޭޝަނަލް އެކަޑަމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސް އެންޑް ނާކޮޓިކްސް (އެންއޭސީއައިއެން)، ފަރީދާބާދަށް ރާއްޖޭގެ ބައިވެރިން ތަމްރީނު ހަދަން ޒިޔާރަ ތްކުރާނެ އެވެ.

އެ ޕްރޮގްރާމްގައި ހިމެނެނީ:

- އިންޓަނޭޝަނަލް ޑްރަގް ކޮންޓްރޯލް
- ފްރޭމްވޯކް އެންޑް ޔޫއެން ކޮންވެންޝަންސް
- ޓައިޕްސް އެންޑް ކްލަސިފިކޭޝަން އޮފް ޑްރަގްސް
- ކަލެކްޝަން އެންޑް ސްޕެޝަލް އިންވެސްޓިގޭޝަން ޓެކްނިކްސް
- ފައިނޭންޝަލް އިންވެސްޓިގޭޝަން އެންޑް މަނީ ލޯންޑަރިންގ
-އިން ކޮންޓެކްސްޓް އޮފް އިލްގަލް ނާރކޯ-ޓްރޭޑް
- ކްރިޕްޓޯ-ކަރަންސީ: ނިއު ޑައިމަންޝަންސް އިން ޑްރަގް ޓްރެފިކިން އެންޑް ޔޫސް އޮފް އިންޓަނެޓް އިން ޑްރަގް ޓްރެފިކިން
- އައިޑެންޓިފިކޭޝަން އޮފް ޑްރަގްސް

ދިވެހި ބައިވެރިން ފުރުވާލުމުގެ ކުރީން ބޭއްވި އިފްތިތާހީ ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ޕޫޖާ ޓިއްލޫ ބައިވެރިވެވަޑައިގެން އިންޑިއާއިން ރާއްޖޭގެ ތަރައްގީއަށް އެހީތެެރި ވެދޭއިރު މުހިންމު ސެގްމަންޓެއްގެ ގޮތުގައި ހިމަނާފައިވާ ކެޕޭސިޓީ ބިލްޑިން ގެ މައްޗަށް އެކަމަނާ ވަނީ އަލި އަޅުވާލައްވާފަ އެވެ.

ކަސްޓަމްސް ކެޕޭސިޓީ ބިލްޑިންއާ ބެހޭ އެމްއޯޔޫއެއްގައި ރާއްޖެ އާއި އިންޑިއާ އިން ސޮއިކުރީ 2019 ވަނަ އަހަރުގެ ޖޫން މަހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.