މިނިސްޓަރ ނަހުލާ
ހަބަރު
19 Nov 2022 | 12:04
ހަމަލާ ކުށްވެރިކުރަން، ކޮރަމްޝަނަށް ފިޔަވަޅުއަޅާނަން: ނަހުލާ

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް ގްރޫޕަކުން ރޭ ދިން ހަމަލާ މިނިސްޓަރ ނަހުލާ ކުށްވެރިކުރައްވައިފިއެވެ.

ސިމާޒްއަށް ދެވުނު ހަމަލާއާއި މިނިސްޓަރ ނަހުލާއާއި ގުޅުވައި ފަތުރާވާހަކަތައް ދޮގުކުރައްވައި އެކަމަނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، 

ޝިމާޒަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. ނަމަވެސް "މައްސަލަތައް ބަލަމުންދާ ދަނޑިވަޅުގައި މިކަމަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަން މަސައްކަތްކޮށް، މިކަމުގެ ތެރޭގައި އަޅުގަނޑުގެ އާއިލާ އަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކަކީ އަބުރު ކަތިލުމުގެ ހުތުރު އަމަލުތަކެއް" ކަމަށް ނަހުލާ ވިދާޅުވި އެވެ.

"ކޮރަޕްޝަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް ފަސްޖެހުމެއްނެތި ކުރާނެ ވާހަކަ ދަންނަވަން،" 

މިނިސްޓަރ ނަހުލާ

ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންތައް ތިލަވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ މި ދަނޑިވަޅުގައި މިނިސްޓަރ ނަހުލާ ވަނީ ޑެޕިއުޓީ މިނިސްޓަރ ގެ ކޮރަޕްޝަންގެ މައްސަލަތަކެއް ރައީސް އޮފީހަށް ހުށަހަޅާފައެވެ.

ޝިމާޒާ ގުޅޭ ޝަކުވާތަކެއް ނަހުލާ ހުށަހެޅުއްވިކަން ރައީސް އޮފީހުން ވަނީ މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަށަވަރުކޮށްދީފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރުގެ ނާއިބު ޝިމާޒް އަލީ (ކ) އަދި މިނިސްޓަރު އައިޝަތު ނަހުލާ

ޝިމާޒުގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތަހުގީގުކޮށް، އޭނާ އެކު، ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީގެ ހަ މެމްބަރުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްއަށް މިދިޔަ އަހަރު ފޮނުވި އެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތިގެން އެ މައްސަލަ ކޯޓަށް ފޮނުވާފައެއް ނުވެ އެވެ.   

ސިމާޒަކީ ސަރުކާރު ކޯލިޝަން ޕާޓީއެއްކަމުގައިވާ އެމްއާރއެމްގެ ސްލޮޓެއްގައި ސްޓޭޓް މިނިސްޓަރކަން އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިހަލާއާއި ގުޅިގެން އެމްއާރުއެމްއިން ވަނީ، މިކަމުގައި އަވަސް ތަހުގީގެއް ހިންގައި ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.

ކޮމެންޓް
އަމާން
ދެންވެސް މާފަށް އެދިބަލަ.
19 Nov 2022
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.