ބެންޒެމާގެ---އޭއެފްޕީ
ކުޅިވަރު
20 Nov 2022 | 14:17
ބެންޒެމާގެ ވަކިވުމާއެކު ފްރާންސް ސަޕޯޓަރުން ރޮއްވާލައިފި

ގަތަރުގައި މިއަދު ފަށާ ވޯލްޑް ކަޕްގައި ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވޯލްޑް ކަޕަށް އަލްވަދާއުކިޔަން ޖެހިއްޖެއެވެ.

ރެއާލް މެޑްރިޑާއި، ޗެމްޕިއަންސް ލީގާއި، ލަލީގާ ކާމިޔާބުކޮށްދިން ބެންޒެމާ ވަނީ 2022 ވަނަ އަހަރު ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދިން ބެލޮން ޑިއޯ ކާމިޔާބުކޮށްފައެވެ.

ބެންޒެމާގެ ވާތު ފައިގެ ފަލަމަސްގަނޑަށް އަނިޔާވީ އިއްޔެ އޮތް ޕްރެކްޓިހުގަ އެވެ.

ފްރާންސްގެ ޤައުމީ ޓީމުން ނެރުނު ބަޔާނުގައި، ކަރީމްގެ ހިތާމައިގައި މުޅި ޓީމުން ވެސް ބައިވެރިވާ ކަމަށާއި އޭނާއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

ފްރާންސް ފުޓްބޯލް ފެޑެރޭޝަނުން ބުނީ އެމްއާރުއައި ސްކޭނަކުން ކަނދުރާގެ މަސްތަކަށް އަނިޔާވެފައިވާކަން ކަށަވަރުވެފައިވާ ކަމަށާއި އެކަމަށް ތިން ހަފުތާގެ ރިކަވަރީ ޕީރިއަޑެއް ބޭނުންވާނެ ކަމަށެވެ.ފްރާންސް ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ އޭނާގެ އަނިޔާ އިން ސަލާމަތްވާން ތިން ހަފުތާ ނަގާނެ ކަމަށެވެ.

ގްރޫޕް ޑީގައި ފްރާންސް ފުރަތަމަ ބައްދަލުކުރަން އޮތީ ނޮވެމްބަރު 22 ގައި އޮސްޓްރޭލިއާއާ ދެކޮޅަށް، ދެވަނަ މެޗުގައި ނޮވެމްބަރު 26 ގައި ޑެންމާކާއި ދެކޮޅަަށް ކުޅޭއިރު، ތިންވަނަ މެޗު ނޮވެމްބަރު 30 ގައި ޓިއުނީޝިއާއާ ދެކޮޅަށެވެ.

ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަށް ބަދަލު ކުޅުންތެރިއަކު ގެނައުމަށް ހޯމަ ދުވަހާ ހަމައަށް އޮތް އިރު، ފްރާންސަށް ކުޅުނު 97 މެޗުގައި 37 ލަނޑު ޖަހާފައިވާ އުމުރުން 34 އަހަރުގެ ބެންޒެމާއަށް ލިބުނު އަނިޔާއަކީ ވޯލްޑް ކަޕް ގެ ދެތަށި ކާމިޔާބުކޮށްފައިވާ ފްރާސްއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ.

އަނިޔާގެ ސަބަބުން މިޑްފީލްޑަރު ޕައުލް ޕޮގްބާ އާއި އެންގޯލޯ ކާންޓޭ ނެތް އިރު، މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ރަފައެލް ވަރާން ވަނީ ފާއިތުވި ފަސް ކްލަބް މެޗު ގެއްލުމުން ކުޅުމަށް ފިޓްވާން މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ