ކްރިސްޓިއާނޯ ރޮނާލްޑޯ--ފޮޓޯ: ރޮއިޓާސް
ކުޅިވަރު
20 Nov 2022 | 15:02
ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޤަތަރުގައި ފަރިތަކުރުންތައް ފަށައިފި

ގަތަރު ވޯލްޑް ކަޕްގެ ފުރަތަމަ ޕްރެކްޓިހުގައި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ބައިވެރިވެއްޖެއެވެ.

ޕޯޗުގަލް ފުރަތަމަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ގާނާއާދެކޮޅަށެވެ. ޕޯޗުގަލް ހިމެނެނީ ގާނާ، އުރުގުއޭ އަދި ކޮރެއާ ހިމެނޭ ގްރޫޕް އެޗްގައެވެ. 

މުބާރާތް ބާއްވާ ޤަތަރަށް ޖެއްސިތާ އެއް ދުވަސް ފަހުން ހޮނިހިރު ދުވަހު ރޮނާލްޑޯ ޕޯޗުގަލްއާއެކު ޕްރެކްޓިސް ފެށިއިރު، މިއީ ދޯހާއަށް އައުމަށް ފަހު އެ ޓީމުން ބޭއްވި ފުރަތަމަ ކޮލެކްޓިވް ޓްރެއިނިން ސެޝަނެވެ.

ޕޯޗުގަލް ބުރާސްފަތި ދުވަހު ނުކުންނާނީ ގާނާއާ ދެކޮޅަށެވެ. އަދި ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އުރުގުއޭއާ ދެކޮޅަށް ކުޅޭއިރު  ޑިސެމްބަރު 2 ވަނަ ދުވަހު ދެކުނު ކޮރެއާއާ ދެކޮޅަށް ޕޯޗުގަލް ކުޅޭނެއެވެ. 

ކްރިސްޓިއާނޯ ރޮނާލްޑޯ ފަސްވަނަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރާއިރު، މިއީ ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯގެ އެންމެ ފަހު ވޯލްޑް ކަޕަށް ވެދާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ