މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ގެޓީ އިމޭޖަސް
ކުޅިވަރު
20 Nov 2022 | 20:22
ކުލަގަދަ ރަސްމިއްޔާތަކާއެކު ގަތަރު ވޯލްޑް ކަޕް ފަށައިފި

ކުލަގަދަ ގިނަ ހަރަކާތްތަކާއެކު ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ އީދު ކަމަށްވާ ފީފާ ވޯލްޑް ކަޕް 2022 ގަތަރުގައި ފަށައިފި އެވެ. 

އަރަބި ބައްރުގައި ފުރަތަމަ ފަހަރަށް ބޭއްވޭ ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ގަތަރުގެ އަމީރު ތަމިމް ބިން ހަމަދު އަލް ސާނީ އެވެ. މީގެއިތުރުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އެ ގައުމުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. 

މުބާރާތުގެ ބިޑު 2010 ވަނަ އަހަރު ގަތަރު ކާމިޔާބުކުރުމާއެކު އެ ގައުމުން ވަނީ މުބާރާތަށް ތައްޔާރުވާން ފަށާފައެވެ. އެގޮތުން މުބާރާތަށް ހާއްސަކޮށް ޖުުުމްލަ ހަތް ސްޓޭޑިއަމް އެ ގައުމުން ވަނީ މުބާރާތައް ތައްޔާރުކޮށްފައެވެ. 

ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ގަތަރު ވޯލްޑްކަޕް 2022 ގެ ރަސްމީ މެސްކޮޓް، ލަބީބްވެސް ދައްކާލައިފާއިރު މަޝްހޫރު އެކްޓަރ މޯގަން ފްރީމަން ވެސް މި ރަސްމިއްޔާތުގެ ތެރެއިން ބައިވެރިވިއެވެ. މީގެއިތުރުން ކުރީގެ ވޯލްޑް ކަޕުތަކުގައި ބޭނުންކުރި މެސްކޮޓުތަކާ ލަވަތައް މި ރަސްމިއްޔާތުގެ ތެރެއިން ހުށައަޅާދީފައިވެއެވެ. އަދި ބީޓީއެސް ގެ ލަވައެއް ވެސް ފެނިގެންދިޔަ އެވެ.

މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ގެޓީ އިމޭޖަސް

ގަތަރުގެ އަމީރު ދެއްކެވި ވާހަކަފުޅުގައި ވަނީ މުބާރާތް ކާމިޔާބުކަމާއެކު ބޭއްވުމަށް މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ވޯލްޑް ކަޕު ވެގެންދާނީ ގަތަރުގެ ތާޜީހުގައި ރަން އަކުރުން ފަވާލެވިގެންދާނެ މުބާރާތެއްގެ ގޮތުގައި އަމީރު ފާހަގަކުރެއްވި އެވެ. 

މި ފަހަރުގެ މުބާރާތުގައިވެސް 32 ޓީމު ވާދަކުރާއިރު 64 މެޗު ކުޅެވިގެންދާނެއެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ފްރާންސްއެވެ. އަދި އެންމެ ކާމިޔާބު ޓީމަކީ ފަސް ފަހަރު މި މުބާރާތް ކާމިޔާބުކުރި ބްރެޒިލްއެވެ. މި ދެ ޓީމުވެސް މި މުބާރާތުގައި ފެނިގެންދާނެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު ގަތަރާއި އެމެރިކާ ބައްރުގެ ގައުމު ކަމަށްވާ އެކުއެޑޯ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.