އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ-- ފޮޓޯ: މަޖިލިސް
ހަބަރު
21 Nov 2022 | 11:53
ހޯރަފުށީ ޖިންސީ ގޯނާގެ މައްސަލާގައި ޓީޗަރު ވަނީ ސަސްޕެންޑްކޮށްފައި: މިނިސްޓްރީ

ހޯރަފުށީގައި ހުންނަ ހއ. އަތޮޅު މަދަރުސާގެ ޓީޗަރަކު އެ ސުކޫލުގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ޓީޗަރު ސަސްޕެންޑް ކޮށްފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނީ، ހއ. އަތޮޅު މަދަރުސާގެ ޓީޗަރަކު އެސުކޫލުގައި ކިޔަވަމުންދާ އަންހެން ދަރިވަރަކަށް ޖިންސީގޯނާ ކުރިކަމުގެ މައްސަލައެއް މިނިސްޓްރީއަށް ރިޕޯޓް ކުރެވިފައިވާ ކަމަށެވެ. އަދި އެއީ ދިވެހި ނަސްލުގެ ޓީޗަރެއް ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ. 

މިނިސްޓްރީން ބުނީ، އެ މައްސަލަ މިނިސްޓްރީއަށް ރިޕޯޓް ކުރެވުމާއި އެކު ހަމައެވަގުތުން ޓީޗަރު ދަރިވަރުންނާ އެކަހެރިކޮށް މައްސަލައިގެ ތަހުޤީގަށް ޓީޗަރު ސަސްޕެންޑުކުރެވިފައިވާ ކަމަށެވެ. އަދި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. 

މި މައްސަލަ އާއި ގުޅިގެން މިމަހު 16 ވަނަ ދުވަހު ފުލުހުން ބުނީ، އުތުރުގެ -- ހއ، ހދ، ށ -- ރަށެއްގައި އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށާއި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހު 15 ވަނަ ދުވަހު ހުށައަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން 49 އަހަރުގެ މީހަކު ވަނީ ހައްޔަރު ކޮށްފައިވާ ކަމަށާ ކޯޓް އަމުރެއްގެ ދަށުން އެ މީހާ ހައްޔަރު ކުރީވެސް އެ ދުވަހު ވަގުތެއްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެއީ އެއީ ދިވެހި ފިރިހެނެއް ކަމަށާ އޭނާ ނިސްބަތް ވަނީވެސް އެ ކުދީން ހިމެނޭ ރަށަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.