ގަތަރު ވޯލްޑްކަޕުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކުޅިވަރު
21 Nov 2022 | 14:59
ގަތަރު ވޯލްޑްކަޕުގެ އަގު ވައްޓާލަން ހުޅަނގުގެ މީޑިއާތަކެއް ފޫގަޅައިފި

ގަތަރަކީ ވޯލްޑްކަޕް ބާއްވަން އެންމެ އެކަށީގެންނުވާ ތަން ކަމަށް ބުނެ ހުޅަނގުގެ ބޮޑެތި މީޑިއާތަކުން މުބާރާތުގެ އަގު ވައްޓާލުމަށް ފޫގަޅައިފިއެވެ.

މުބާރާތާ ގުޅޭގޮތުން އެ މީޑިއާތަކުން ވަނީ ގަތަރުން އެއް ޖިންސުން ގުޅުން ހިންގުމާ ދެކޮޅަށާއި ދަނޑު އެތެރޭގައި ބަނގުރާ ބޭނުން ނުކުރެވޭނެކަމަށް އަންގާފައެވެ.

މިކަން ބޮޑުވެ ހުޅަނގުގެ މީޑިއާތަކުން ނުރުހުން ފާޅުކުރުމާ ގުޅިގެން ފީފާގެ ރައީސް އިންފަންޓީނޯ ވަނީ ފާޅުކަންބޮޑު ގޮތެެއްގައި މުޅި ޔޫރަޕަށް ބަހުގެ ހަމަލާ އަމާޒުކޮށްފައެވެ. އަދި އެ އުސޫލުތަކަކީ ކުރީގެ ވޯލްޑްކަޕް ތަކުގައިވެސް ބޭނުންކުރި އުސޫލު ކަމަށާއި ވަކި ބަދަލެއް އެކަމަށް ނާންނަ ކަމަށެވެ.

އޭގެ ފަހުން މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ވެސް ހުޅަނގުގެ ބައެއް މީޑިއާތަކުން ލައިވް ނުކުރެއެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވަނީ އެ މީޑިއާތަކަށް އަމާޒުވެފައެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި ގުރުއާނުގެ އާޔަތްތަކެއް ހިމަނާފައިވެއެވެ. އަދި އެމެރިކާގެ ނުފޫޒުގަދަ އެކްޓަރ މޯގަން ފްރީމަން ވެސް ބައިވެރިވިއެވެ. އެ ރަސްމިއްޔާތަށް ފަހު ހުޅަނގުގެ މީޑިއާތަކުން ސިފަކުރީ އެއީ މުބާރާތުގެ ތާރީހުގައި ވެސް ފެނުނު އެންމެ ފެންވަރު ދަށް ރަސްމިއްޔާތު ކަމަށް ބުނެފައެވެ. ނަމަވެސް މަންޒަރު ފެންނަނީ ދިމާ އިދިކޮޅަށެވެ. މުޅި ސޯޝަލް މީޑިއާ ވަނީ ގަތަރަށް ތައުރީފުގެ ބަސްތަކުން އޮއްސާލާފައެވެ.

އަދި ފުރަތަމަ މެޗުން ގަތަރު ބަލިވުމުން ވެސް ފާޑުކިޔާފައިވެއެވެ. މީގެން އެއްވެސް ކަމަކަށް ގަތަރުން ރައްދެއް ނުދެއެވެ. އަދި ހުޅަނގުގެ މީޑިއާތަކުގެ އެއްވެސް ކަމަކަށް ފަރުވާލެއް ނެތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.