ބުކަޔޯ ސާކާ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ކުޅިވަރު
21 Nov 2022 | 20:46
އިންގްލަންޑް އަތުން އީރާނަށް ލަދުވެތި ބައްޔެއް

ގަތަރުގައި ކުރިޔަށްދާ ފީފާ ވޯލްޑްކަޕް 2022 ގެ ގްރޫޕް ބީ ގައި އިންގްލަންޑް ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު އީރާން ބަލިކޮށްފިއެވެ. 

ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ހޯމަ ދުވަހު ކުޅުނު މި މެޗު އިންގްލަންޑް ކާމިޔާބުކޮށްފައި ވަނީ 6-2 ގެ ނަތީޖާއަކުންނެވެ. މިއީ އީރާންގެ ތާރީހުގައި ވެސް ބައިނަލްއަޤްވާމީ ފުޓުބޯޅަ މެޗެއްގައި މިހާ ތަފާތު ބޮޑުކޮށް ބަލިވި ފުރަތަމަ ފަހަރެވެ. 

މަރުގެ ގްރޫޕުގެ ގޮތުގައި ގިނަ ބަޔަކު ބުނާ މި ގްރޫޕުން އިންގްލަންޑް ހޯދި މި މޮޅުގައި އެ ޓީމުން ވަނީ މެޗު ފަށައިގެން ފުލުފުލުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. 

އިންގްލަންޑުން ވަރަށް ބޮޑަށް ކުރިޔަށް ޖެހިގެން ގިނަ ހަމަލާތަކެއް އުފައްދަމުން ދަނިކޮށް އީރާނަށް މައްސަލަތަކާއި ކުރިމަތިވީ މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުގެ އެއް ނަމްބަރު ކީޕަރު އަލިރޭޒާ ބެއިރަންވަޑްއަށް އަނިޔާވެ ބަދަލުކުރަން ޖެހުމުންނެވެ.

މެޗުގެ 35 ވަނަ މިނެޓުގައި އިންގަލަންޑުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އުމުރުން 19 އަހަރުގެ ޖޫޑް ބެލިންގްހަމްއެވެ. މިއީ އޭނާ އިންގްލަންޑްގެ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. އޭގެ ފަހުން މެޗުގެ 43 ވަނަ މިނެޓުގައި ބުކާއޯ ސަކާ ވަނީ އިންގްލަންޑަށް އިތުރު ލަނޑެއް ޖަހައިދީ ލީޑު ފުޅާކޮށްފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ރަހީމް ސްޓާލިންގް ވަނީ އިންގްލަންޑުގެ ތިންވަނަ ލަނޑު ޖަހައިފައެވެ. މެޗުގެ ދެވަނަ ހާފުގައިވެސް އިންގަލަންޑުން ވަނީ އީރާންގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އެގޮތުން މެޗުގެ 62 ވަނަ މިނެޓުގައި އިންގްލަންޑްގެ ސަކާ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން އީރާންގެ އިތުބާރު ފޯވާޑް މެހްދީ ތަމީރީ ވަނީ ލަނޑު ޖަހާ ފަރުގު ކުޑަކޮށްފައެވެ.

އިންގްލަންޑުގެ ފަސްވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 71 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުން ކުޅެންއެރި މާކަސް ރަޝްފޯޑެވެ. އަދި މެޗުގެ 90 ވަނަ މިނެޓުގައި އިންގްލަންޑުން ކާމިޔާބުކުރި ހަވަނަ ލަނޑު އެ ޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޖެކް ގްރީލިޝްއެވެ.

ނަމަވެސް އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން އީރާންގެ ތަމީރީ ވަނީ އިތުރު ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.