ޖަޕާނު ރައްޔިތުން ސްޓޭޑިއަމް ސާފުކުރަނީ
ކުޅިވަރު
21 Nov 2022 | 21:31
މެޗަށްފަހު ގަތަރުގެ އަލް ބައިތް ސްޓޭޑިއަމް ސާފުކޮށް ޖަޕާނުން ނަމޫނާ ދައްކައިފި

ވޯލްޑްކަޕް 2022 ގެ ފުރަތަމަ މެޗުގައި ގަތަރާއި އެކުއެޑޯ ބައްދަލުކުރި މެޗަށްފަހު ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އެ މެޗާއި ހުޅުވުމުގެ ރަސްމިއްޔާތު ބެލުމަށް ދަނޑަށް ވަދެ ތިބި ޖަޕާނު ސަޕޯޓަރުންނަށެވެ. 

މީގެކުރިން ވެސް ރިވެތި އަހުލާގާއި ސުލޫކު ދެމެހެއްްޓުމުގައި ނަމޫނާ ދެއްކި ޖަޕާނު ސަޕޯޓަރުން ވަނީ އެކުއެޑޯ އާއި ގަތަރު ބައްދަލުކުރި މެޗު ނިމުމުން އެ ސްޓޭޑިއަމުގެ އެތެރޭގައި އާންމުން އަޅާފައިވާ ކުނިތައް ނަގާ ސާފުކޮށްފައެވެ.

މި މަންޒަރު މީޑިއާއަށް ތިލަކޮށްދިނީ ބަހްރެއިންގެ ޔޫޓިއުބަރ އެއް ކަމުގައިވާ އުމަރު އަލް ފާރޫގެވެ. އޭނާ ލިޔުނު ލިޔުމުގައިވާ ގޮތުގައި މިއީ އެ މީހުން ކެމެރާއަށް ކުރި ކަމެއް ނޫން ކަމަށާއި ޖަޕާނު ރައްޔިތުން ދިޔައީ މުޅި ސްޓޭޑިއަމްގެ އެ ސަރަހައްދު ސާފުކޮށް ނަމޫނާ ދައްކާފައި ކަމަށެވެ. 

" އަހަރެމެން ދުވަހަކުވެސް ތިބޭ ތަނެއް ނުސާފުކޮށް ބާއްވަން ދުލެއް ނުކުރަން، އެ ތަނަކަށް އަހަރެމެން އަބަދުވެސް އިހްތިރާމުކުރަން" އުމަރާއި ވާހަކަދައްކަމުން ޖަޕާނު ސަޕޯޓަރަކު ބުންޏެވެ. 

ވަރަށް ގިނަ އަދަދެއްގެ ދިދަތަކެއް ވަނީ ސްޓޭޑިއަމުގެ އެކި ހިސާބުތަކަށް އުކާފައެވެ. ޖަޕާނު ސަޕޯޓަރުން ވަނީ އެ ދިދަތަށް ނެގުމަށްފަހު އެއަށް އިހްތިރާމު އަދާކޮށްފައެވެ. 

މީގެކުރިން 2018 ގެ ވޯލްޑް ކަޕުގައި ވެސް ޖަޕާނު ރައްޔިތުންގެ ފަރާތުން މިފަދަ މަންޒަރުތަކެއް ފެނިފައިވެއެވެ. އަދި އާންމުންގެ ބޮޑު ތަރުހީބެއްވެސް ލިބުނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.