ގައުމީ ސަލާމް ޖަހަމުންދިޔަ ވަގުތު އިރާނުގެ ޓީމުގެ ކުޅުންތެރިން؛ އެޓީމުގެ އެއްވެސް ކުޅުންތެރިއެއް ގައުމީ ސަލާމް ކިޔައިފައެއް ނުވޭ
ކުޅިވަރު
22 Nov 2022 | 06:48
ވޯލްޑް ކަޕްގައި ކުޅުނު ފުރަތަަމަ މެޗުގައި އީރާނުގެ ޓީމުން ގައުމީ ސަލާމް ނުކީ ކީއްވެ؟

މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑްކަޕް ގައި އީރާނުގެ ޓީމުން ކުޅޭ ފުރަތަމަ މެޗު އިއްޔެ އިންގްލެންޑް އާއި ދެކޮޅަށް ކުޅެފައިވާއިރު، އެ މެޗު ފެށުމުގެ ކުރިން އީރާނުގެ ޓީމުން އެ ގައުމުގެ ގައުމީ ސަލާމް ކިޔައިފައެއް ނުވެއެވެ. 

މި ނިންމުން އީރާނުގެ ގައުމީ ފުޓުބޯޅަ ޓީމުން ނިންމާފައި މިވަނީ، އެ ގައުމުގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުންދާ މީހުންނާއިއެކުގައި ގައުމީ ޓީމު ތިބިކަން ހާމަކުރުމުގެ ގޮތުންނެވެ. 

އީރާނުގައި ކުރިއަށްދާ މި މުޒާހަރާ ފެށިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެއީ އެގައުމަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ މަހްސާ އަމީނީ ނަމަކަށް ކިޔާ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށް ނިޔާވުމާއި ގުޅިގެންނެވެ. އެ ހާދިސާއަށްފަހު، އީރާނުގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައިވާއިރު، އެ މުޒާހަރާ ހޫނުވެ ސަތޭކަ އެތައް ބަޔަކު މިހާރުވެސް ވަނީ މަރުވެފައެވެ. އަދި މުޒާހަރާގެ ތެރެއިން ހިނގަމންދާ  ހަމަނުޖެހުންތަކުގައި ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ. 

ގައުމީ ސަލާމް ނުކިޔުމަކީ އީރާނުގެ ގައުމީ ފިރިހެން ފުޓްބޯޅަ ޓީމުން މުޒާހަރާ ކުރާ މީހުންނާއި އެކު ވާކަން ދެއްކުމުގެ ގޮތުން ނިންމި ފުރަތަމަ ނިންމުމެއް ނޫނެވެ. އެހެނީ މީގެ ކުރިން، ސެޕްޓެމްބަރު މަހުގައި، އެ ޓީމުން ސެނެގާލް އާއި ދެކޮޅަށް ކުޅުނު ރަހުމަތްތެރި ކަމުގެ މެޗެއްގައިވެސް  މުޒާހަރާވެރިންގެ ހައްގުގައި އެޓީމުން ވަނީ ގައުމީ ޖާރޒީގެ ރަތް ކުލަ ފޮރުވުމުގެ ގޮތުން އޭގެ މަތިން ކަޅު ޖެކެޓު ލައިފައެވެ. 

ދުނިޔޭގެ އެތައް ބަޔަކު ބަލަމުންދިޔަ ވޯލްޑް ކަޕް ގެ މެޗު ފެށުމުގެ ކުރިން، ގައުމީ ސަލާމް ޖަހަމުންދިޔަ ވަގުތު އެ ނުކިޔައި ތިބުމަކީ އީރާނުގެ ކުޅިވަރު ކުޅޭ ޓީމަކުން މިހާތަނަށް ނިންމި އެންމެ ބޮޑު ނިންމުން ކަމަށް ބޭރުގެ މީޑިއާ ތަކުން ބުނެއެވެ. މީގެ ސަބަބުން ކުޅުންތެރިންނަށް ކުރިމަތިވެދާނެ ކަންކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ. 

އީރާނުގެ ގައުމީ ފުޓުބޯޅަ ޓީމުގެ އިތުރުން، ބީޗް ފުޓްބޯޅަ ޓީމާއި، ވޯޓާ ޕޯލޯ އަދި ބާސްކެޓް ބޯޅަ ޓީމުންވެސް މީގެ ކުރިންވަނީ އެ ގައުމުގެ ގައުމީ ސަލާމް ކިޔުމާއި ދެކޮޅު ހަދާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ