އެމެރިކާގެ ކުޅިވަރު ނޫސްވެރިއެއް ކަމަށްވާ ގްރާންޓް ވާލް
ހަބަރު
22 Nov 2022 | 07:42
ވިއްސާރަދުނި ޓީޝާޓު ބަދަލުކުރުމަށް އެންގުމުން ނުރުހުން ފާޅުކުރި މީހާއަށް ގިނަބައެއްގެ ނުރުހުން!

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ގެ މެޗުތަކުގެ ތެރެއިން ރޭ އެމެރިކާ އާއި ވޭލްސް ބައްދަލު ކުރި މެޗު ބަލަން އައި އިރު، އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުމަށް ވިއްސާރަ ދުނީގެ ކުލަ ހިމެނޭ ޓީޝާޓެއް ލައިގެން އައުމުން އެ ޓީޝާޓު ބަދަލު ކޮށްގެން އައުމަށް ސެކިއުރިޓީން އެންގުމާއި ގުޅިގެން ނުރުހުން ފާޅުކުރި މީހާއަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވެއްޖެއެވެ. 

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފެށުމުގެ މާ ކުރިންވެސް އެ ގައުމުން ވަނީ ސްޓޭޑިއަމް ތެރޭގަޔާއި އެ ނޫންވެސް ގޮތް ގޮތުން ކުޅިވަރުގެ ތެރެއިން އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުމަށް ވިއްސާރަ ދުނީގެ ކުލަ ހިމެނޭ ދިދަ އާއި އެނޫންވެސް އެއްޗެއް ބޭނުން ނުކުރުމަށް އަންގާފައެވެ. އެހެނީ އެއީ އިސްލާމް ދީނާއި ގަތަރުގެ ސަގާފަތާއި ބީރައްޓެހިކަމެއް ކަމަށާ، އެފަދަ ކަންކަން ކުރާނަމަ އެކަން ހުއްޓުވާނެ ކަމަށްވެސް އެ ގައުމުން ވަނީ އަންގާފައެވެ. 

އެފަދައިން އަންގާފައި ވަނިކޮށް އެމެރިކާގެ ކުޅިވަރު ނޫސްވެރިއެއް ކަމަށްވާ ގްރާންޓް ވާލް، ރޭ އެމެރިކާ ކުޅުނު މެޗު ބަލަން ގަތަރުގެ ސްޓޭޑިއަމަށް ދިޔައީ ފުޓްބޯޅަ އެއްގެ ވަށައިގެން ވިއްސާރަ ދުންޏެއް ކުރަހާފައިވާ ޓީޝާޓެއް ލައިގެންނެވެ. 

އަދި އެ ޓީޝާޓު ލައިގެން އޭނާ ދިޔުމުން އެ ބަދަލު ކޮށްގެން އައުމަށް ސެކިއުރިޓީ ގާޑުން އޭނާއަށް އޭނާއަށް އެންގުމާއި ގުޅިގެން އެކަމާއި ނުރުހުން ފާޅުކޮށް، އެ ޓީޝާޓާއި އެކު އޭނާގެ ފޮޓޯ ވަނީ ޓުވީޓުކޮށްފައެވެ. 

800 ހާހަށް ވުރެ ގިނަ ފޮލޯވަރުން ތިބި އެ މީހާ، އެ ޓުވީޓު ކުރުމާއި ގުޅިގެން، އޭނާ އުއްމީދު ކުރި ގޮތާއި ޚިލާފަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވީ އޭނާ އަށެވެ. 

އެގޮތުން މުސްލިމުންނާއި، މުސްލިމް ނޫން އެތައް ބައެއް އެ ޓުވީޓަށް ރައްދު ދީފައިވާއިރު، އެތަނުން ގިނަ މީހުންވަނީ ސެކިއުރިޓީ ގާޑުން އެހެން ބުނުމުން އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެފައެވެ. އަދި އެފަދަ ޓީޝާޓެއް ލައިގެން އައުމަކީ މަނާ ކަމެއްކަން އެނގި ހުރެ އެފަދައިން ކަން ކޮށްފައި މީހުންގެ ސަމާލުކަން ހޯދަން މީސްމީޑިއާގައި މަސައްކަތް ކުރި ނަމަވެސް އޭގެން އެނގެނީ އޭނާގެ ގަމާރުކަން ކަމަށްވެސް މީހުން ބުނެފައި ވެއެވެ. 

މީގެ އިތުރުން، ހުޅަނގުގެ ގައުމު ތަކުން، އެބައެއްގެ ސަގާފަތާއި އުސޫލުތަކަށް އިހްތިރާމް ކުރުމަށް ގޮވާލާއިރު، އެހެން މީހުންގެ ސަގާފަތާއި އުސޫލުތަކަށް ތަބައުވާންވީމާ އެކަމާއި ދެކޮޅު ހަދައި ހުރިހާ ހައްގުތަކެއްގެ ވާހަކަ އެމީހުން ދައްކާ ކަމަށްބުނެ، އެގައުމު ތަކުގެ ދެފުށް ދެގޮތްކަން ފާހަގަކޮށް ގިނަ ބަޔަކު ވަނީ ހުޅަނގަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. 

އަދި، ސްޓޭޑިއަމް އަށް މީހުންދަނީ ފުޓުބޯޅަ ބަލަން ކަމަށާ، އެއީ އެއްޖިންސުން ގުޅުން ހިންގުން ނުވަތަ އެނޫންވެސް އެފަދަ ކަންކަން ޕްރޮމޯޓް ކުރަންދާ ތަނެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު އެ މީހާއަށް ވަނީ ރައްދުދީފައެވެ. 

ވުމާއެކު، އެހެން މީހުންގެ ސަމާލުކަން ހޯދައި، އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުން މަނާކޮށް ގަތަރުން ނިންމި ނިންމުމަށް، މީހުންގެ ފާޑުކިޔުންތައް އަމާޒުކުރުވުމުގެ ނިޔަތުގައި އެ ނޫސްވެރިޔާ ކުރި މަސައްކަތް ފެނަށް ގޮސް، އޭނާ ވަނީ ހޫނުފެނަށް ވެއްޓިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.