މެޗުން ބަލިވުމާއެކު މެސީ މާޔޫސްވެފައި
ކުޅިވަރު
22 Nov 2022 | 18:24
ސައުދީން އާޖެންޓީނާ ކުޑަކަކޫ ޖައްސުވައިފި

މިފަހަރުގެ ގަތަރު ވޯލްޑްކަޕް ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު އިއްތިފާގުވި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި "އަންޑަ ޑޯގް" ޓީމުގެ ގޮތުގައި ބެލެވުނު ސައުދީ އަރަބިއްޔާ އަތުން ލަދުވެތި ގޮތަކަށް ބަލިވެއްޖެއެވެ.

ސައުދީން މި މެޗު ކާމިޔާބުކޮށްފައި ވަނީ އާޖެންޓީނާ އިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ކާމިޔާބުކުރި ދެ ލަނޑާއެކު 2-1 ގެ ނަތީޖާއަކުންނެވެ. 

އާޖެންޓީނާ އިން މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް ސައުދީން ކުޅުނީ ވަރަށް ހުށިޔާރުކޮށެވެ. ހާއްސަކޮށް މެދުތެރެއިން ލިއޮނަލް މެސީ އަށް އެއްވެސް ފުރުސަތެއް ދިނަ ނުދީ އެ ޓީމުން ވަނީ މެޗުގެ ބޮޑުބައި ހިފަހައްޓާފައެވެ. 

މެޗުގައި އާޖެންޓީނާއިން ލަނޑުޖަހާ ލީޑު ނެގީ 10 ވަނަ މިނެޓުގައެވެ. މިއީ ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބުކުރި ލަނޑެކެވެ. 

އޭގެ ފަހުން މެޗުގެ 22 ވަނަ މިނެޓުގައި މެސީ އިތުރު ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ. އަދި މެޗުގެ 29 ވަނަ މިނެޓުގައި ލައުޓާރޯ މާޓިނޭޒް ލަނޑު ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

ދެވަނަ ހާފު ފަށައިގެން ސައުދީން ވަނީ ގާތް ގާތުގައި ދެ ލަނޑު ޖަހާ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފައެވެ. އެގޮތުން މެޗުގެ 48 ވަނަ މިނެޓުގައި ސައުދީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ސަލަޙް އަލް ޝެހޭރީއެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ސައުދީއަށް ލީޑު ނަގައިދިނީ ސާލިމް އަލް ދަވްސާރީ ޖަހައިދިން ލަނޑުންނެވެ.

މި ބައްޔާއެކު އާޖެންޓީނާއިން ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑަށް ވަނީ ނިމުން އައިސްފައެވެ. ޖުމްލަ 36 މެޗުން އެ ޓީމު މޮޅުވެފައިވާއިރު، މި މެޗުން ސައުދީ ބަލިކުރެވިއްޖެ ނަމަ އެ ޓީމަށް 37 މެޗުން މޮޅުވުމުގެ ރެކޯޑާއެކު އެންމެ ގިނަ މޮޅު ހޯދި ޓީމާ އަރާ ހަމަވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ