ޖަރުމަނު ކުޅުންތެރިން މެޗު ފެށުމުގެ ކުރިން ފޮޓޯ އަށް ހުއްޓިގެން
ކުޅިވަރު
23 Nov 2022 | 20:38
އެއް ޖިންސުން ގުޅުން ހިންގަން ޕްރޮމޯޓުކުރި ޖަރުމަނަށް ޖަޕާނުން ބޮނޑިދީފި

ފީފާ ވޯލްޑްކަޕް 2022 ގައި މުބާރާތުގެ އެންމެ ދަށް ޓީމުތަކުގެ ތެރޭގައި ބެލެވުނު ޖަޕާނުން ވަރުގަދަ ޖަރުމަނު ބަލިކޮށް ބޮނޑި ދީފިއެވެ. 

ގަތަރުގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޖަޕާނުން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރާ ޖެހި ލަނޑުތަކާއެކު 2-1 ގެ ނަތީޖާއަކުންނެވެ. 

ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ޖަރުމަނު އަތުން ހޯދި މި މޮޅަކީ ވޯލްޑްކަޕް ތާރީހުގައި ޖަޕާނަށް މިހާތަނަށް ލިބުނު އެންމެ ބޮޑު މޮޅެވެ. އަދި އެންމެ ރަނގަޅު ނަތީޖާއެވެ. 

މެޗުގެ ހަތްވަނަ މިނެޓުގައި ޑައިޗީ ހުރަސްކުރި ބޯޅައަކުން ޑައިޒަން މައެޑާ ލަނޑެއް ޖެހި ނަމަވެސް އެއީ އޮފްސައިޑު ލަނޑެއް ކަމަށް ވަނީ ނިންމާފައެވެ. 

މެޗުގެ 30 ވަނަ މިނެޓުގައި ޖަޕާނުގެ ކީޕަރު ކުރި ފައުލަކާއި ގުޅިގެން ޖަރުމަނަށް ޕެނަލްޓީއެއް ލިބުނެވެ. މެޗުގެ 32 ވަނަ މިނެޓުގައި ލިބުނު މި ޕެނަލްޓީ ގުންޑޮގާން ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކައި ހަވާޓްޒް ލަނޑެއް ޖެހި ނަމަވެސް އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމިއެވެ. 

ޖަރުމަނުގެ އެ ލީޑު ހިފަހައްޓާލެވޭ ގޮތް ވީ 74 ވަނަ މިނެޓާއި ހަމަޔަށެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރިޓްސޫ ޑޯން ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. 

ޖަޕާނުން ވަނީ މެޗުގެ 83 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޓަކުމާ އަސާނޯއެވެ.

މުބާރާތުގައި ދެން ޖަޕާނުން ބައްދަލުކުރާނީ މިމަހުގެ 27 ވަނަ ދުވަހު ކޮސްޓަރިކާ އާއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.