ޖަޕާނު ކުޅުންތެރިން ތިބި ޗޭންޖިން ރޫމް--ފޮޓޯ/ފީފާ
ކުޅިވަރު
24 Nov 2022 | 13:41
ޖަޕާނުގެ ގައުމީ ޓީމު، ޗޭންޖިން ރޫމް ދޫކޮށްފައިދިޔަ ގޮތަށް ފީފާގެ ތައުރީފް

ފީފާ ވޯލްޑް ކަޕް ގައި ޖަޕާއިން ޖަރުމަނު ވިލާތް އިއްޔެ ބައްދަލު ކުރި މެޗަށްފަހު، ޖަޕާނު ޓީމުގެ ކުޅުންތެރިން ތިބި ޗޭންޖިން ރޫމް، އެ ކުޅުންތެރިން ދޫކޮށްފައި ދިޔަ ގޮތަށް ފީފާއިން ވަރަށް ބޮޑަށް ތައުރީފް ކޮށްފިއެވެ. 

ފީފާގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ، ޖަޕާނުން ޖަރުމަނުގެ މައްޗަށް 2-1 ނަތީޖާ އަކުން ހޯދު ތަރީޚީ ކާމިޔާބީ އަށްފަހު، އެ ޓީމުގެ ސަޕޯޓަރުންވަނީ މެޗު ކުޅެވުނު ސްޓޭޑިއަމް ސާފުކޮށް އަނެއްކާވެސް ނަމޫނާ ދައްކާފައިކަމަށެވެ. 

އަދި ސަޕޯޓަރުން އެފަދަ ރިވެތި ނަމޫނާއެއް ދެއްކި އިރު، ޖަޕާނު ޓީމުގެ ކުޅުންތެރިން ތިބި، ޗޭންޖިން ރޫމް އެ ކުޅުންތެރިން ދޫކޮށްފައި ދިޔައިރު ހުރި، ތަރުތީބު ކަމާއި ސާފުކަމަށް ތައުރީފްކޮށް ފީފާ އިން ބުނީ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް ގައި ޖަޕާނުގެ ކުޅުންތެރިން ތިބި ޗެންޖިންގ ރޫމް ހުރީ "ސްޕޮޓްލެސް" ކޮށް ކަމަށެވެ. 

އަދި ސާފުކުރުމުގެ އިތުރުން، އެ ކުޅުންތެރިން ވަނީ އެ ކޮޓަރީގެ ތެރޭގައި ހުރި މޭޒެއްގައި ކަރުދާހުން ހަދާފައި ކުރި ދޫނިތަކެއް އެތުރުމަށްފަހު ޝުކުރު އަދާކޮށް މެސެޖެއްވެސް ލިޔެފައެވެ. 

މީގެކުރިން ވެސް ރިވެތި އަހުލާގާއި ސުލޫކު ދެމެހެއްްޓުމުގައި ނަމޫނާ ދެއްކި ޖަޕާނު ސަޕޯޓަރުން ވަނީ ވޯލްޑްކަޕް 2022 ގެ ފުރަތަމަ މެޗުގައި އެކުއެޑޯ އާއި ގަތަރު ބައްދަލުކުރި މެޗު ނިމުމުން އެ ސްޓޭޑިއަމުގެ އެތެރޭގައި އާންމުން އަޅާފައިވާ ކުނިތައް ނަގާ ސާފުކޮށްފައެވެ. 

2018 ގެ ވޯލްޑް ކަޕުގައި ވެސް ޖަޕާނު ރައްޔިތުންގެ ފަރާތުން މިފަދަ މަންޒަރުތަކެއް ފެނިފައިވެއެވެ. އަދި އާންމުންގެ ބޮޑު ތަރުހީބެއްވެސް ލިބުނެވެ. 

ކޮމެންޓް
ޒުބައިރު
ތީތި ވަރަށް ސަޅި. ތިއޭ މި ބޭނުންވާ ބަދަލަކީ
24 Nov 2022
ހުސައިން އ
ކޮޕީ ކުރަންވީ މިކަހަލަ ކަންކަން
24 Nov 2022
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ