ސާބިއާ ކޮޅަށް ރިޗާލިސަން ބައިސްކަލް ކިކަކުން ލަނޑު ޖަހަނީ
ކުޅިވަރު
25 Nov 2022 | 05:32
ރިޗާލިސަންގެ އާދަޔާހިލާފު ލަނޑާއެކު ބްރެޒިލްއަށް ފުރިހަމަ މޮޅެއް

ވޯލްޑްކަޕުގެ އެންމެ ކާމިޔާބު ޓީމުތަކުގެ ތެރޭގައި ހިމެނޭ ބްރެޒިލް މިފަހަރުގެ ވޯލްޑްކަޕުގެ ފުރަތަމަ މެޗުގައި ސާބިއާ އަތުން މޮޅުވެ ފެށުން ރަނގަޅުކޮށްފި އެވެ. 

ލުސައިލް ސްޓޭޑިއަމުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗު ބްރެޒިލް ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ބްރެޒިލްގެ ފަރާތުން މި މެޗުގައި ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. 

ފުރަތަމަ ހާފުގައި އެއްވެސް ލަނޑެއް ނުފެނުނު ނަމަވެސް ބްރެޒިލް ދިޔައީ ފަހަރަކަށް ފަހު ފަހަރެއް ނުރައްކާކުރަމުންނެވެ. އަދި ސާބިއާ އިން ވަނީ ވަރަށް ރަނގަޅަށް އެ ޓީމުގެ ފަހަތް ބަލަހަައްޓާފައެވެ. ނަމަވެސް ސާބިއާ އަށް މާ ގިނައިރަކު އެގޮތަށް ކެތް ނުކުރެވުނެވެ. ދެވަނަ ހާފުގައި ބްރެޒިލް ވަނީ އެ ޓީމުން ވަރަށް ރަނގަޅަށް ފެންވަރު ދައްކާލާފައެވެ. 

މެޗުގެ 62 ވަނަ މިނެޓުގައި ބްރެޒިލުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރިޗާލްސަންއެވެ. އަދި މެޗުގެ 73 ވަނަ މިނެޓުގައި ރިޗާލްސަން ވަނީ ބައިސްކަލް ކިކަކުން ލަނޑެއް ޖަހާ ބްރެޒިލްގެ ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ވިނީޝިއަސްގެ އެހީތެރިކަމާއެކުގައެވެ.

ރިޗާލިސަން ޖެހި މި ލަނޑަކީ ގްރޫޕް ފިޔަވަހީގައި މިހާތަނަށް މި މުބާރާތުގައި ކުޅުންތެރިއަކު ޖެހި އެންމެ ރީތި ލަނޑެވެ. މި މެޗުގެ ވަކި ހިސާބަކުން އެ ޓީމުގެ ތަރި ނޭމާ ވަނީ އަނިޔާވެގެން ބާލާފައެވެ. 

މި މެޗާއެކު ވޯލްޑް ކަޕުގެ ގްރޫޕް ފިޔަވަހީގެ ފުރަތަމަ ބުރު ވަނީ ނިމިފައެވެ. ކޮންމެ ޓީމަކަށް ވެސް މެޗެއް ލިބުނުއިރު ހުކުރު ދުވަހުން ފެށިގެން ކުރިޔަށްދާނީ ގްރޫޕް ސްޓޭޖުގެ ދެވަނަ ފިޔަވަހީގެ މެޗުތަކެވެ. ދެވަނަ މެޗުގައި މި މަހުގެ 28 ވަނަ ދުވަހު ބްރެޒިލުން ނިކުންނާނީ ސްވިޓްޒަލެންޑާއި ދެކޮޅަށެވެ. އަދި މި މެޗުން ބަލިވި ސާބިއާ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މި މަހުގެ 28 ވަނަ ދުވަހު ނުކުންނާނީ ކެމަރޫންއާ ދެކޮޅަށެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ