ޝެއިޚް އަހުމަދު ސަމީރު
ހަބަރު
25 Nov 2022 | 09:21
ފީފާ ވޯލްޑްކަޕް އިން، ޔޫރަޕް މީހުން މުސްލިމުންނާއި މެދު އަދާވާތްތެރިވާ މިންވަރު ކަށަވަރުވޭ: ޝެއިޚް ސަމީރު

ޤަޠަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް 2022 އިން، ޔޫރަޕު މީހުން އިސްލާމް ދީނާއި މުސްލިމުންނަށް އޮތް ޢަދާވަާތްތެރި ކަން އެނގި ކަށަވަރުވާ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ. 

ވޯލްޑްކަޕާއި ގުޅިގެން ޤަތަރުން އަޅާފައިވާ ފިޔަވަޅު ތަކަށް ހުޅަނގުން ގިނަ ފާޑުކިޔުން ތަކެއް އަމާޒުވެފައި ވަނިކޮށް ޝެއިޚް ސަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޤަޠަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް 2022 އިން، ޔޫރަޕު މީހުންގެ ނާތަހުޒީބު ކަމާއި، އަޚުލާޤީގޮތުން އެމީހުން ވެއްޓިިފައިވާ ދަށު ދަރަޖައާއި، އިންސާނީ ޙައްޤުތަކުގެ ނަމުގައި ހިންގަމުންދާ ބޮޑުވެގެންވާ ޖަރީމާއާއި، އިސްލާމް ދީނާއި މުސްލިމުންނަށް އޮތް ޢަދާވަާތްތެރި ކަން އެނގި ކަށަވަރުވާ ކަމަށެވެ. 

ވޯލްޑް ކަޕް ފެށުމުގެ ކުރިން ގަތަރުން ވަނީ ސްޓޭޑިއަމް ތަކުގައި އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކޮށް، ދަނޑު އެތެރޭގައި ބަނގުރާ ބޭނުން ނުކުރެވޭނެކަމަށް އަންގާފައެވެ. އަދި އެ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރަން މަސައްކަތް ކޮށްފިނަމަވެސް އެކަން ހުއްޓުވައި ފިޔަވަޅު އެޅޭނެކަން އެ ގައުމުން ވަނީ އަންގާފައެވެ. 

އެހެންނަމަވެސް، ހުޅަނގުގެ ގައުމުތަކުން، އެ އަޑު ނާހައި އަންނަނީ އެކަންކަމަށް ގޮންޖަހަން މަސައްކަތް ކޮށްފައެވެ. އެގޮތުން، އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުމަށް "ވަން ލަވް" އާމް ބޭންޑް އަޅައިގެން މެޗްތަކަށް އެރުމަށް ހުޅަނގުގެ ބައެއް ޓީމްތަކުން ވަނީ ނިންމާފައެވެ. އެހެންނަމަވެސް، ފީފާގެ އިންޒާރާއެކު އެ ގައުމުތަކުން އެކަން ނުކުރި ނަމަވެސް، ޖަރުމަނުން ކުޅުނު މެޗުގައި އެ ޓީމުގެ ކުޅުންތެރިން ވަނީ މެޗު ފެށުމުގެ ކުރިން ނެގި ފޮޓޯގައި، އެ އާމް ބޭންޑް ނޭޅޭތީ އެކަމާއި ދެކޮޅަށް ނުރުހުން ފާޅުކުރުމުގެ ގޮތުން އަނގަމަތީގައި އަތް އަޅާފައެވެ. 

އަދި މީގެ އިތުރުންވެސް ބީބީސީ ފަދަ ބައެއް މަޝްހޫރު ހުޅަނގުގެ ޕްރޮޕެގެންޑާ ތައް ފަތުރާ ޗެނަލްތަކުން ގަތަރުގެ ވޯލްޑް ކަޕް ފެށުމުގެ ރަސްމިއްޔާތު ލައިވްވެސް ކޮށްފައިނުވާއިރު، އެ ރަސްމިއްޔާތު ފެށުމުގެ ގޮތުން ގުރުއާނުގެ އާޔަތެއް ކިޔާލުމުން ވެސް އެ ޗެނަލްތަކުން އެ ރަސްމިއްޔާތު ސިފަކުރީ އެއީ މުބާރާތުގެ ތާރީހުގައި ވެސް ފެނުނު އެންމެ ފެންވަރު ދަށް ރަސްމިއްޔާތުގެ ގޮތުގައެވެ. 

އެ ހުރިހާ ކަމަކުން ހުޅަނގުގެ ގައުމު ތަކުގެ ދެފުށް ދެގޮތް ކަން ހާމަވަމުންދާ ކަމަށް މުސްލިމުންގެ އިތުރުން ޣައިރު މުސްލިމުން ވެސް އަންނަނީ ބުނަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.