ރޮޒައިނާ އާދަމް އާއި ރައީސް ޞާލިހު
25 Nov 2022 | 14:46
"މިއަދު އެމްޑީީޕީ ވެފައި މިއޮތީ އެންމެ ދަތިވި ދުވަސްވަރު ގައުމު ސަލާމަތް ކޮށްދިން ޕާޓީއަށް"

މިއަދު ސަރުކާރުގެ ވެރިކަންކުރާ މައި ޕާޓީ އެމްޑީީޕީ، ވެފައި މިވަނީ އެންމެ ރާއްޖެއަށް އެންމެ ދަތިވި ދުވަސްވަރު ގައުމު ސަލާމަތް ކޮށްދިން ޕާޓީއަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ރޮޒައިނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީީޕީއަށް ރައްޔިތުންގެ އިތުބާރު ހޯދަވައިދެއްވީ އެމަނިކުފާނު ކަމަށެވެ.

"އިގްތިޞާދީ އަދި އިޖުތިމާއީ ގޮތުން ގައުމު ބިނާ ކުރައްވައި، ގައުމީ ރޫހު އާލާ ކުރައްވައި، ގައުމު އެއްބައިވަންތަ ކުރުވައި، ހަމަހަމަކަމާއި އެކު ޚިދުމަތް ދެއްވުމަށް ތިޔަ ކުރައްވަމުން ގެންދަވާ މަސައްކަތަށް ވަރަށް ބޮޑަށް މަރުހަބާ" ރައީސް ޞާލިހަށް ތައުރީފް ކުރައްވައި ރޮޒައިނާ ވިދާޅުވިއެވެ. 

މިއާއެކު ރޮޒައިނާ ވިދާޅުވީ، މީގެ ކުރިން މީހުން އެމްޑީޕީ ދެކެނީ މަގުމަތީ ހަރަކާތަށް އެކަނި ފަރިތަ ޕާޓީއެއްގެ ގޮތުގައި ކަމަށާ، އެހެންނަމަވެސް، މިއަދު އެމްޑީީޕީ ވެފައި މިއޮތީ މިގައުމަށް އެންމެ ދަތިވި ދުވަސްވަރު ގައުމު ސަލާމަތް ކޮށްދިން ޕާޓީއަށް ކަމަށެވެ. 

"ސަލާމަތީ ޚިދުމަތް ތަކުގެ އިތުބާރު އޮތް ޕާޓީ އަކަށް. ހުރިހާ ޕާޓީ ތަކަކާއި އެކު މަސައްކަތް ކުރެވޭ ޕާޓީއަކަށް" ރޮޒައިނާ ވިދާޅުވިއެވެ. 

ރޮޒައިނާ އިތުރަށް ވިދާޅުވީ، މިގައުމަށް ޑިމޮކްރަސީ ތައާރަފްވީފަހުން އެންމެ އަމާން ފަސް އަހަރަކީ ރައީސް ޞާލިހުގެ ފަސް އަހަރު ކަން އެއީ އެއްވެއް ޝައްކެތް އޮތް ކަމެއް ނޫންކަމަށާ، ކޯލިޝަން އާއި އެކު ވެރިކަމަށް ވަޑައިގެން، އެ އެއްބަސްވުމަށް ހަމައެކަނި އިހްތިރާމް ކުރެއްވީ އެމަނިކުފާނު ކަމަށެވެ. 

އަދި އައު ގާނޫނު އަސާސީގެ ދަށުން، އެ ގާނޫނު އަސާސީ އާއި އެއްގޮތަށް ވެރިކަން ކުރެއްވި ހަމައެކަނި ރައީސް އަކީ ރައީސް ޞާލިހު ކަން ފާހަގަކުރައްވައި ރޮޒެއިނާ ވިދާޅުވީ،  އަންހެނުންގެ ތަރައްގީއަށްވެސް އެންމެ ހަރުދަނާ މަސައްކަތް ކޮށްދެއްވީ އެމަނުކުފާނު ކަމަށެވެ.

"ސިޔާސީ މަގާމުތަކަކަށް އަންހެނުން ގެނައުމާއި، އިގްތިސާދީ ގޮތުން އަންހެނުން ކުރިއެރުވުމަށް ލޯން އަދި ޓްރެއިނިންގ ދިނުމާއި، އިޖުތިމާއީ ގޮތުން އަންހެނުންނަށް ފަސޭހަ ކޮށްދިނުމަށް 6 މަހުގެ ވިހެއުމުގެ ޗުއްޓީ" ރައީސް ޞާލިހަށް ތައުރީފް ކުރައްވައި ރޮޒައިނާ ވިދާޅުވިއެވެ. 

ކޮމެންޓް
ސާލިހުމޫސާ
މިއަދު އެމްޑީޕީ ވެފައި މިވަނީ އޯގާތެރި ވެރި ކަން ކުރަން ނަން ބޯޑު ވިއްކައިގެން ވެރިކަމައްއައިސް އެއްމެ ބޮޑު ނޮފޮރޮއްޕާން ޕާޓީޔައް
25 Nov 2022
ވ
ގައުމުސަލާމަތް ކުރީކީނޫ ގައުމުދަރުވާލާ އެއްބައި ވިއްކާލި އަދި ރައްޔިތުން ިިކަކޮއްލިސަރުކާރަކީ މޑޕ
25 Nov 2022
ވ
ނުކުރޭނުއަދވެސް ތައުރީފުނެތިމަ މޑޕ އައްތާއިދުކުރާނޫހަކީބަ
25 Nov 2022
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.