އަބްދުއްރަހުމާން ފަހަދު އައްޘާނީ
ހަބަރު
25 Nov 2022 | 15:42
ގަތަރުގެ މި ޒުވާނާ ނަކަލުކޮށް ޕޯސްޓްތައް ހެދި ޗައިނާގެ ރައްޔިތުންނަށް އޭނާގެ މެސެޖެއް!

ގަތަރު ގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް 2022 ހުޅުވިގެން ދިޔަ ކުލަ ގަދަ ރަސްމިއްޔާތަށްފަހު، މުބާރާތުގެ ފުރަތަަމަ މެޗު ކުޅެވުނު އިރު، އެ މެޗުގައި ބައްދަލު ކުރީ ގަތަރާއި އެކުއެޑޯ އެވެ. 

އަލް ބައިތް ސްޓޭޑިއަމުގައި ކުޅުނު އެ މެޗު ނިމިގެން ދިޔައީ 2-0 އިން އެކުއެޑޯ މެޗު ކާމިޔާބުކޮށްގެންނެވެ. އެއީ ވޯލްޑް ކަޕުގެ ތާރީހުގައި މުބާރާތް ބާއްވާ ގައުމު ކުޅުނު ފުރަތަމަ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

އެ މެޗުގެ ތެރެއިން، ގިނަ ބައެއްގެ ޚާއްސަކޮށް މެޗު ބަލަން ވަދެ ތިބި ޗައިނާ ރައްޔިތުންގެ ލޮލުގައި އަޅައިގަތީ، މެޗުން ގަތަރު ބަލިވަމުން ދިޔުމާއި ގުޅިގެން، އެ ގައުމުގެ ޒުވާން ކުއްޖަކު އުޅެމުން ދިޔަ ގޮތެވެ.  

ގަތަރުގެ ސަގާފީ ފަގުޑި ބޮލުގައި އަޅައިގެން ހުރި, އަބްދުއްރަހުމާން ފަހަދު އައްޘާނީ ނަމަކަށް ކިޔާ 16 އަހަރުގެ އެ ކުއްޖާ، މެޗުން ގަތަރު ޓީމު ބަލިވަމުން ދާތަން ފެނި، ބޮލުގައި އަޅައިގެން ހުރި ފަގުޑި ފަހަތައް އެއްލައި، މޫނުމަތިން ހިތާމަވެރިކަމުގެ ކުލަވަރާއި، ހައިރާން ކަމުގެ ކުލަވަރާއު އެކި ކުލަވަރުތައް ދިޔައީ ދައްކަމުންނެވެ. 

އެ މަންޒަރާއި މެދު އެންމެ ގަޔާވި ބަޔަކަށް ވެގެން ދިޔައީ ސްޓޭޑިއަމް އަށްވަދެ ތިބި ޗައިނާ މީހުންނަށެވެ. އެގޮތުން، އެމީހުންވަނީ އެ ކުއްޖާގެ ވީޑިއޯތައް ކޮށް މީސްމީޑިއާގައި ވައިރަލްކޮށްލާފައެވެ. އަދި އޭގެ އިތުރުން، އޭނާ އާއި ދިމާއަށް 'ވޮންޓޮން ވްރެޕާ ޕްރިންސް' ގެ ނަމުން ނަންދީ  އެމީހުންވެސް ބޮލުގައި ފޮތިގަނޑު ގަނޑު އަޅައިގެން އެކުއްޖާގެ އަމަލުތައް ހުރިގޮތް ނަކަލުކޮށް ކޮށްފައިވާ ވީޑިއޯތަކާއި، "ލައީބް" އާއި އެއްގޮތް ކޮށް ކޮށްފައިވާ ޕޯސްޓަރު ތަކުން މީސްމީޑިއާ ފުރާލިއެވެ. ލައީބް އަކީ ގަތަރުގެ ވޯލްޑްކަޕްގެ ރަސްމީ މަސްކޮޓް އެވެ. އަދި 'ވޮންޓޮން ވްރެޕާ ޕްރިންސް' ގެ ނަމުން ޗައިނާ މީހުން އޭނާ އަށް ކިޔާފައިވަނީ، ޗައިނާ މީހުން ކައި އުޅޭ ވޮންޓޮން ވްރެޕާ ކިޔާ އެއްޗަކާއި އޭނާގެ ފަގުޑިއާއި އެއްގޮތް ކުރުމުގެ ގޮތުންނެވެ. 

ޗައިނާގެ ފޭނުންގެ މި ވީޑިއޯ ތަކާއި ގުޅިގެން އަބްދުއްރަހްމާން އާއްމު ކުރި ވީޑިއޯއެއްގައި އޭނާ ވަނީ ޗައިނާގެ މީހުން ހަދާފައިވާ އެ ހުރިހާ ޕޯސްޓުތަކާއި ވީޑިއޯތައްވެސް އޭނާ ބަލާފައިވާ ކަމަށް ބުނެފައެވެ. އަދި އޭނާ އަކީ މިވަގުތު ޗައިނާގައި އެންމެ މަޝްހޫރު އެކަކަށް ހަދައިދިން ކަމަށްޓަކައި އޭނާ ވަނީ ޗައިނާގެ ފޭނުންނަށް ޝުކުރު އަދާކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
ބީއެމްއެލްއިން ޓީޓީތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފި
ބީއެމްއެލްއިން ބުނީ މި ނިންމުން ނިންމީ އެ ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓީޓީތަކުގެ އަދަދަށް ބެލުމަށް ފަހުގައި ކަމަށެވެ
12 Aug 2026
ނަޝީދު ގޮވާލެއްވުން: 10 ދުވަސްތެރޭ 19ރއަށް، މަސްދުވަސްތެރޭ 17ރއަށް ޑޮލަރުގެ އަގު ތިރިކުރޭ
އެއީ ކުރިއަށް އޮތް 10 ދުވަސްތެރޭ ކަޅުބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުން ކަމުގައި ވިދާޅުވި އެވެ.
12 Aug 2026
އުރީދޫ ޕީއެމްއެންސީ މޯލްޑިވްސް ފައިނަލްސްގައި 16 ޓީމަކުން ތަށްޓަށް ވާދަކުރާނެ
12 Aug 2026
ދައުލަތަށް ދަރިފުޅު ނެގި މައްސަލަ: އެކަން ބަލަމުންދާ ކަމަށް އެޗްއާރުސީއެމުން ބުނެފި
އެ ކޮމިޝަނުން މިހެން ބުނީ އެ މައްސަލާގައި އެޗްއާރުސީއެމުން އެއްޗެއް ނުބުނާތީ އެތައް ބަަޔަކު ފާޑުކިޔުންް އަމާޒު ކުރުމުންނެވެ.
12 Aug 2026
މަހާއި ރިހާކުރު ކައްކާ އަދި ހަވާދު ހަދާ މީހުންނަށް ޒޯނެއް ކަނޑައަޅާ ފުރުސަތު ދެނީ
މިކަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
12 Aug 2026
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލު ރާއްޖެ އެތެރެކޮށްފި
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަނެއްގެ ނަކަލު (ފޯލްސިފައިޑް) ބެޗެއް ރާއްޖެއަށް އެތެރެކޮށްފައިވާތީ، އެ ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މަނާކޮށްފިއެވެ.
12 Aug 2026
އެއިމްގެ ސަބަބުން ދާއިރާއަށް ގާބިލު މީހުން ބިނާކުރުން ހަލުވިވާނެ
އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް) އިފްތިތާހުކުރުމާއެކު، ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ގާބިލު ފަންނީ މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ދިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
12 Aug 2026
އެމްއޭސީއެލްގެ އޭވިއޭޝަން ތަމްރީނު އިންސްޓިޓިއުޓް ހުޅުވައިފި
އެމްއޭސީއެލްގެ އޭވިއޭޝަން ތަމްރީނު އިންސްޓިޓިއުޓް "އެއިމް" ރަސްމީކޮށް އިފްތިތާޙުކޮށް، އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކުރި 29 ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.