ކ. މާފުށި--ފޮޓޯ:
ހަބަރު
26 Nov 2022 | 11:40
ހަށިވިއްކާ މަރުކަޒެއްގެ ގޮތުގައި ސިފަކުރުމުން މާފުށި ކައުންސިލް ކަންބޮޑުވުންފާޅުކޮށްފި

ލޯކަލް ޓުއަރިޒަމް ފުޅާ ދާއިރާއެއްގައި ހިންގަމުންދާ ކ މާފުއްޓަކީ ހަށިވިއްކާ މަރުކަޒެއްގެ ގޮތުގައި ސިފަކުރުމުން އެ ރަށުގެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. 

މާފުށީ ކައުންސިލުން ވަނީ އެ ކަމާއި ގުޅިގެން ބަޔާނެއްވެސް ނެރެފައެވެ. 

މާފުށީ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މާފުށީގައި ހަށިވިއްކުމުގެ އެއްވެސް ކަމެއް ހިނގައިގެން މިހާތަނަށް ރިޕޯޓުކޮށްފައި ނުވާއިރު މާފުއްޓާއި ގުޅިގެން ނެރެފައިވާ ރިޕޯޓުތަކުގައި އެ ރަށަކީ ހަށިވިއްކުމުގެ މަރުކަޒެއްގެ ގޮތުގައި ސިފަކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ. 

ކައުންސިލުން ބުނީ މާފުށީގައި ދިރިއުޅޭ މީހުންނާއި އެ ރަށަށް އަރާ ދެ ޖިންސުގެ މީހުންނަކީ ހަށިގަނެ ހަށި ވިއްކުމުގައި އުޅޭ މީހުން ކަމުގައި ދެކޭނަމަ އެއީ އެގޮތަށް ދެކޭ މީހުންގެ އުނިކަން ކަމަށެވެ. 

އޭގެ އިތުރުން މަސްތުވާ ތަކެއްޗާއި ގުޅުންހުރި މައްސަލަތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކަމަށާއި، އެއީ ލޯކަލް ޓުއަރިޒަމްއާއި ގުޅުންހުރި ކަމެއްކަމަށް ގަބޫލުނުކުރާކަމަށް ކައުންސިލުގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މާފުއްޓަކީ ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރާ ރަށަކަށްވުމުން ކުރިމަތި ވެދާނެ އިޖްތިމާއީ މައްސަލަތަކަށް އިޖާބަ ދިނުމުގައި ކަމާބެހޭ ހުރިހާ އިދާރާތައް މަސައްކަތް ކުރަން ޖެހެނީ އެ މާހައުލަކާ އެކަށޭނަ ގާބިލްކަން ލިބި ތިބެގެން ކަން މި ކައުންސިލުންވެސް ގަބޫލު ކުރާކަމަށް ވެސް ބުނެފައިވެއެވެ. 

މާފުށީ ކައުންސިލުން ބުނީ  ރަލާ އޫރުމަހާ ނުލައިވެސް ޓޫރިޒަމްއަކީ ކުރިއަށް ގެންދެވިދާނެ ވިޔަފާރިއެއް ކަން މުޅި ދުނިޔެއަަށް މާފުށީ ރައްޔިތުން ސާބިތުކޮށް ދީފައިވާ ކަމަށެވެ. އަދި ޓޫރިސްޓުން މާފުއްޓަށް އަންނަނީ އެ ރަށުގެ ރީތިކަން ދެކެލާ ހިތްހަމަ ޖައްސާލު ކަމަށްވެސް ބުނެފައިވެއެވެ.

އަހަރަކު ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 618 މިލިއަން ރުފިޔާ) ރޯލް ކުރާ މާފުއްޓަކީ ރާއްޖޭގައި އޮތް އެންމެ ގިނައިން އާމްދަނީ ވަންނަ ރަށެވެ. މި ރަށުގައި 63 ތަނެއްގައި 1,868 ޓޫރިސްޓު އެނދު އެބަހުއްޓެވެ.

އެއާއެކު މާފުށި ބަދުނާމުވާ ގޮތަށް ހަގީގަތާއި ޚިލާފަށް ރިޕޯޓުތައް އާންމު ކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްކަން މާފުށީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެކަން އެގޮތަށް ނުކުރުމަށްވެސް އެ ކައުންސިލުން ގޮވާލާފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.