ސައުދީ ކޯޗު ކުޅުންތެރިންނާއި ވާހަކަދައްކަނީ
ކުޅިވަރު
26 Nov 2022 | 12:40
އާޖެންޓީނާ ބަލިކުރަން ސައުދީ ކުޅުންތެރިންނަށް ހިތްވަރު ލިބުނީ ކޯޗުދިން ވަރުގަދަ ސްޕީޗުން!

މިއަހަރުގެ ވޯލްޑް ކަޕްގައި ސައުދީ އަރަބިޔާއާއި އާޖެންޓީނާ ބައްދަލުކުރި މެޗަކީ ވަރަށް ގިނަ ބަޔަކު ސިއްސުވާލި މެޗެކެވެ. އާޖެންޓީނާގެ މައްޗަށް ސައުދީ ކުރި ހޯދާނެކަމަށް ކުޅިވަރު ދަންނަ އެއްވެސް މީހަކު ގަބޫލެއް ނުކުރެއެވެ. އެއީ ދުނިޔޭގެ މޮޅެތި ކުޅުންތެރިން ތިބުމާއެކު އާޖެންޓީނާއަކީ ވޯލްކަޕްގައި ފާހަގަކޮށްލެވޭ ގަދަ ޓީމަކަށް ވާތީއެވެ. 

އެއާއެކު މެޗުގެ ފުރަތަމަ ހާފް އާޖެންޓީނާ ނިންމާލީ ސައުދިއަރަބިޔާ ކޮޅަށް ލަނޑެއް ޖަހާފައެވެ. އެ ލަނޑު ޖަހާފައިވަނީ ލިބުނު ޕެނަލްޓީއެއްގައި މެސީއެވެ. އެހެންކަމުން މާބޮޑު ޕްރެޝަރަކާއި ނުލާ ދެވަނަ ހާފުގައި އާޖެންޓީނާ ސައުދީ ޓީމު ބަލިކުރާނެކަމަށް ގިނަ ބަޔަކު ދެކުނެވެ. 

އެހެން ނަމަވެސް ކަންވެސް ދިމާ އިދިކޮޅަށެވެ. ފެނުނީ ފުރަތަމަ ހާފާއި ޚިލާފަށް ސައުދީއިން ވަރުގަދަ ކުޅުމެއް ދެއްކި ތަނެވެ. އާޖެންޓީނާއަށް ބޮޑެތި ޕްރެޝަރުތައް ކުރިމަތިކޮށް، ސައުދީގެ ކުޅުން ތެރިންގެ ހޫނު ހަމަލާތައް އާޖެންޓީނާގެ ގޯލު ފޫއަޅުވާލާ އާޖެންޓީނާ ކޮޅަށް ދެ ގޯލު ޖެހި މަންޒަރެވެ. 

މިއީ ވޯލްޑްކަޕް ބަލާ ފަރާތްތަކަށްވެސް ސިހުން ގެނުވި ތާރީހީ މެޗެކެވެ. 

ސައުދީ ކުޅުންތެރިންގެ "އެޓިޓިއުޑް" އައި އެ ބަދަލާއި، އެ ކުޅުންތެރިން ދެއްކި ތަފާތުގެ އަސްލަކީ ހާފް ޓައިމްގައި ސައުދީ ކޯޗު ދިން ވަރުގަދަ ސްޕީޗުކަމުގައި ބައިނަލްއަގުވާމީ ކުޅިވަރު މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. 

މެސީގެ ޕެނަލްޓީއާއެކު މާޔޫސްވެފައިވާ ކުޅުންތެރިންނަށް ހިތްވަރު ދިނުމަށް ހާފް ޓައިމްގައި ސައުދީ ކޯޗު ހާވޭ ރެނާޑް ވަރަށް ވަރުގަދަ ސްޕީޗެއް ދީފައިވެއެވެ. އޭނާ ގެ ބޭނުމަކަށްވީ ކުޅުންތެރިންގެ ގާބިލްކަން މެޗުތެރެއިން ދައްކާލުމަށް ހޮތްވަރު ދިނުމެވެ. އާޖެންޓީނާއަކީ ސަޕޯޓަރުން ގިނަ އަދި މޮޅު ޓީމަކަށް ވީނަމަވެސް، އެ ޓީމު ބަލިކުރެވޭނެ ފެންވަރު ސައުދީ ކުޅުންތެރިންގެ ކިބައިކަން ހުރިކަން އެ ކުޅުންތެރިންނަށް އިހުސާސް ކޮށްދިނުމެވެ. 

އެގޮތުން ހާފް ޓައިމްގައި ކުޅުންތެރިންނަށް މުޚާތަބުކޮށް ވާހަކަދައްކަމުން ހާވޭ ވަނީ ވޯލްޑްކަޕްއަށް ކުރި ދަތުރު ހަނދާންކުރުމަށް ކުޅުންތެރިންނަށް ނަސޭހަތްތެރިވެފައެވެ. އަދި މި މުބާރާތް ކާމިޔާބުކުރުމަށް ކުރެވުނު ހުރިހާކަމެއް އެންމެ ފަހު ވަގުތާއި ޖެހެންދެން ކުރުމަށް އޭނާ ނަސޭހަތްތެރިވެފައިވެއެވެ. 

ހާވޭގެ ސްޕީޗުގައި އޭނާ ވަނީ ސައުދީ ކުޅުންތެރިން ދަނޑުމައްޗަށް އެރީ މެސީއާއެކު ފޮޓޯއެއް ނަގަންތޯ ސުވާލުކޮށްފައެވެ. އަދި އެމީހުން މި މުބާރާތް ކުޅުމުގެ މަގްސަދަކީ ކޮބައިތޯ ތަކުރާރުކޮށް ކޯޗު ސުވާލުކުރަމުން ދިޔަކަމަށް ބައެއް ރިޕޯޓުތަކުގައިވެއެވެ. 

އެއާއެކު ހާވޭ ވަނީ އާޖެންޓީނާ ބަލިކުރުމުގެ ގާބިލްކަން ސައުދީ ޓީމުގެ ކިބައިގައި ހުރިކަން ތަކުރާރުކޮށް ކުޅުންތެރިންނަށް ވިސްނައިދީފައެވެ. އަދި ކުޅުންތެރިންގެ ހުނަރާއި މެދު ސުވާލު އުފެއްދުމުގެ ބަދަލުގައި އެ ހުނަރު މުބާރާތުގެ ތެރެއން ދައްކާލުމަށް ހިތްވަރު ދީފައެވެ. 

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހާވޭގެ އެ ސްޕީޗު ސައުދީގެ ކުޅުންތެރިން ރޮށްވާލިއެވެ. އަދި ދެވަނަ ހާފަށް ކުޅުންތެރިން ނިކުތީ އާ އަޒުމަކާއެކު ސީދާ އާޖެންޓީނާ ބަލިކުރަންކަމަށް ކުޅުންތެރިން ބުނެފައިވާކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ. 

ހާވޭގެ އެ ސްޕީޗަށް ފަހު ސައުދީގެ އަސްލުކުޅުން ފެނިގެން ދިޔައެވެ. އަދި ދުނިޔެއިން ފާހަގަކޮށްލެވޭ އެންމެ މޮޅެތި ޓީމުތަކުގެ ތެރޭގައި ހިމެނޭ އާޖެންޓީނާގެ މައްޗަށް ސައުދީ ޓީމުން ވަނީ ކޯޗު އެދުނު ގޮތަށް ކުރި ހޯދާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ